އެމްވީ ނިއުމަތު-- ފޮޓޯ: ފޭސްބުކް/ މުހައްމަދު ވަޖީހު
ހަބަރު
07 Sep 2024 | 16:13
އިންޑިއާއިން 300 މެޓުރިކް ޓަނުގެ ކާގޯ ހިފައިގެން ބޯޓެއް ހިތަދޫ ޕޯޓަށް

އިންޑިއާއިން 300 މެޓުރިކް ޓަނުގެ ކާގޯ ހިފައިގެން ބޯޓެއް އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ޕޯޓަށް ދަތުރުކުރަމުންދާ ކަމަށް  މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޖީހު މިފަދައިން ވިދާޅުވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިގޮތުން ވަޖީހް ވިދާޅުވީ، އައްޑޫ ސިޓީ އަށް ގެންދިއުމަށްޓަކައި އިންޑިޔާގެ ޓިޓުކޮރިން އިން 300 ވަރަކަށް މެޓުރިކް ޓަނުގެ ކާގޯ ލޯޑު ކޮށްގެން "އެމްވީ ނިއުމަތު" ހިތަދޫ ރީޖެނަލް ޕޯޓަށް ދަތުރު ކުރަމުންދާ ކަމަށާއި، ޝެޑިއުލްގައި ވާގޮތުން މިބޯޓަަށް ހިތަދޫ ޕޯޓަަށް ބަދަރު ކުރެވޭނީ މިމަހުގެ 11 ވާ ބުދަ ދުވަހުކަމަށެވެ.

އެމްވީ ނިއުމަތު-- ފޮޓޯ: ފޭސްބުކް/ މުހައްމަދު ވަޖީހު

މިބޯޓުންގެންދާ މުދާ ތަކުގެ ތެރޭގައި ތަރުކާރީ އާއި މޭވާ އަދި ޖެނެރަލް ކާގޯ ގެ ބާވަތްތައް ހިމެނޭކަމަށް ވަޖީހު ވިދާޅުވިއެވެ،

"މިއީ، އިންޑިޔާއިން، ދާއިމީ ގޮތެއްގައި އައްޑޫ ސިޓީ އަށް ކާގޯ ގެންދިއުމަށްޓަކައި މިސަރުކާރުން ކުރި މަސައްކަތް ކާމިޔާބުވެ، މި މަސައްކަތް ފެށުނު ފަހުން، މެދު ނުކެޑި، އެ އޮޕަރޭޝަނަށް އިތުރު ކުރެވިގެން ދިޔަ ބޮޅެއް'"

ވަޖީހު ވިދާޅުވިއެވެ.

މީގެ ކުރިން، މިދިޔަ ޖޫން މަހު ވަޖީހު ވަނީ  އައްޑޫ ސިޓީ ގެ ރައްޔިތުންނަށް ބޭނުންވާ ޕެރިޝަބުލް ކާގޯ ދާއިމީ ގޮތެއްގައި ގެންދެވޭނެ ގޮތް ހަމަ ޖެއްސުމަށް، އެމްޕީއެލް އާއި ހިތަދޫ ރީޖެނަލް ޕޯޓުން ކުރި މަސައްކަތް ކާމިޔާބުވެ، އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގެ ރައްޔިތުންނަށް މި ޚިދުމަތް ލިބެން ފަށާނެ ކަމަށް ވިދާޅުވެފައެވެ.

މިގޮތުން، މި ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ، ރާއްޖެ އަށް އެންމެ ގިނައިން ޕެރިޝަބުލް ކާގޯ ގެންނަ އިންޑިޔާގެ ފައިނެސް ގުރޫޕް މެދުވެރިކޮށްކަން ފާހަގަކުރައްވާ ވަޖީހު ވިދާޅުވީ، ދަތުރުތައް ރާވާފައިވަނީ ކޮންމެ 10 ނުވަތަ 15 ދުވަހުގެ ތެރޭގައި ކާގޯ ބޯޓެއް އައްޑޫ ސިޓީ އަށް ދާގޮތަށް ކަމަށެވެ.

އައްޑޫ ސިޓީއަށް މި ޚިދުމަތް ދެވޭނީ ދަގަނޑު ބޯޓު ފަހަރުން ކަމަށްވާތީ، އަހަރުގެ ހުރިހާ ދުވަސް ތަކެއްގައިވެސް މެދުކެނޑުމެއްނެތި، މި ޚިދުމަތް ލިބެމުން ދާނެކަމަށާއި، އާއްމު ގޮތެއްގައި މި ބޯޓު ފަހަރުން ގެންދާނީ، ބިސް، ފިޔާ، އަލުވީގެ އިތުރުން ތަރުކާރީ ގެ އެހެން ބާވަތް ތަކާއި، މޭވާގެ ބާވަތްތައް ކަމަށް ވަޖީހު ވިދާޅުވިއެވެ.

އެހެންނަމަވެސް، މިތަކެއްޗާއިއެކު، އައްޑޫ ސިޓީ ގެ ރައްޔިތުން އިންޑިއާ އިން ގެންނަން ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކާއި، ޖެނެރަލް ކާގޯ ގެ ބާވަތްތައް ވެސް މި ޚިދުމަތުގެ ތެރެއިން ގެނައުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވަޖީހު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް