ދިފާޢީ ވަޒީރު ޣައްސާން މައުމޫން --
ހަބަރު
04 Sep 2024 | 22:54
ރައީސް މަސައްކަތް ކުރައްވަނީ ދިވެހި އަސްކަރިއްޔާގެ ބާރު އަލުން ގާއިމުކުރުމަށް: ޣައްސާން

ރައީސް ޑރ. މުޙައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ދިވެހި އަސްކަރިއްޔާގެ އާރާއި ބާރު އަލުން ގާއިމުކޮށްދެއްވުމަށް ކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހާ ގުޅިގެން ނެރުއްވި ވީޑިއޯ މެސެޖެއްގައި މިނިސްޓަރ ޣައްސާން ވިދާޅުވި ގޮތުގައި، ޤައުމީ ދުވަހަކީ ދުނިޔޭގެ ޗާޓުގައި ދިވެހިންގެ ހިތްވަރާއި ފަންވަރު، އަދި އަސްކަރީ ގޮތުން މީސްކޮޅު މަދަސް ކުޅަދާނަ ބައެއްކަން ގާއިމުކުރެވުނު ދުވަހެވެ. އަދި މިއީ ޕޯޗުގީޒުންގެ އިސްތިޢުމާރުން މި ޤައުމު ސަލާމަތްކޮށްދެއްވި ދުވަސްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ގައްސާން ވިދާޅުވީ ރައީސް މަސައްކަތް ކުރައްވަނީ މި ފަހުރު އަލުން ރާއްޖެއަށް ގެނެސްދެއްވައި، ދިވެހި އަސްކަރިއްޔާގެ ބާރު އަލުން ގާއިމު ކުރެއްވުމަށްކަމަށެވެ. ދިވެހިންންނަކީ ދުނިޔޭގައި ފާހަގަކުރެވޭ ބައެއްކަމާއި، މުޅި ދުނިޔެއަށް އެކަން ދައްކަވައި ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކެއް ގެނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ގައްސާން ވަނީ ވިދާޅުވެފައެވެ.

"ރައީސް މަސައްކަތް ކުރައްވަނީ މި ފަހުރު އަލުން ރާއްޖެއަށް ގެނެސްދެއްވައި، ދިވެހި އަސްކަރިއްޔާގެ ބާރު އަލުން ގާއިމު ކުރެއްވުމަށްކަމަށް، ދިވެހިންންނަކީ ދުނިޔޭގައި ފާހަގަކުރެވޭ ބައެއް، މުޅި ދުނިޔެއަށް އެކަން ދައްކަވައި ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކެއް ގެނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް"

ވަޒީރު ޣައްސާން ވިދާޅުވިއެވެ. 

ޣައްސާން މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު، ދަރުބާރުގޭގައި ބޭއްވުނު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދިވެހިރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ ބާރުތަކުގެ ވާދަވެރިކަމުގައި ހަމަލާތައް ރައްދުވާ އަދި އެ ހަމަލާތައް ރޫޅާލައި ސަލާމަތްވެގަންނަ ބަޔަކު އުޅޭ ޤައުމެއްކަމަށެވެ. އަދި ދިވެހީންނަކީ އަބަދުވެސް މިނިވަންކަމުގެ ބަޠަލުންކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ މުޅި ސިޔާސަތު ބިނާކުރައްވާފައިވަނީ ވެސް މި އަސާސުގެ މައްޗަށްކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގައި ބޭރުގެ ސިފައިން މިހާރު ގާއިމުވެފައި ނެތުމުގެ ސަބަބަކީ ވެސް އެއީ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމާއި، ދިވެހި ޤައުމިއްޔަތުގެ ޚާއްޞަ ނިޒާމެއް ތަޢާރަފުކޮށް، މި ދާއިރާއިން ތަޢުލީމާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދަވަނީ ވެސް މި މަޤްޞަދުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި އަސްކަރިއްޔާ އިތުރަށް ބާރުވެރިކޮށް ދިވެހީން އަމިއްލައަށް ދިވެހީންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން އެމަނިކުފާނު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ކަނޑާއި ވައިގެ ސަރަހައްދު ބަލަހައްޓަން ސިފައިންގެ ޚިދުމަތަށް "އެއަރ ކޯ" ތައާރަފު ކުރައްވާފައެވެ.

މިއާއެކު ވައިގެ މަގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ދިވެހި އަސްކަރިއްޔާއަށް ވަނީ ލިބިގެންގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.