މިހާރުގެ އިސްލާމިކް މިނިސްޓްރީގެ ނާއިބު، ސަލްމާން މިސްކިތުގެ އިމާމް ޢަބްދުލް ޖަލީލު އިސްމާއީލު: ފޮޓޯ/ ހުރިހާ
ހަބަރު
29 Sep 2024 | 11:29
ޑެޕިއުޓީ މިނިސްޓަރު ޖަލީލު، ދޮގު ލިޔެކިޔުން ތަކެއް ތައްޔާރުކުރި ކަމަށް ތުހުމަތުވާ މައްސަލަ ފުލުހުން ބަލަން ފަށައިފި

މިހާރުގެ އިސްލާމިކް މިނިސްޓްރީގެ ނާއިބު، ސަލްމާން މިސްކިތުގެ އިމާމް ޢަބްދުލް ޖަލީލު އިސްމާއީލުގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤު ފަށައިފިއެވެ.

މި މައްސަލައިގައި ޖަލީލަށް ކުރެވޭ މައިގަނޑު ތުހުމަތަކީ ދޮގު ލިޔެކިޔުންތަކެއް ތައްޔާރުކޮށް، ނިޔާވެފައިވާ ވިޔަފާރިވެރިއެއް ކަމަށްވާ، ހއ. ހޯރަފުށީ ހާޝިމް މުހައްމަދުގެ މުދަލަށް އަތްގަދަކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި މި މައްސަލައާ ގުޅޭ ފޯޖަރީގެ ރިޕޯޓެއް 19 ސެޕްޓެމްބަރު 2023 ގައި ވަނީ ހުށަހެޅިފައެވެ.

މީގެ އިތުރުން، 23 ސެޕްޓެމްބަރު 2023 ގައި ފިހާރައެއްގެ ތެރޭގައި ދެ ފަރާތެއްގެ މެދުގައި (ޖަލީލު އާއި ހާޝިމްގެ ވާރުތަވެރިންގެ މެދުގައި) ހިނގި ހަމަނުޖެހުމެއްގެ މައްސަލައެއްވެސް ވަނީ ރިޕޯޓުކުރެވިފައެވެ.

މި ދެ މައްސަލައިގައިވެސް ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ޖަލީލުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޝައްކުކުރެވޭ ގޮތަކަށް ނިޔާވެފައި އޮއްވާ ފެނުނު ވިޔަފާރިވެރިޔާ ހއ. ހޯރަފުށީ ހާޝިމް މުހައްމަދުގެ ވިޔަފާރިތަކަށް އަތްގަދަކުރުން ހިމެނެއެވެ. އެ ވިޔަފާރިތައް ޖަލީލުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކަށް ބަދަލުކޮށްފައިވާ ކަމަށާއި، މިކަމަށްޓަކައި ހާޝިމްގެ ދަރިފުޅުގެ ސޮއި ފޯޖުކޮށް ލިޔެކިޔުން ތައްޔާރުކޮށްފައިވާ ކަމަށްވެސް ތުހުމަތުކުރެވެއެވެ.

ހާޝިމް މުހައްމަދަކީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ގެއެއްގެ ތެރޭގައި މަރުވެފައިވާ އޮއްވާ ފެނުނު މަޝްހޫރު ވިޔަފާރިވެރިއެކެވެ. އޭނާއަކީ "ފޯއެލް" ގެ ނަމުގައި ގިނަ ވިޔަފާރިތަކެއް މާލެ ސަރަޙައްދުގައި ހިންގަމުން ދިޔަ ފަރާތެކެވެ.

ހާޝިމްގެ އާއިލާއިން ”ވޮއިސް“އަށް މަޢުލޫމާތު ދީފައިވާ ގޮތުން، ޖަލީލް ވަނީ ހާޝިމްގެ ހުރިހާ މުދަލެއް އަތުލާފައެވެ. މި ޖަރީމާ ހިންގާފައިވަނީ ހަދީއުލް އިސްލާމް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކާ ގުޅިގެން ކަމަށްވެސް ހާޝިމްގެ އާއިލާއިން ބުނެފައިވެއެވެ.

ފުލުހުން މަޢުލޫމާތު ދޭގޮތުގައި މުދަލާއި ގޯތިގެދޮރުގެ މައްސަލަ ސިވިލް ކޯޓު މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ދެ ފަރާތަށްވެސް ވަނީ އިރުޝާދު ދެވިފައެވެ. މި މައްސަލައިގައި ތަޙުޤީޤު ކުރިއަށްދާ ގޮތުގެ އިތުރު މަޢުލޫމާތު ފުލުހުން ހާމަކުރާނެ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.