އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދު: ފޮޓޯ/ އިމިގްރޭޝަން
ހަބަރު
10 Sep 2024 | 10:53
ނުގަވާއިދުން އުޅޭ ބިދޭސީންނަށް ކެއުމާއި ނިދުން ހަމަަޖައްސައިދޭ މީހުންނަށް ގާނޫނުގައިވާ ފިޔަވަޅު އަޅާނަން: ޝަމްޢާން

ނުގަވާއިދުން އުޅޭ ބިދޭސީންނަށް ކެއުމާއި ނިދުން ހަމަޖައްސައިދޭ ފަރާތްތަކާމެދު ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދު އިންޒާރުދެއްވައިފިއެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުފުޅުގެ ދަށުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މި ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ޝަމްޢާން ވިދާޅުވީ، އާންމު ޞިއްޙަތުގެ ރައްކާތެރިކަމަށާއި ސަލާމަތަށް ނުރައްކާވާފަދަ ގޮތަށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ކެއިންބުއިމާއި ނިދުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާމެދު، ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށެވެ.

"ގާނޫނުތައް ހެދިފައިވަނީ އެކަކު ނުވަތަ ދެމީހެއްގހެއްގެ ކޮންވީނިއަންސަކަށް ނޫން. އާންމު އެންމެހާ ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތައް ތަންފީޒުކުރުމުން ހިތްހަމަނުޖެހޭ ބަޔަކު އުޅެދާނެ. ކުރިން ގާނޫނު ތަންފީޒު ނުކޮށް އޮތުމަކީ މިއަދު ހަމަ އެގޮތަށް އޮންނަން ޖެހޭނެ ޙުއްޖަތެއް ނޫން," ޝަމްޢާން ވިދާޅުވިއެވެ.

އިމިގްރޭޝަން ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކުރަނީ، އެ ގާނޫނާ ޚިލާފުވުމަކީ ކުށެއްކަމަށެވެ. އެ ކުށަށް ދިވެއްސަކު އަރައިގަނެފިނަމަ 50,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު އެމީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އިޚްތިޔާރު ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވެއެވެ. ބިދޭސީއެއްނަމަ 15,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން އަންނަނީ ހުއްޓުމެއްނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ފަށާފައިވާ މަސައްކަތުގެ ތެރެއިން މިހާތަނަށް 3,000 އަށްވުރެ ގިނަ ބިދޭސީން ޑިޕޯޓުކޮށްފައިވާ ކަމަށާއި، ބިދޭސީން ހިންގަމުން އައި ވަރަށް ގިނަ ވިޔަފާރިތައް ހޯދައި ފުލުހުންނާއި އިމިގްރޭޝަނުން ބަންދުކޮށްފައިވާ ކަމަށް ޝަމްޢާން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
މޫސަ ޔޫސުފް
މުއިއްޒަށް ކީއްވެގެން ކަރަޕްސަން ހުއްޓުވަން ހަދާފަހުރި ގާނޫނު ތަކަށް އަމަލުކުރަން ނުކެރިގެން އުޅެނީ ...
10 Sep 2024
ޖުމެއިލް
ބިދޭސީން ހިންގާ ބޮޑެތި ވިޔަފާރިތަކަކާ ނުކުޅެވޭ. މިއަތުލެވެނީ މަގުމައްޗަށް ފެންނަން ހުންނަމީހެއް. މިއަށްވުރެ ދުރަށް ވިސްނަންވެެއްޖެ. އިކޮނޮމިކް މިނިސްޓްރީ، މީރާ ބައިވއމެރިވެގެން ކުންފުނިތަކުގެ ފައިނޭންސް ދައުރުވާގޮތް ބަލާ.
10 Sep 2024
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.