އެމްއޭސީއެލުން ކުރިއަށްގެންދިޔަ ފަޔަރ ފައިޓާ ކޯހުގެ ބައިވެރިން...
ހަބަރު
26 Sep 2024 | 15:12
އެމްއޭސީއެލުން ފަޔަރ ފައިޓަރ ކޯހެއް ކުރިއަށް ގެންގޮސްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލުން) ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި މަސައްކަތްކުރާ ފަޔާ ފައިޓަރުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ބޭސިކް ފަޔަރ ފައިޓަރ ކޯހުގެ 29 ވަނަ ބެޗް ނިމިއްޖެެއެވެ.

އެމްއޭސީއެލުން ބުނީ 12 ބައިވެރިންނާއެކު މި ކޯސް ކުރިއަށްގެންގޮސްފައިވަނީ 43 ދުވަހުގެ މުއްދަތަކަށް ކަމަށެވެ. މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީން ފާސްކޮށްފައިވާ މިކޯހަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އަދި އެއާޕޯޓް ވަށައިގެންވާ ސަރަހައްދުތަކުގެ އިތުރުން  މަތިންދާބޯޓުތަކުގައި  އަލިފާނުގެ ހާދިސާއެއް ހިނގުމުން ކުއްލި ހާލަތްތަކަށް ރައްދުދިނުމަށް ފަޔަރ ފައިޓަރުން ތަމްރީނުކުރާ ކޯހެކެވެ. މި ކޯހަކީ އޭވިއޭޝަން ސެކިއުރެޓީއަށް މުހިއްމު ކޯހަކަށްވާއިރު، ފަޔަރ ފައިޓަރުންނަށް ކުއްލި ހާލަތްތަކާއި ކުރިމަތިލާން މި ކޯހުން ހުނަރު ލިބިގެންދާނޭކަމަށް އެމްއޭސީއެލުން ބުނެއެވެ.

މިއީ އެމްއޭސީއެލްގެ އިން ހައުސް ޓްރެއިނަރުން ބޭނުންކޮށްގެން ހިންގި މިފަދަ ފުރަތަމަ ކޯހެވެ. އެމްއޭސީއެލުން ބުނީ މިކަމުން އަންގައިދެނީ އެކުންފުނީގެ އިންހައުސް ޓްރެއިނަރުންގެ ގާބިލްކަމެވެ. އަދި ރާއްޖޭގެ ޓެކްނިކަލް ދާއިރާތަކުގައި މީހުން ބިނާކުރުމަށް އެމްއޭސީއެލުން ދޭ އަހަމިއްޔަތުކަމެވެ.

މި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ލަމްޢާން ވިދާޅުވީ މިކޯސް ފުރިހަމަކަމާއެކު ނިމިގެން ދިއުމުން ދޭހަވަނީ އެމްއޭސީއެލްގެ އިންހައުސް ޓްރެއިނިން ނިޒާމްގެ ހަރުދަނާ ކަމެވެ. މިގޮތުން ކުރިއަށްއޮތްތަނުގައިވެސް މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމްއޭސީއެލުން ދަނީ އެކުންފުނީގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޔުނިޓުން ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ އިތުރުން މަސައްކަތްތެރިކަމުގެ ދާއިރާއިން ގިނަ ތަމްރީނުތަކެއް ފޯރުކޮށްދެމުންނެވެ. 

އެމްއޭސީއެލުންވަނީ މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ޒަމާނީ ފަޔަރ ސްޓޭޝަނެއް ހުޅުވައި އެ ދާއިރާއިން އެކުންފުނީގެ ގާބިލްކަން އިތުރުކޮށްފައެވެ. އެމްއޭސީއެލުން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ  ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ދަތުރުވެރިންނަށް ޒަމާނީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ އެކުންފުނީގެ އެންމެބޮޑު އަމާޒުކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.