ބާސެލޯނާގެ ސަޕޯޓަރުން އެޓީމަށް ތަރުހީބުދެނީ
ކުޅިވަރު
27 Sep 2024 | 23:41
ރަށުން ބޭރުގައި ކްރްވެނާ ޒަވޭޒްޑާ ދެކޮޅަށް ކުޅޭމެޗަށް ބާސެލޯނާގެ ސަޕޯޓަރުން ނުވައްދާނެ

ސްޕެއިންގެ ބާސެލޯނާ އިން ޔުއެފާ ޗެމްޕިއަންސް ލީގުގައި ދެން އެންމެ އަވަހަށް ރަށުން ބޭރުގައި ކުޅޭ މެޗަށް އެޓީމަށް ޓިކެޓް ނުވިއްކޭގޮތަށް ޔޫއެފާ އިން އެކުލަބަށް އަދަބުދީފިއެވެ.

ރަށުން ބޭރުގައި ކުޅޭ މެޗުގައި ބާސާއަށް ޓިކެޓް ނުވިއްކޭނެ ގޮތަކަށް އަދަބު ދޭން ޔުއެފާ އިން ނިންމާފައިވަނީ އެ ޓީމުގެ ސަޕޯޓާރުންގެ ފަރާތުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ނަސްލީ ގޮތުން ދިމާކުރި ކަމަށް ފެންމަތިވި މައްސަލަތަކެއްގެ ސަބަބުންނެވެ. ރަށުން ބޭރުގައި ކުޅޭ މެޗަށް ޓިކެޓް ނުވިއްކޭނެ ކަމަށް އެންގުމުގެ އިތުރުން ޔޫއެފާ އިން ވަނީ އެ ކްލަބު 10،000 ޔޫރޯއިން ޖޫރިމަނާވެސް ކޮށްފައެވެ.

މީގެ ކުރިން ވެސް މިފަދަ މައްސަލައެއްގައި މިދިޔަ ސީޒަނުގައި ބާސެލޯނާއަށް ވަނީ މިފަދަ އަދަބެއް ލިބިފައެވެ. ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގައި އެ ޓީމުން ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ބާސާ ސަޕޯޓަރުންގެ ފަރާތުން ނަސްލީ ދިމާކުރުންތަކުގެ އަމަލުތައް ފެނިގެން ގޮސްފައިވާތީ، ޔޫއެފާއިން ވަނީ އެޓީމު 25،000 ޔޫރޯއިން ޖޫރިމަނާކޮށް ރަށުން ބޭރުގައި ކުޅޭ އެއްމެޗަށް ޓިކެޓް ނުވިއްކޭގޮތައް އަދަބުދީފައެވެ. ނަމަވެސް އެއަދަބު ތަންފީޒުކުރުން ވަނީ އެއް އަހަތަށް ފަސްކޮށްފައެވެ.

ނަމަވެސް މޮނާކޯ މެޗަށްފަހު ޔުއެފާ އިން ނިންމާފައި ވަނީ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހު ރަށުން ބޭރުގައި ބާސާއިން ސާބިއާގެ އެފްކޭ ކްރްވެނާ ޒަވޭޒްޑާ ދެކޮޅަށް ކުޅޭ މެޗަށް އެ ޓީމުގެ ސަޕޯޓަރުންނަށް ނުވަދެވޭގޮތައް އަދަބުދީފައެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗުގައި މޮނާކޯ އަތުން އެޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.