ދިފާއީ ވަޒީރު ޣައްސާން މައުމޫން އެމްއެމްޑީއެފް އެއާ ކޯ އިފްތިތާހު ކުރި ޖަލްސާގައި ވާހަކަ ދައްކަވަނީ- ފޮޓޯ / ވޮއިސް
ހަބަރު
25 Sep 2024 | 11:49
ސެޓެލައިޓު މެދުވެރިކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ނިޒާމު ދާދި އަވަހަށް ޤާއިމުކުރެވޭނެ: ޣައްސާން

ޖައްވުގައި ހަރުކުރެވޭ ސެޓެލައިޓު މެދުވެރިކޮށް ރާއްޖޭގެ ކަނޑު ސަރަހައްދު ބެލެހެއްޓުމަށް މަސައްކަތް ކުރަމުންދާކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ގެނެސްދިން "ދިވެހީންގެ އަޑު ދުނިޔެއަށް" ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ދުވަހު ދެއްވި ތަޤުރީރުގައި އެމަނިކުފާނު އެންމެ  އިސްކަމެްް ދެއްވާނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ އިސްތިގުލާލު ހިމާޔަތް ކުރައްވަން ކަމަށް ވަރަށް ޞަރީޙަކޮށް ވިދާޅުވެފައުވާ ކަމަށެވެ. 

ހަމަ އެހެންމެ މިކަންކަން ޙިމާޔަތް ކުރައްވަން ވަރަށް ފަލަ ރަތް ރޮނގެއް ދަންމަވާލައްވާފައި އެބައޮތް. ބޭރުގެ އެއްވެސް ފަރާތަކަށް ހުރަސް ނުކުރެވޭނެ ގޮތަށް

ޣައްސާން މައުމޫން

އަދި އދ ގެ މަޖިލީހުގެ އެންމެ ބޮޑެތި ގައުމުތަކާއި އެ ގައުމު ތަކުގެ ވެރިންނާއިއެކުގައި މަޝްވަރާތައް ކުރައްވައި، މުޢާމަލާތް ކުރެއްވުމުން ދިވެހިންނަކީ  އަމިއްލ ފައިމައްޗަށް ތެދުވެތިބި މުސްތަގިއްލު ގައުމެއްކަން އެނގިގެންދާ ކަމަށް ޣައްސާން ވިދާޅުވިއެވެ. ހަމަ އެހެންމެ ރާއްޖެ އުފުއްލަންޖެހޭ ޒިންމާތައް އަމިއްލައަށް އުފުލާނެ ގައުމެއްކަންވެސް އެކަމުން އެނގިގެންދާކަމަށް ވިދާޅުވިއެވެ. 

މީގެ މިސާލެއްގެ ގޮތުން ޣައްސާން ފާހަގަ ކުރެއްވީ ރާއްޖޭގެ ދިވެހި އަސްކަރިއްޔާގެ ވައިގެ ޚިދުމަތައް އިތުރުކުރެވުނު ޑްރޯންތަކާއިއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ފުޅާކުރެވިގެން ދިޔަ ދިޔުމެވެ. 

"އެގޮތުން މިއަހަރު ތެރޭގައި ވައިގެ މަގުން އަޅުގަނޑުމެންގެ ސަރަހައްދު ބަލައި ހަމާލާ ދޭން ޖެހިއްޖެނަމަ އެކަމުގެ ޤަބިލީއްޔަތުކަން ހުރި، ދިވެހިރާއްޖެ ޤަބޫލުކުރާ ޔޫސީއޭވީސް ރާއްޖޭގެ ސިފައިންގެ ޚިދުމަތުގެ ތެރެއަށް އިންޑަކްޓް ކޮށްދެއްވީ. އަޅުގަނޑުމެންނަށް މިހާރު އަޅުގަނޑުމެންގެ ސަރަހައްދު ވަރަށް ފުޅާކޮށް ބެލެހެއްޓެން ފެށިއްޖެ." ޣައްސާން މައުމޫން ވިދާޅުވިއެވެ.

ޣައްސާން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތު ތަންފީޒު ކުރެއްވުމަށް މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން އުފައްދައިގެން މަސައްކަތްކުރަމުންދާ ޒުވާނުންތަކަކާއެކު ދިފާޢީ ވުޒާރާއާއެކު މަސައްކަތް ކުރައްވަމުންދާކަމަށާ މި ޒުވާނުންނަކީ އެމެރިކާގެ ޖައްވީ އިދާރާގެ ފަރާތްތަކާއިވެސް މުޢާމަލާތް ކުރާ ޒުވާނުންތަކެއް ކަމަށެވެ.

"މިމަސައްކަތުގެ ތެރެއިން އަޅުގަނޑުމެން މިބަލަނީ، އަޅުގަނޑުމެންގެ މެރިޓައިމް ޑޮމެއިން ނުވަތަ ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ވަރަށް ކައިރި މުސްތަޤުބަލެއްގައި، އިރާދަކުރެއްވިއްޔާ ސެޓެލައިޓް މެދުވެރިކޮށްވެސް ބެލޭނެ ނިޒާމެއް ޤާއިމްކުރަން. މިކަންކަން ކޮށްގެން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ ޒިންމާ އުފުލައި އަޅުގަނޑުމެންގެ ސަރަހައްދުންވެސް ސުލްހަވެރިކަމާއެކު ދަތުރުކުރެވޭނެ ގޮތް ހެދުން." ޣައްސާން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.