ފެނަކަ އޮފީހެއް: ފޮޓޯ/ ހަތާވީސް
ހަބަރު
22 Sep 2024 | 14:04
ފެނަކައިން ދެމުން އަންނަ ޚިދުމަތްތަކަށް މިހާރު އޮންލައިންކޮށް އެދެވޭނެ!

ފެނަކަ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭ ގޮތަށް ހަދައިފިއެވެ.

މި ޚިދުމަތް ތަޢާރަފްކުރުމުގެ މަޤްސަދަކީ، އެ ކުންފުންޏަކީ އަސާސީ ގިނަ ހިދުމަތްތަކަކަށް ވަރަށް ގިނަ ރައްޔިތުން ބަރޯސާވާ ކުންފުންޏަކަށް ވުމުން، އެ ކުންފުނިން ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން ކަމުގައި ފެނަކައިން ވަނީ ވިދާޅުވެފައެވެ.

ފެނަކައިގެ ޑިޖިޓަލް މަގުޗާޓަކީވެސް، އެފަދަ ގިނަ ބަދަލުތަކަކާއި ކުރިއެރުންތަކެއް ގެނެސްދޭނެ ކަންކަމުގެ މައްޗަށް އެކުލެވޭ މަގުޗާޓެއް ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ކުންފުނީގެ ހިދުމަތްތަކަށް ބޭނުންވާ ޑޭޓާ ހިމެނޭ ސޮފްޓްވެއާ އަދި އެޗްއާރު ސިސްޓަމްގެ އިތުރުން ކުންފުނިން ދޭ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ ޕޯޓަލްތަކެއްވެސް މި މަގުޗާޓުގައި ހިމެނޭކަމަށާއި އެއީ ފެނަކަ ޓެންޑާ ޕޯޓަލް އަދި މައި ފެނަކަ ޕޯޓަލްކަމަށް ވަނީ ވިދާޅުވެފައެވެ.

ފެނަކައިން ވިދާޅުވާ ގޮތުގައި މައި ފެނަކަ ޕޯޓަލްގެ ޒަރީއާއިން އެކި އެކި ކަންކަމުގައި ފެނަކަ ބްރާންޗްތަކަށް އައުމުގެ ދަތިތަކަށް ހައްލެއް ލިބިގެން ގޮސް އެކަންވެސް ލުއި ފަސޭހަވެގެންދާނެއެވެ.

އެގޮތުން އެ ޕޯޓަލް ފަރުމާކުރެވިގެންދާނީ، ޚިދުމަތްތަކުގެ ޕްކޭޖްތައް އެކުލަވާލެވި، ކަސްޓަމަރުންނަށް ފަސޭހަވާނެހެން ވަކިވަކި ޕެކޭޖްތައް ނެގޭނެހެންކަމުގައި އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ފެނަކައިން ވިދާޅުވީ އެ ޕޯޓަލް ގާއިމްކުރެވެނީ، ޓެންޑާއަށް ބިޑް ހުށައެޅުމަށް ކަނޑައެޅިފައިވާ ވަގުތުގައި އެކަނި ހުށައެޅޭ ގޮތަށް ކަމަށެވެ. ވަގުތު ހަމަވުމުން އެ ފުރުސަތު އޮޓަމެޓިކުން ބަންދުވާނެއެވެ. އަދި ބިޑްތަކުގެ މައުލޫމާތާއި، ބިޑް ހުށައެޅި ފަރާތްތަކުގެ މައުލޫމާތުވެސް، ކުންފުނީގެ އެއްވެސް ފަރާތަކަށް ފެންނާނީ، ވަގުތުހަމަވެ، ބިޑް ހުށައަޅާ ލިންކް ބަންދުވުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.