ރައީސް މުޢިއްޒު އާއި ޗައިނާ ސަފީރު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
30 Aug 2024 | 16:25
ކުރިއަށް އޮތްތަނުގައި، ރާއްޖެ-ޗައިނާ ގުޅުން ވަރުގަދަވެ ދެޤައުމުގެ ރައްޔިތުންނަށް އިތުރު މަންފާތައް ލިބިގެންދާނެ: ސަފީރު

ކުރިއަށް އޮތްތަނުގައި، ރާއްޖެ-ޗައިނާ ގުޅުން އިތުރަށް ވަރުގަދަވެ ދެޤައުމުގެ ރައްޔިތުންނަށް އިތުރު މަންފާތައް ލިބިގެންދާނެ ކަމަށް ރާއްޖޭގައި ހުންނަ ޗައިނާގެ ސަފީރު ވަން ލީޝިން ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބުރިޖު ހުޅުވުނުތާ 6 އަހަރު ފުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޓުވީޓާ ގުޅިގެން ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަދި ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސްޓްރެޓެޖިކް އިރުޝާދުގެ ދަށުން، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި ގާތް ރަޙްމަތްތެރިކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

އަދި މީގެ ސަބަބުން ދެޤައުމުގެ ރައްޔިތުންނަށް އިތުރު މަންފާތަކެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ސަފީރު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ބްރިޖަށް 6 އަހަރު ވުމާއި ގުޅިގެން އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ކުރެއްވި ޕޯސްޓާއި ގުޅިގެން ސަފީރު ވަނީ، ވޭތުވެދިޔަ 6 އަހަރުގެ ތެރޭގައި، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުން ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދީފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ބްރިޖުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

މިކަމުން ސާފުކޮށް ދައްކުވައިދެނީ ޗައިނާއާއެކު އޮންނަ ގުޅުމުން ރާއްޖޭގެ ރައްޔިތުންނަށް ލިބޭ ފައިދާތައް ކަމަށާ ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރުން ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

2018 ވަނައަހަރުގެ އޮގަސްޓުމަހު 30 ވަނަ ދުވަހުގެރޭ ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ހަވާ އަރުވައި ލޭޒަރ ލައިޓްގެ ކުލަގަދަ ހަރަކާތްތަކާއި އެކުއެވެ. ތިން އަހަރާއި 11 މަސްދުވަހުން ނިންމާލެވުނު މި ބުރިޖަކީ ރާއްޖޭގައި މިހާތަނަށް ހިންގި އުމްރާނީ ތަރަށްޤީގެ އެންމެ ބިޔަ އެއް މަޝްރޫއެވެ. 

ސިނަމާލެ ބުރިޖުގެ މަސައްކަތަކީ ރައީސް ޔާމީންގެ ވެެރިކަމުގައި 210 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި ބުރިޖެކެވެ. އޭގެ ތެރެއިން 126 މިލިއަން ޑޮލަރަކި ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.