ބީއެމްއެލް ކްރެޑިޓް ކާޑް
ހަބަރު
07 Sep 2024 | 17:12
ކްރެޑިޓްކާޑުން މިދިޔަ އަހަރު ކުރި ވިޔަފާރި 1.25 ބިލިއަން ރުފިޔާގައި

ރާއްޖޭގައި ބޭނުންކުރާ ފައިސާ ކާޑުތަކުގެ ތެރެއިން ކްރެޑިޓް ކާޑަކީ ބޭންކުތަކުން ހިދުމަތް ހޯދާ ކަސްޓަމަރުން މިހާރު ތިންވަނައަށް އެންމެގިނައިން ބޭނުންކުރާ ކާޑެވެ. މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރެފައިވާ "ޕޭމަންޓް ޕްލެޓިން" ރިޕޯޓަށް ބަލާއިރު، މިދިޔަ އަހަރު ތިން ވަނައަށް އެންމެގިނަ މީހުން ފައިސާ ދެއްކުމުގައި ބޭނުންކޮށްފައިވަނީ ކްރެޑިޓްކާޑުގެ ހިދުމަތެވެ.

މިދިޔަ އަހަރު ނިމުނުއިރު ބޭންކުތަކުން ކަސްޓަމަރުންނަށް 55،000 ހާހަށްވުރެ ގިނަ ކްރެޑިޓް ކާޑު ވަނީ ދޫކޮށްފައެވެ. އެމްއެމްއޭގެ ޕޭމަންޓް ބްލެޓިން ރިޕޯޓްގައިވާގޮތުން މިދިޔަ އަހަރު ކްރެޑިޓް ކާޑު މެދުވެރިކޮށް ކަސްޓަމަރުން  2.6 މިލިއަން ޓްރާންސްސެކްޝަން ވަނީ ކޮށްފައެވެ. މި ޓްރާންސެކްޝަންތަކުން ކުރި ވިޔަފާރީގެ މުއާމަލާތްތައް އުޅެނީ 1.25 ބިލިއަން ރުފިޔާގައެވެ.

އަހަރުން އަހަރަށް ބަލާނަމަ، މިދިޔަ އަހަރު ކްރެޑިޓް ކާޑު ބޭނުންކޮށްގެން ހެދި ޓްރާންސެކްޝަން %30 އިތުރުވެފައިވާއިރު، ކުރެވުނު ފައިސާގެ މުއާމަލާތްތައް ވަނީ %23 އިތުރުވެފައެވެ.

ކްރެޑިޓްކާޑު ބޭނުންކޮށްގެން މިދިޔަ އަހަރު އެންމެގިނައިން މުއާމަލާތްކޮށްފައިވަނީ ޕީއޯއެސް މެޝިންތަކުންނެވެ. ކްރެޑިޓް ކާޑު ބޭނންކޮށްގެން ޕީއޯއެސް ޓާމިނަލްތަކުން 690 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތްކޮށްފައިވާއިރު، މިއީ ކުރެޑިޓް ކާޑުން މިދިޔަ އަހަރު ކުރި މުއާމަލާތުގެ %55 އެވެ. ކްރެޑިޓް ކާޑު ބޭނުންކޮށްގެން މިދިޔަ އަހަރު އޮންލައިނުކޮށް ކުރި މުއާމަލާތުގެ އަގު އުޅެނީ 561.9 މިލިއަން ރުފިޔާގައެވެ.

ކްރެޑިޓްކާޑުން މިދިޔަ އަހަރު ކުރި ވިޔަފާރި 1.25 ބިލިއަން ރުފިޔާއަށް އަރާއިރު، ކްރެޑިޓް ކާޑުގެ ހިދުމަތަކީ ބޭންކްތަކަށް އެންމެބޮޑު އާމްދަނީއެއް ލިބޭ އެއް ދާއިރާކަން ފާހަގަކޮށްލެވެއެވެ.

 ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އާމްދަނީގެ 4،000 ރުފިޔާ ލިބޭ ފަރާތްތަކަށްވެސް މިހާރު ކްރެޑިޓް ކާޑު ހެއްދެއެވެ. ކްރެޑިޓް ކާޑު ބޭނުންކުރާ މީހުން އިތުރުވަމުން އަންނައިރު، ކްރެޑިޓް ކާޑުބޭނުންކޮށްފައި ފައިސާ ނުދައްކާ މައްސަލަތައްވެސް ނިސްބަތުން ވަރަށްބޮޑަށް އިތުރުވަމުން އަންނަކަން ސިވިލްކޯޓުގެ ޝަރީއަތްތަކަށް ބަލާލުމުން އެނގެއެވެ. ޤައުމީ ބޭންކް އޮފް މޯލްޑިވްސްއިން ސިވިލްކޯޓަށް ވައްދާ ގިނަ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާ އެއް މައްސަލައަކީ، ކްރެޑިޓް ކާޑު ބޭނުންކޮށް އެއަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ފައިސާ ހޯދުމަށް ހުށަހަޅާ މައްސަލަކަން ސިވިލްޓޯޓުގެ ގަޒިއްޔާތަކަށް ބަލާލުމުން ފާހަގަކުރެވެއެވެ.

ކޮމެންޓް
އޭނާ
އެހެންވީމަ 65 މިލިއަން ރުފިޔާ ބޭންކަށް ލިބޭނެ
07 Sep 2024
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.