މިއަދުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު ވާހަކަ ދައްކަވަނީ: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
15 Sep 2024 | 11:26
ޖަމިއްޔާތަކުން ނަމާދަށް އަހުލުވެރި ކުރުމަށް ކުރިއަށް ގެންދާ ކަންކަމަށް މާލީ އެހީ ފޯރުކޮށްދެނީ

ޖަމިއްޔާތަކުން ނަމާދަށް އަހުލުވެރި ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކަށް އިސްލާމިކް މިނިސްޓްރީން މާލީ އެހީ ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓްރ ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވައިފިއެވެ. 

ޝަހީމް މިހެން ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކާއެކު، ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން  ފެއްޓެވުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ޝަހީމް ވިދާޅުވީ، ރާއްޖެ އިސްލާމްވިތާ 900 އަހަރާއި ގާތްވަމުންދާއިރު، ރާއްޖެ އިސްލާމްވި އިރާއި ބަލާއިރު، މިއަދު ރާއއޖެއަށް ފިކުރީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ކުރިމަތުވެފައިވާ ގޮންޖެހުންތަކަކީ މީގެ ކުރިން ކުރިމަތިވެފައި ނުވާ ފަދަ ބޮޑެތި ގޮންޖެހުން ތަކެއް ކަމަށެވެ. 

އެ ގޮންޖެހުންތަކުގެ ކުރިމަތީގައި ރާއްޖޭގެ އިސްލާމީ ސައްހަ އަގީދާ ހިމާޔަތްކޮށް  ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގަހައްޓައި، ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތް ތަކަކީ ހަމައެކަނި ސަރުކާރުން ކޮށްގެން ފަރު ޖެހޭނެ ކަންކަމެއް ނޫން. މިކަންކަން ފުރިހަމައަށް ކުރެވޭނީ އިސްލާމީ އިޖްތިމާއީ މަސައްކަތްކުރާ ޖަމިއްޔާ ތަކާއި، ދީނީ ދަޢުވަތުގައި މަސައްކަތްކުރާ ޢިލްމުވެރިންނާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެހެން މުވައްސަސާތައް ގުޅިގެން ވަރުގަދަ މަސައްކަތް ތަކެއް ކޮށްގެން

އިސްލާމިކް މިނިސްޓްރ ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު

ޝަހީމް ވިދާޅުވީ، އަދުގެ ސަރުކާރަކީ، އިސްލާމް ދީނުގެ ކަންތައް ތަކަށް ހުރުމަތްތެރިކޮށް ހިތައި، އިސްލާމްދީނާއި ގުޅުންހުރި ކަންތައްތައް ނެގެހެއްޓެމަށް މުހިންމު މަސައްކަތްތަކެއް ކުރާ ސަރުކާރެއް ކަމަށެވެ.

އަދި އިސްލާމް ދީން ފެތުރުމަށް ކުރާ މަސައްކަތް ތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަކީ ރައީސް މުޢިއްޒުވެ ވަރަށްބޮޑު އަމާޒެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. 

އެގޮތުން އަޅުގަނޑުމެން ބަލާނަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ޖަމިއްޔާތަކަށް ކޮށއދެވޭނީ ކޮން ކަންތައްތަކެއްތޯ ބަލާނަން. އަދި އެގޮތުން އަޅުގަނޑުމެން އެއްބަސްވުންތަކެއް ގާއިމްކުރާނަން ޖަމިއްޔާ ތަކާއެކު، އަދި ކުރިއަށް އޮތް ތަނުގައި މާތް الله އިރާދަކުރެއްވިޔާމު، އެކިއެކި ޖަމިއްޔާ ތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް މާލީ ގޮތުންވެސް އެހީތެރިކަން ދެވެން އޮތް މިމްވަރަކުން މި ވުޒާރާއިން އެހީތެރިކަން އަރުވާނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުދެން. ވަކިން ޚާއްސަކޮށް ނަމާދު ކުރުމަށް އަހުލުވެރި ކުރުވާނެ ފަދަ ޕްރޮގްރާމް ތަކާއި ކުދިކުދި މަޝްރޫޢުތަކަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް އަރުވާނަން

އިސްލާމިކް މިނިސްޓްރ ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު

މިއަދު ފެށި ދީނީ ޖަމްޢިއްޔާަކުގެ އަހަރީ ބައްދަލުވުން ތިން ސެޝަނަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި ބައްދަލުވުމުގައި ރާއްޖޭގެ 70 ޖަމްޢިއްޔާއަކުން 98 މަންދޫބުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އޮންލައިންކޮށް ބައިވެރިވާ ބައެއް ފަރާތްތައްވެސް ހިމެނެއެވެ.

މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ ދަޢުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ޖަމްޢިއްޔާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާކުރުމާއި، ޖަމްޢިއްޔާތަކުން ދަޢުވަތުގެ ކަންކަމުގައި ޚިޔާލު ހުށައެޅުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރިމެޗް އެއްވަރު
މި ސީޒަނުގައި އެސްޓަން ވިލާ ދޫކޮށް ޔުނައިޓެޑާ ގުޅުނު ޔޫރީ ޓީލެމަންސް، އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި އުންމީދީ ކުޅުމެއް ދެއްކިއިރު، ޔުނައިޓެޑްގެ މުހިންމު ބައެއް ކުޅުންތެރިންނަށް ވަނީ އަނިޔާވެފައެވެ
09 Aug 2026
ހޮރްމުޒް ކަނޑުއޮޅި މައްސަލާގައި އިރާން އާއި އެމެރިކާ އަނެއްކާ މަޝްވަރާތައް ފަށަނީ
ނަމަވެސް މިކަމުގައި ކުރިއަށް ދެވެން އަންނަނީ ނުވަތަ އީރާނުން އެއްބަސްވުމަކަށް ދީލާލާނީ އެޤައުމުން އެދޭ ލުއިތަކެއް އެމެރިކާއިން ދިނުމުންކަމަށް އީރާނުގެ އޮފިޝަލުން ބުނެފައިވާކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި