ރަޢީސް ޑރ މުހަައްމަދު މުޢިއްޒު އާއި ޤާސިމް އިބްރާޙީމް: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
29 Sep 2024 | 10:04
ރާއްޖެއަކީ ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ޤައުމެއްކަން ރައީސް މުޢިއްޒު ސާބިތުކޮށްދެއްވައިފި: ޤާސިމް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ދިވެހިރާއްޖެ ތަމްސީލްކުރައްވައި، ދިވެހިރާއްޖެއަކީ ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ޤައުމެއްކަން ސާބިތުކޮށްދެއްވާފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ. 

އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ދިވެހިރާއްޖެ ތަމްސީލް ކުރެއްވުމަށްފަހު، ރައީސް މުޢިއްޒު މިއަދުގެ ވަގުތެއްގައި އެނބުރި ރާއްޖެ ވަޑައިގެންފައިވާއިރު، ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ޖުމްހޫރީ ޕާޓީގެ ‬⁩އެންމެހާ މެންބަރުންގެ ނަމުގައި އެމަނިކުފާނަށް މަރުޙަބާއާއި ތަހްނިޔާ ދަންނަވާފައެވެ.

ރައީސް މުޢިއްޒުގެ ތަޤްރީރު ދުނިޔޭގެ ސަމާލުކަން ލިބިި، ބޮޑެތި މީޑިއާތަަކުގެ ފަލަ ސުރުޚީގައި ހިމެނިފައިވާކަމަށާ އދ. ގެ ސަލާމަތީ މަޖިލީހުގެ ތަޅުމުގައި ތަޤްރީރުކުރެއްވި ރާއްޖޭގެ ފުރަތަމަ ރައީސްކަމުގެ ޝަރަފުވެސް ރައީސް މުޢިއްޒަށް ލިބިވަޑައިގެންފައިވާކަން ޤާސިމް ވަނީ ފާހަގަކުރައްވާފައެވެ.

ޝައްކެއްނެތް ގޮތުގައި، މީގެ 59 އަހަރު ކުރީން ދިވެހީންގެ ފަޚުރުވެރި މިނިވަން ދިދަ އދ ގެ އިދާރާގައި ވިހުރެންފެށިފަހުން، މި ޤައުމުގެ ވެރިޔަކު އދ ގައި ދިވެހި ޤައުމު ތަމްސީލް ކުރުމުގައި އަދުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދިވެހިޤައުމު ތަމްސީލް ކޮށްދެއްވީ، ނުހަނު ވިސްނުންތެރިކަމާއި އެކު ވަރަށް ފުރިހަމަ އަދި އެހާމެ މުނާސަބުކޮށް ކަމަށް އަޅުގަނޑު ދެކެމެވެ. މި ލޮބުވެތި ޤައުމަކީ ފަޚުރުވެރި، ކެރޭ، ހަރުދަނާ، ދުރުވިސްނޭ، ޢިލްމާއި ހުނަރު ލިބިފައިވާ، ތަރައްޤީއަށް އުންމީދު ކުރާ ތަޞައްވަރެއް އޮތް، އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ޤައުމެއްކަން، ރައީސް ޑރ މުޢިއްޒު އެވަނީ ވަރަށް ސާބިތު ކަމާއި އެކު ދައްކުވައިދެއްވާފައެވެ. 

ޤާސިމް އިބްރާޙީމް

ރައީސް މުޢިއްޒުގެ ތަޤްރީރު މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި، އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކާއި، މަސްނޫޢީ އިންޓެލިޖެންސް ފަދަ މުހިންމު މައުޟޫޢުތަކަށެވެ.

ވަކިން ޚާއްޞަކޮށް، ފަލަސްޠީނުގެ މައްސަލައިގައި ސިހްޔޫނީ ދައުލަތުން ހިންގަމުންދާ ޖަރީމާތައް ކުށްވެރިކުރައްވައި ދެއްކެވި ވާހަކަފުޅު އިސްލާމީ ދުނިޔެއާއި ގިނަ ޤައުމުތަކުން ބަލައިގަތްކަން ޤާސިމް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކަށް، ޚާއްސަ ކޮށް ވެރިކަމުގެ 5 އަހަރުގެ ދައުރެއް ލިބިވަޑައިގެންނަމަވެސް އދ ގައި ރާއްޖެ ތަމްސީލް ކޮށްލަން ކެރިވަޑައިނުގަތް ބޭފުޅަކަށް، ރައީސް މުޢިއްޒުގެ ތަޤްރީރު އޮޅުން ފިލާވަޑައި ނުގަތްނަމަވެސް، ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުޙީގައި އެމަނިކުފާނުގެ ތަޤްރީރް އެވަނީ ހިމެނިފައެވެ. 

ޤާސިމް އިބްރާޙީމް

ޤާސިމް އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު ވަނީ ދިވެހިރާއްޖެއަކީ ފަޚުރުވެރި، ކެރޭ، ހަރުދަނާ، ދުރުވިސްނޭ، ޢިލްމާއި ހުނަރު ލިބިފައިވާ، ތަރައްޤީއަށް އުންމީދުކުރާ ތަޞައްވުރެއް އޮތް ޤައުމެއްކަން ސާބިތުކޮށްދެއްވާފައި ކަމަށެވެ.

2040 ގައި ދިވެހިރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭއިރު، އެ ދުވަސް އަންނަންވާއިރު ދިވެހިރާއްޖެއަކީ، ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި އޮތުމަށް މާދަމާއަށް ޓަކައި އެމަނިކުފާނު ކުރައްވާ ތަޞައްވަރުތައް މުޅި ދުނިޔޭގެ ކުރިމަތީގައި ހާމަކޮށްދެއްވާ، މި ދިވެހިފަސްގަނޑާއި، ރައްޔިތުންނާއި މެދު ތިޔަ ދައްކުވައިދިން ފަޚުރުވެރި ނަމޫނާއަށް ޓަކައި، މަނިކުފާނަށް އަދިވެސް އެއްފަހަރު ހިތުގެ އިޚްލާޞްތެރި ތަހްނިޔާއާއި ޝުކުރު އަދާކުރަމެވެ. الله ސުބުޙާނަހޫ ވަތަޢާލާ މަނިކުފާނަށް ދިގު ޢުމުރުފުޅެއް މިންވަރުކުރައްވާ، ފުރިހަމަ ޞިއްހަތެއްގައި ލަހައްޓަވައި، މަނިކުފާނުގެ ވެރިކަމުގައި ބަރަކާތްލައްވާ، ދިވެހި ރައްޔިތުންނަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރައްވާށިއެވެ.

ޤާސިމް އިބްރާޙީމް

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އދ. ގެ 78 ވަނަ ޢާންމު ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދިޔަ މުހިންމު އެތައް ބައްދަލުވުމެއްގެ ރިޔާސަތުގައި ކޯ-ޗެއަރއެއްގެ ހައިސިއްޔަތުން އިސް ދައުރެއް އަދާކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.