އެމްއެމްއޭ
ހަބަރު
01 Oct 2024 | 17:51
އިތުރަށް ޗާޕްކުރި ފައިސާތައް އެމްއެމްއޭއިން ނަގަނީ

މިދިޔަ ސަރުކާރުތަކުން އިތުރަށް ޗާޕުކުރި ފައިސާތައް މާކެޓުން ނެގުމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނިންމައިފިއެވެ.

އެމްއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، ބޭންކިން ނިޒާމުގައި އިތުރުވެފައިވާ ދިވެހިރުފިޔާ މަދުކުރުމަށް އޯޕަން މާކެޓް އޮޕަރޭޝަނެއް ފެއްޓެވުމަށް ނިންމާފައިވާކަމަށެވެ. މި އޮޕަރޭޝަން ފަށާނީ މިއަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ ޗާޕްކުރުމުގެ ސަބަބުން އިގްތިސާދުގައި ދައުރުވަމުންދާ "އެކްސެސް މަނީ" ނުވަތަ އިގްތިސާދުގެ ތެރޭގައި ދައުރުވާންޖެހޭ ފައިސާގެ އިތުރަށް ހުރިކަމަށް ފާހަގަކުރެވޭ ފައިސާތައް ނެގުމަށް އެމްއެމްއޭގެ ބޯޑުންވެސް ރުހުންދީފައިވާކަމަަށެވެ.

މިކަމުގައި ސަރުކާރަށް ދަތިތަކެއް ހުންނާނޭކަން ފާހަގަކުރައްވަމުން ގަވަރުނަރު ވިދާޅުވީ، މާކެޓް އޮޕަރޭޝަނުގެ ސަބަބުން ކޭޝްފްލޯ ހަމަޖެއްސުމަށް ދަތިތަކެއް ކުރިމަތިވެދާނޭ ކަމަށެވެ. 

މާކެޓް އޮޕަރޭޝަން އެކިފަހަރުމަތިން ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، ހަ ބިލިއަން ނުވަތަ ފަސް ބިލިއަން ރުފިޔާ ނަގާނޭކަމަށް ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ.

މިދިޔަ ސަރުކާރުގެ ވެރިކަމުގައި ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް 8 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕްކޮށްފައިވާކަމަށް ސަރުކާރުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.