އެލައިޑް އައު ޕްރޮމޯޝަނާ ބެހޭގޮތުން އެކުންފުނީގެ މާކެޓިން ޓީމުން މައުލޫމާތުދެނީ..
ހަބަރު
01 Sep 2024 | 14:31
އެލައިޑް ލައިފް ޕްރޮމޯޝަން. މިފަހަރު %50 ޑިސްކައުންޓާއެކު

ރާއްޖޭގައި އިންޝުއަރަންސްގެ ހިދުމަތް ދެމުން އަންނަ އެންމެބޮޑު ކުންފުނި، އެލައިޑުން "އެލައިޑް ލައިފް ޕްރޮމޯޝަން"ގެ ނަމުގައި މުޅިން އައު ޕްރޮމޯޝަނެއް ލޯންޗުކޮށްފިއެވެ.

އެލައިޑުން ބުނީ، މިއަދު ލޯންޗްކުރެވުނު ޕްރޮމޯޝަންގެ ތެރެއިން އެލައިޑް ލައިފް އިންޝުއަރަންސް ޕްލޭނެއް ބައްލަވައިގަންނަވާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕްރިމިއަމްއިން 50އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ލައިފް ޕްރޮމޯޝަން ކުރިޔަށްދާނީ ސެޕްޓެމްބަރުމަހުން ފެށިގެން ޑިސެންބަރުމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން މި މުއްދަތުގައި އެންމެ ފުރަތަމަ ނަގާ 50 ލައިފް އިންޝުއަރަންސް ޕްލޭން ގުނާނީ އިންޑިވިޖުއަލް ޓަރމް އެޝުއަރަންސް ޕްލޭން ނުހިމަނާކަމަށް އެލައިޑުން ބުނެއެވެ.

ލައިފް އިންޝުއަރަންސް ޕްލޭންސް މެދުވެރިކޮށް މާލީ ރައްކާތެރިކަން ހޯދާ ސްމާޓް ސޭވިންގ ޗޮއިސަސްއަށް ހޭލުންތެރިކަން އުފައްދާ، މުޖުތަމައުގެ ވަކި ވަކި ފަރުދުން ބާރުވެރިކުރުވުމުގެ މަގުސަދުގައި ފަށާފައިވާ މިޕްރޮމޯޝަންގެ ތެރެއިން ތަފާތު ހަރަކާތްތައް ކުރިޔަށްގެންދިއުމަށް އެލައިޑުން ވަނީ ނިންމާފައެވެ.

އެގޮތުން، ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ތަރުހީބާއި އެކު ކުރިޔަށްގެންދާ ފޯރިގަދަ އާއިލީ ހަވީރު؛ "އެލައިޑް ފެސްޓް" މިއަހަރުވެސް ކުރިއަށްގެންދިއުމަށް އެލައިޑުން ވަނީ ނިންމާފައެވެ. އެލައިޑް ފެސްޓް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ، ސެޕްޓެމްބަރުމަހުގެ 13 ވަނަ ދުވަހު ހުޅުމާލެ، ސެންޓްރަލް ޕާކްގައެވެ. މި އިވެންޓްގެ އިތުރުން، އެކި ވުޒާރާތަކާއި އޮފީސްތަކަށް ހާއްސަކޮށްގެން މައުލޫމާތު ސެޝަންތައް ކުރިޔަށްގެންދިޔުމަށްވެސް އެލައިޑުން ވަނީ ރާވާފައެވެ.

މިޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެލައިޑުގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އަށް ގުޅުއްވުމަށް އެލައިޑުން އިރުޝާދު ދެއެެވެ. ނުވަތަ ވެބްސައިޓް؛ އެލައިޑް.އެމްވީގެ ލައިވް ޗެޓް ހިދުމަތްވެސް ހޯއްދެވޭނެކަން އެލައިޑުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.