ވަޒީރު އާދަމް ޝަރީފް އުމަރު: ފޮޓޯ/ ވޮއިސް
ހަބަރު
13 Sep 2024 | 14:38
”ކ.މާލެ“ އޭ ލިޔުމަކީ އަދި ކިޔުމަކީވެސް ގާނޫނާ ޚިލާފަށް ކުރާ ކަމެއް: ވަޒީރު އާދަމް ޝަރީފް

"މާލެ" ގެ ބަދަލުގައި "ކ.މާލެ" ލިޔުމަކީ އަދި ކިޔުމަކީވެސް ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކަމެއްކަމަށް ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ޤާނޫނުއަސާސީގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށަކީ "މާލެ" ކަމަށާ ޤާނޫނުއަސާސީގައި ވެރިކަންކުރާ ރަށަކީ "ކ.މާލެ" ކަމަކަށް ބަޔާންކޮށްފައެއް ނުވެއެވެ.

އަދި، ސަރުކާރުގެ ގިނަ ރަސްމީ ލިޔުންތަކުގައިވެސް "ކ.މާލެ" ލިޔެފައެއް ނުވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ކ. އަތޮޅުގައި އޮތް ނަމަވެސް، މާލެއަކީ ރާއްޖޭގެ ވެރިކަންކުރާ ރަށަށް ވާތީވެ، މާލެ ލިޔާއިރު ކުރިއަށް 'ކ' އިތުރުކޮށް، 'ކ.މާލެ' ލިޔެއެއް ނޫޅެވޭނެ," ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ "ކ.މާލެ" ލިޔުމަކީ އަދި ކިޔުމަކީވެސް ޤާނޫނުއަސާސީގައައި އޮންނަ ގޮތާ ޚިލާފަށް ކުރާ ކަމެއްކަމަށެވެ.

"މިހާރަކަށް އައިސް 'ކ.މާލެ' ލިޔުމާއި ކިޔުން އަންނަނީ އިތުރުވަމުންނެވެ. މިއީ ކުޑަކަމެއް ނޫނެވެ. ރަނގަޅު ކުރަންޖެހޭ ކަމެކެވެ," ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ޝހ
ޝ މަލެ
13 Sep 2024
ކައުންސިލަރު
މޮޅުވާހަކައަކަށްހަދައިގެން މޮޔަގޮވަންނޫޅޭ. ގިންތިކުރުމުގައި ރާއްޖޭގެ ހުރިހައި ރަށެއް ހަމަހަމަވާންޖެހޭނެ. ޏޫނީ އިންޑިމާލެ ކިޔަންފަށާ. ގަމާރުވިޔަސް ބޮޑުވަރު
13 Sep 2024
ާއެދުރު
ވެރިކަން ކުރާ ރަށަށްވީމަތޯ ކ. މާލެ ނުލިޔެވެނީ މިއީ ކ. އަތޮޅު ރަށެއް ނޫންތޯ ގާނޫނުއަސާސީއަކީ އެއެރަކު އޮންނަ ވެރިކަމެއްގަ ތިބޭ ބަޔަކު ބޭނުން ގޮތެއް ހެދޭ އެއްޗެއް އެމަކު ކ.އަތޮޅަކުން މާލެ ވަށްކެއްނުކުރެވޭނެ!
13 Sep 2024
އާމިނަތު އާދަމް
އެހެން ކަމައް ވާނަމަ، މާލެ އެއީ ފުވައްމުލަކު ނުވަތަ ފުވައްމުލައް ފަދަ، ވަކިން އޮންނަ ވަކި އަތޮޅަކަށް ނިސްބަތްވާ ވަކިން އޮތް އެންމެ ރަށެއްތޯ؟ އެކަންވެސް ކަށަވަރު ކޮށްދެއްވުން ވަރައް ރަނގަޅު ކަމެއް ކަމައް ވާނެ
13 Sep 2024
އާމިނަތު އާދަމް
މާލެ އެއީ މާލެއަތޮޅު މާލެ ދެއްތޮ، އެހެން ވިއްޔަ މާލެއަތޮޅު ތުލުސްދޫ، ކާށިދޫ، ގާފާރު، މާފުށި މިހެން ކިޔާނެ ނަމެއް ނެތް، އެހެން އެއްވެސް ރަށެއްގެ ނަން ލިޔާއިރު، މާލެއަތޮޅު ލިޔެވިގެން ނުވާނެ.
13 Sep 2024
އެދުރު
އަހަރެމެންނަށް ނޭވާ ލެވެނީ ޤާނޫނު އަސާސީއާ އެއްގޮތަށްތޯ ޔަގީން ކޮށްލަ ދެއްވުން އެދެން.
14 Sep 2024
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.