އިމިގްރޭޝަންގެ އޮޕަރޭޝަންގެ ތެރެއިން: ފޮޓޯ/ އިމިގްރޭޝަން
ހަބަރު
18 Sep 2024 | 11:00
ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުންދިޔަ 4 ތަނެއް ބަލައިފާސްކޮށް، ގަވާއިދާ ޚިލާފް 7 މީހުން ހައްޔަރުކޮށްފި

އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް ޓާސްކު ފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގެ ދަށުން މިއަދު މާލޭގައި ހުރި 4 ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 7 ބިދޭސީން ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަންގައި ބަލައި ފާސްކުރި 4 ތަނުގެ ތެރޭގައި 2 ގެއަކާއި 2 ހޮޓާ ހިމެނެއެވެ. އަދި މި ތަންތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 7 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ފޮޓޯތަކުން ދައްކާ ގޮތުގައި، މި ތަންތަނުގައި ސާފުތާހިރުކަމެއް ނެތްކަން ފާހަގަކުރެވެއެވެ.

މި އޮޕަރޭޝަނަކީ ބިދޭސީން ދިރިއުޅޭ ތަންތަން ގަވާއިދުން ބަލައި ފާސްކުރުމަށް ޓާސްކު ފޯސްއިން ކުރިއަށްގެންދާ މަސައްކަތުގެ ބައެއްކަން އިމިގްރޭޝަނުން ބުނެފައިވެއެވެ.

ރާއްޖޭގައި އިތުރުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިމިގްރޭޝަނުން ފުޅާދާއިރާއެއްގައި އޮޕަރޭޝަންތައް ހިންގަމުން އަންނަ އިރު މި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ތަންތަން ބަލައި ފާސްކޮށް، ޤަވާއިދާއި ޚިލާފަށް އުޅޭ 2000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jun 2026
ޕަނަމާ އަތުން މޮޅުވެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އިންގްލޭންޑް އަނެއްބުރަށް
ރޭ ކުޅުނު މެޗްތަކަށްފަހު އިނގިރޭސިން ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ނޮކްއައުޓް ބުރުގެ ޖާގަ ކަށަވަރުކުރީ 7 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައިވާ ކޮރްއޭޝިއާއަށް 6 ޕޮއިންޓް ލިބުނުއިރު، ގާނާއަށް ލިބުނީ 4 ޕޮއިންޓެވެ
28 Jun 2026
ވިނަރެސް އެޕާޓްމަންޓެއްގެ ކުޑަދޮރުފަތެއް މަގުމައްޗަށް ވެއްޓިއްޖެ
މި ހާދިސާގައި ވެއްޓުނު ދޮރުފަތުގެ ބިއްލޫރިގަނޑު ތަޅައިގެންގޮސް މުޅިތަނަށް ބިއްލޫރިތައް ވަނީ ފެތުރިފައެވެ
28 Jun 2026
ސަމާލުވޭ! ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑު ސަރަހައްދުން ކޮންޓެއިނާތަކެއް އޮޔާދަނީ
ކޮންޓެއިނަރ ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާޖަކުން
27 Jun 2026
އަޑިއަށް ދިޔައީ މުދާ ބަރުކޮށްގެން ވ އަތޮޅަށް ދާން އުޅުނު ދޯންޏެއް
"ކުރިމަގު" ނަމަކަށް ކިޔާ މި ދޯނި އަޑިއަށް ގޮސްފައިވަނީ މުދާ ބަރުކޮށްގެން ވ. އަތޮޅަށް ދިއުމަށް ޓީޖެޓީން ނުކުތް ވަގުތު ދިޔަވާން ފެށުމުން، އަނބުރާ ބަނދަރަށް ވަތް ފަހުން
27 Jun 2026
ޓީޖެޓީ ސަރަހައްދުގައި އޮތް މުދާ އުފުލާ އުޅަނދެއް އަޑިއަށްދަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނީގެ ބޮޑުބައި މިހާރު ފެނު އަޑީގައި އޮތްއިރު، އެ ދޯނީގައި މުދާވެސް ހުއްޓެވެ.
27 Jun 2026
އެންތުރޮޕިކް އިން އަލީބާބާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް
އެންތުރޮޕިކް އިން އެމެރިކާގެ ސެނެޓަރުންނަށާއި ވައިޓް ހައުސްގެ އޮފިޝަލުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުގައި، އަލީބާބާގެ ކިއުވެން އޭ.އައި ލެބާ ގުޅުންހުރި ފަރާތްތަކުން ވަނީ ގަވާއިދާ ހިލާފަށް 25،000 އަށްވުރެ ގިނަ ފޭކު އެކައުންޓު ހަދައިގެން ކްލޯޑް މޮޑެލްއަށް އެކްސެސް ހޯދާފައެވެ
27 Jun 2026
އިމުގެ ތެރެއިން އީދު ފާހަގަކުރި ފަރާތްތައް ހޮވައި، ސަލަފުން އެކަމުގެ އަގުވަޒަންކޮށްފި
"ޢީދު އިމުގެ ތެރޭގައި" މި ނަމުގައި ސަލަފުން ދޭން ފަށާފައިވާ މި އިނާމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދު އުފާ ފާޅުކުރުމަށް ހިންގާ ޙަރަކާތްތައް ދީނީ ހަމަތަކުގެ މަތިން ކުރިއަށްގެންދާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޚާއްޞަ އިނާމެކެވެ
27 Jun 2026
ބޭކާރު ޚަރަދޭ ވިދާޅުވުމުން ތަރުޖަމާނުގެ ރައްދެއް ރައީސް ނަޝީދަށް
ތަރުޖަމާނު ވިދާޅުވީ ދެމެހެއްޓެނިވި ވިސްނުމެއްނެތި ވަގުތީގޮތުން ބޭނުންކޮށްލެވޭގޮތަށް ބިނާ ކުރި އެ ސެންޓަރަކީ ރައީސް ނަޝީދުގެ ސަރުކާރުން ކުރި ބޭކާރު ހަރަދެއްކަމަށެވެ