ސްޓެލްކޯގެ މައި އޮފީސް-- ފޮޓޯ: ވޮއިސް
ހަބަރު
22 Sep 2024 | 14:03
ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން ސްކާޑާ ސިސްޓަމް ތައާރަފްކޮށްފި

ކަސްޓަމަރުންނަށްދޭ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން ސްކާޑާ ސިސްޓަމް ތައާރަފްކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ މިއީ ކަރަންޓުގެ ހިދުމަތް ނިޒާމީ ގޮތެއްގައި ރަނގަޅުކޮށް ވަރުގަދަ ކުރުމަށް ބޮޑު އިސްކަމެއް ދިނުމުގެ ގޮތުން ތައާރަފް ކުރި ހިދުމަތެއް ކަމަށެވެ.

ސްޓެލްކޯއިން ފާހަގަކުރި ގޮތުގައި، އެ ކުންފުންޏަށް އެންމެ ގިނައިން ހުށަހަޅާ ޝަކުވާއަކީ ކަރަންޓް ބިލް ބޮޑުވުމާއި ތަކުރާރުކޮށް ކަރަންޓް ކަނޑައިގެން ދިއުމުގެ ޝަކުވާ ކަމަށާއި، އެއާއިއެކު، މައްސަލަތައް ހައްލުކުރުމަށް ފަސޭހަ ގޮތެއް ނެތުމުން އަބަދުވެސް ކުންފުންޏަށް ޝަކުވާތައް އަމާޒުވަމުން އަންނަ ކަމަށެވެ.

ހަމައެއާއިއެކު، ޓެކްނިކަލް މަސައްކަތްތަކުގައި ކަރަންޓް ކަނޑާލާ ވަގުތުތަކުގައި ކަރަންޓުގެ ހިދުމަތް އަލުން ހޯދުމަށް ހޭދަވާ ދިގު މުއްދަތެވެ. މިކަމުގެ އެންމެ އުނދަގޫ ކަމަކީ ރަށެއްގައި ވަޔަރ ކެނޑިގެން ނުވަތަ އިންޖީނު ފޭލްވުމުން ކަރަންޓް ކަނޑާލުމުން ކަރަންޓް އަލުން ގުޅުވުމަށް ހޭދަވާ ވަގުތަކީވެސް ކުރިމަތިލާން ޖެހޭ ބޮޑު ގޮންޖެހުމެއްކަން ސްޓެލްކޯއިން ފާހަގަކުރިއެވެ.

ސްޓެލްކޯއިން ބުނީ، މިފަދަ މައްސަލަތައް ހަލުވިކަމާއެކު ހައްލުކޮށް، ހިދުމަތް ފޯރުކޮށްދިނުމުގައި ފަސޭހަ ގޮތްތަކެއް ކަށަވަރުކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުންފުނީގެ މައި އޮފީހުގެ ތެރޭގައި މިހާރު ގާއިމް ކުރަމުންދާ ސެންޓްރަލް ސްކާޑާ ސިސްޓަމަކީ، މިފަދަ ހުރިހާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް މަގުފަހިކޮށްދޭ އަގުހުރި އެސެޓެއްކަން ސާބިތުވާނެ ކަމަށެވެ.

މި ސިސްޓަމް މެދުވެރިކޮށް، ކުންފުނީގެ ހިދުމަތް ބޭނުންކުރާ 35 ސަރަހައްދަކުން ކަރަންޓް ސްޓްރީމްތައް އެއް ނެޓްވޯކަކަށް ގުޅުވައިދޭއިރު، އެކަން ފެށުމާއެކު އާންމުންނަށް ކަރަންޓް އިގްތިސާދު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، ކަރަންޓް މެދުކެނޑުމުގެ މައްސަލަތައް ވެސް ކުރު މުއްދަތެއްގެ ތެރޭގައި އަވަހަށް ހައްލު ކުރެވުމުގެ އިތުރުން، މި ސިސްޓަމާއިއެކު އެއް ލޮކޭޝަނެއްގައި ހުރެގެން ކަރަންޓްގެ ހިދުމަތް މޮނީޓާ ކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އެކި އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގައި ބޮޑަށް ބަލަނީ އެކި ރަށްރަށުގައި ބަހައްޓާފައިވާ ފީޑަރތަކަށް ކޮންމެ ރަށެއްގެ ކަރަންޓުގެ ލޯޑް ނުވަތަ ބޭނުންކުރާ މިންވަރު ރީޑްކުރުމުގެ ގާބިލުކަން ދިނުމަށެވެ.

ސްޓެލްކޯއިން މައުލޫމާތު ދޭ ގޮތުގައި، މި ފީޑަރުން ވަގުތުން ރށްރަށުގައި ކަރަންޓު ބޭނުންކުރާ މިންވަރު ފޯކާސްތް ކޮށްދޭނެ އެވެ. އަދި ޔޫސޭޖް ލެވެލް ދަށްވަމުންދާކަން ދައްކުވައިދޭނެއެވެ. އަދި މިހާރު ސިސްޓަމަށް ވެސް އޮޕަރޭޓް ކުރަމުންދާ ހުރިހާ އިންޖީނެއްގައި ކޮންމެ ޕެރެމީޓަރެއް ވަގުތުން އެއްކުރުމާއި މޮނިޓަރ ކުރުމަށް މަގުފަހިކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް