ފިނޭންސް މިނިސްޓަރ ޑރ ޝަފީގު
ހަބަރު
26 Sep 2024 | 11:40
މި އަހަރު ފަސް ލޯނާއި ދެ ގަރަންޓީ އާއެކު ޖުމްލަ 3 ބިލިއަން ރުފިޔާގެ ދަރަނި ނެގި

މި އަހަަރުގެ މިހާތަނަށް ސަރުކާރުން ފަސް ލޯނު ނަގައި ދެ ލޯނަކަށް ދައުލަތުގެ ގަރަންޓީ ދީފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ލޯނުތަކުގެ މައުލޫމާތުން އެނގޭ ގޮތުން ސައުދީ ފަންޑު ފޯ ޑިވޮލަޕްމަންޓް އިން އިން މި އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު ދެ ލޯނެއް ނަގާފައި ވެއެވެ.

އެއީ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ނަގާފައިވާ 49.9 މިލިއަން ޑޮލރު ( 769 މިލިއަން ރުފިޔާ)ގެ ލޯނަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަށް ސައުދީން ނަގާފައިވާ 99.9 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާގެ ލޯނެވެ. 

މީގެ އިތުރުން އިސްލާމިކް ޑިވޮލަޕްމަންޓް ބޭންކުން، ޖޫން މަހުގެ 5 ވަނަ ދުވަހު ދެ ލޯނެއް ނަގާފައިވެއެވެ.

އެއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރާ އެކި ކަހަލަ އަސަރުތައް ކުޑަކުރުމަށް ގާއިމުކުރާ ފަންޑު އުފެއްދުމަށް ނަގާފައިވާ 10.2 މިލިއަން ޑޮލަރު (157.2 މިލިއަން ރުފިޔާ)ގެ ލޯނަކާއި، ހަމަ އެ ފަންޑަށް ދީފައިވާ އިތުރު 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ)ގެ ލޯނެކެވެ.

މިއާއެކު ޖުލައި މަހުގެ 29 ވަނަ ދުވަހު ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކުވައިތު ފަންޑުން 9.8 މިލިއަން ޑޮލަރު ނުވަތަ 147 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވެ އެވެ. 

މި ލޯނުގެ އިތުރަށް މާރިޗު މަހުގެ 28 ވަނަ ދުވަހު، ދެ ލޯނަކަށް ދައުލަތުގެ ގެރެންޓީ ސަރުކާރުން ދޫކުރި އެވެ. އެ ދެ ގެރެންޓީވެސް ދީފައިވަނީ ބޭންކް އޮފް ސިލޯނުން ލޯނުތަކެއް ނެގުމަށް ފަންޑް މެނޭޖުމެންޓު ކޯޕަރޭޝަނަށެވެ.

އެގޮތުން، އެ ކުންފުނިން ނަގާފައިވަނީ ދިވެހި ރުފިޔާއިން ނެގި 115.6 މިލިއަން ރުފިޔާގެ ލޯނަކާއި ޑޮލަރުން ނެގި 7.5 މިލިއަން ޑޮލަރު ނުވަތަ 115 މިލިއަން ރުފިޔާގެ ލޯނެވެ. މިއާއެކު އެކު ޖުމްލަ 230 މިލިއަން ރުފިޔާ ލޯނު ނެގުމަށް އެ ކުންފުންޏަށް ސޮވެރިން ގެރެންޓީ ދޫކޮށްފައިވެ އެވެ. 

އެހެންކަމުން، އަހަރުގެ މިހާތަނަށް ސަރުކާރުން ނަަގާފައިވާ ލޯނާއި ސަރުކާރުން ދައުލަތުގެ ގަރަންޓީ ދީގެން ނަގާފައިވާ ލޯނާއެކު ޖުމްލަ 3.2 ބިލިއަން ރުފިޔާގެ ލޯނު ނަގާފައިވެ އެވެ. 

އަދި މިދިޔަ އަހަރު ޑިސެމްބަރު މަހު އޭޝިއަން ޑިވޮލަޕްމަންޓް ބޭންކުން ރިނިޔުވަބަލް އެނާޖީ ޕްރޮޖެކްޓަށް ނަގާފައިވާ 18.5 މިލިއަން ޑޮލަރުގެ (285 މިލިއަން ރުފިޔާ) ލޯނާއެކު މި ސަރުކާރުން މިހާތަނަށް ނަގާފައިވާ ލޯނުގެ ޖުމްލަ 3.5 ބިލިއަނަށް އަރައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.