ނައިފަރުގައި ކުރިއަށްދިޔަ އުރީދޫ މަސްރޭހުގެ ޗެމްޕިއަން ޓީމް "ހުސްބުޅި"-- ފޮޓޯ: އުރީދޫ
ވިޔަފާރި
07 Sep 2024 | 10:50
އުރީދޫ މަސްރޭސް: ނައިފަރުގެ ޗެމްޕިއަންކަން "ހުސްބުޅި" އަށް!

އުރީދޫ އިން ޅ. ނައިފަރުގައި އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މަސްރޭހުގެ ޗެމްޕިއަންކަން "ހުސްބުޅި" ހޯދައިފިއެވެ.

ނައިފަރުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 19 ޓީމެއް ބައިވެރިވެފައިވާއިރު، ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފަ އެވެ.

މިގޮތުން ނައިފަރުގައި ކުރިއަށް ގެންދިޔަ މަސްރޭހުގައި ވަނަތަކަށް ދިޔަ ޓީމުތަކާއި ފަރާތްތަކަކީ:

1) ޗެެމްޕިއަން ޓީމް: 921.4 ޕޮއިންޓާއެކު ހުސްބުޅި

2) ދެވަނަ ޓީމް: 698.45 ޕޮއިންޓާއިއެކު ޗިލް ބްރޯޒް

3) ތިންވަނަ ޓީމް: 438.3 ޕޮއިންޓާއިއެކު ޓީމް ކޮރަކަލި

4) އެންމެ ބަރު މަސް: މުހައްމަދު ނަޝީދު ، ޓީމް އަލިފަސް – 9.4 ކިލޯގެ މުޑަ ހަނދި

އެންމެ މޮޅު ކެޔޮޅު – ފިރިހެން: އަލި އަބްދުﷲ (ޗިލް ބްރޯޒް) 24 މަސް

އެންމެ މޮޅު ކެޔޮޅު – އަންހެން:ޖަވާދާ އަހްމަދު (ޓީމް ކޮރަކަލި) 15 މަސް

މި މަސްރޭހުގައި ކޮންމެ ސަރަހައްދަކުން އެއްވަނައަށްދާ ޓީމަކަށް 25،000 ރުފިޔާ، ދެވަނަ ޓީމަށް 10،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 5,000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ޓީމް ވަނަތަކުގެ އިތުރުން އެންމެމޮޅު ފިރިހެން އަދި އަންހެން މަސްވެރިޔާވެސް ހޮވުމަށް ހަމަޖެހިފައިވާއިރު، އެންމެ މޮޅު އަންހެން މަސްވެރިއަކަށް 1،000 ރުފިޔާ އަދި އެންމެ މޮޅު ފިރިހެން މަސްވެރިޔާއަށްވެސް ވަނީ 1،000 ރުފިޔާގެ ފައިސާގެ އިނާމް އުރީދޫގެ ފަރާތުންދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މަސްރޭހުގައި ޓީމުތަކަށް ޕޮއިންޓްސް ދިނުމުގައި ބަލާނީ، ބޭނިމަސް ނިސްބަތްވާ ކެޓަގަރީއާއި ބަރުދަނަށެވެ. އެގޮތުން ކޮންމެ ކެޓަގަރީއަކުން ބޭނިމަހުގެ ބަރުދަން ގުނަ ކެޓަގަރީ ޕޮއިންޓް އަކީ ކެޓަގަރީއަށް ލިބުނު ޖުމްލަ ޕޮއިންޓެވެ. ޓީމުގެ އަސްލު ޕޮއިންޓްގެ ގޮތުގައި ބެލެވޭނީ ހުރިހާ ކެޓަގަރީއެއްގެ ޖުމްލަ އެއްކުރުމުން އަންނަ ޢަދަދެވެ.

އުރީދޫ މަސްރޭސް މިފަހަރު ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރިއަށްގެންގޮސްފައިވާއިރު،  އެއީ ތިނަދޫގެ އިތުރުން ކ.ހިންމަފުއްޓާއި ޅ. ނައިފަރުގައެވެ. މި ހުރިހާ މަސްރޭސް ތަކަކަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.