ސްޓާލައިނަރ ޖައްވުގައި -- ފޮޓޯ: ނާސާ
ދުނިޔެ
07 Sep 2024 | 10:32
ދަތުރުކުރި އެސްޓްރޯނޯޓުން ނުލައި ބޯއިންގ ސްޓާލައިނަރ އަނބުރާ ބިމަށް އައިސްފި

ބޯއިންގ ކުންފުނީގެ ސްޓާލައިނަރ މަތިންދާބޯޓުން ދަތުރުކުރި އެސްޓްރޯނޯޓުން ނުލައި އެ އުޅަނދު އަނބުރާ ބިމަށް އައިސްފިއެވެ.

ހުކުރު ދުވަހުގެ ރޭގެ ދަންވަރު ނިއު މެކްސިކޯގެ ސަހަރާއަކަށް އެ ބޯޓް އަނބުރާ އައިސް ޖައްސާފައިވާއިރު، އެ މަތިންދާބޯޓު ބިމަށް އައިސްފައިވަނީ އަނބުރާ އައުމަށް ކަނޑައެޅިފައިވާ ތާރީޚަށްވުރެ މަސްތަކެއް ފަހުންނެވެ. އަދި އެ ބޯޓް އައީ ޖޫން މަހު އޭގެން ދަތުރުކުރި ދެ އެސްޓްރޯނޯޓުން ނުލައެވެ.

ނާސާ އިން ލައިވްކޮށް ދެއްކި މަންޒަރުތަކުން ދައްކާގޮތުގައި ސްޓާލައިނަރ އަނބުރާ އައިސް ޖެއްސުމުގެ މަރުޙަލާ ވަނީ އެއްވެސް މައްސަލައެއް ނެތި ކާމިޔާބުކަމާއެކު ނިންމާފައެވެ. ގާތްގަނޑަކަށް ގަޑިއަކު 27,400 ކިލޯމީޓަރުގެ ސްޕީޑުގައި ސްޓާލައިނަރ ވަނީ ބިމުގެ ޖައްވުތެރެއަށް ވަދެފައެވެ. އޭގެ 45 މިނެޓު ފަހުން، ބޯޓުގެ ސްޕީޑު މަޑުކުރުމަށް ޕެރަޝޫޓުތަކެއް ދޫކޮށް، ބިމަށް ޖެހުމުގެ ކުރިން އެއަރބޭގުތަކެއް ދޫކޮށްލުމަށްފަހު ވައިޓް ސޭންޑްސް ސްޕޭސް ހާބަރގައި ވަނީ ޖައްސާފައެވެ.

މި ދަތުރުގައި ބައިވެރިވި ނާސާގެ އެސްޓްރޯނޯޓުން ކަމަށްވާ ސުނީ ވިލިއަމްސް އަދި ބުޗް ވިލްމޯރ އަނބުރާ އައުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގައެވެ. ނަމަވެސް ބޯޓަށް ދިމާވި ތުރަސްޓަރގެ މައްސަލަތަކާއި ހީލިއަމް ލީކުވުމުގެ މައްސަލަތަކާ ގުޅިގެން، އެ ދެ އެސްޓްރޯނޯޓުން މިހާރު ތިބޭނީ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނުގައެވެ. މި ދެ އެސްޓްރޯނޯޓުން އަނބުރާ އަންނާނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސްޕޭސްއެކްސްގެ ޑްރެގަން މަތިންދާބޯޓުގައެވެ.

މި ދަތުރުގައި ދިމާވި އެކިއެކި މައްސަލަތަކާ ގުޅިގެން، ނާސާއިން ނިންމީ އެ ދެ އެސްޓްރޯނޯޓުން ސްޓާލައިނަރގައި އަނބުރާ ގެނައުމަކީ ބޮޑު ރިސްކެއް އޮތް ކަމެއްކަމަށެވެ. އެހެންކަމުން، މި ފަހަރު ސްޓާލައިނަރ އައިސް ޖައްސާފައިވަނީ އެ ދެ އެސްޓްރޯނޯޓުންގެ ހުސް ގޮނޑިތަކާއި، ނޫކުލައިގެ ސްޕޭސް ހެދުންތަކާއި، ސްޕޭސް ސްޓޭޝަނުގެ ބައެއް ބޭނުން ނުކުރާ ސާމާނު ހިމަނައިގެންނެވެ.

ބޯއިންގގެ ފުރަތަމަ އެސްޓްރޯނޯޓުންގެ ދަތުރާ ހަމައަށް އައުމުގައި ވަނީ ގިނަ ލަސްވުންތަކާއި ދަތިތަކެއް ކުރިމަތިވެފައެވެ. 2019 ވަނަ އަހަރު އެސްޓްރޯނޯޓުން ނުލައި ކުރި ފުރަތަމަ ޓެސްޓް ފްލައިޓްގައި ދިމާވި މައްސަލަތަކާ ގުޅިގެން، އެ ދަތުރު ތަކުރާރުކުރަން ޖެހުނެވެ. 2022 ވަނަ އަހަރު ކުރި ދަތުރުގައި އިތުރު މައްސަލަތަކެއް ފެނި، އޭގެ މަރާމާތުގެ ޚަރަދު 1.5 ބިލިއަން ޑޮލަރަށްވުރެ އިތުރުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.