ޕޮލިސް ޓޭޕް
ހަބަރު
02 Oct 2024 | 10:51
ކުއްޖަކު ރަހީނުކޮށް، ބްލެކްމެއިލް ކުރި މައްސަލައެއް ބަލަނީ

ކުޑަކުއްޖަކު ރަހީނުކޮށް، ބްލެކްމެއިލް ކުރި މައްސަލައެއް ފެންމަތިވެ، އެ މައްސަލާގައި ކަން ހިނގި ގޮތް ފުލުހުން ބަލަން ފަށައިފި އެވެ.

އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާގެ މަންމަ މީސް މީޑިއާގައި ކުރި ޕޯސްޓުގައިވާ ގޮތުން، އޭނާގެ ދަރިފުޅު ގޭގައި ނިދާފައި އޮއްވައި ގްރޫޕަކުން އެ ގެއަށް ވަދެ، ގަދަކަމުން ރަހީނުކުރި އެވެ. 

އަދި ރަހީނު ކުރުމަށްފަހު މަރާލާނެ ކަމަށް އިންޒާރުދީ، ރުއްގަނޑެއްގެ ތެރެއަށް ގެންގޮސް ބަރަހަނާކޮށް ދަނޑިބުރިއަކުން އޭނާ ގައިގައި ތަޅާ ހެދިކަމަށް ބުނެފައިވެއެވެ.

އަދި އެކަމުގެ ވީޑީއޯ ކުރުމަށް ފަހު، ރުފިޔާ ނުދީފި ނަމަ ވީޑިއޯ ލީކްކޮށްލާނެ ކަމަށް ބުނެ، ބްލެކްމެއިލް ކުރި ކަމަށްވެސް ކުއްޖާގެ މަންމަ ބުންޏެވެ.

އޭގެ ފަހުން، ގިނަ ކުދިން ތިބޭ ގްރޫޕަކަށް ވީޑިއޯ ލުމަށް ފަހު، އަންހެން މީހާގެ މަރުގެ އިންޒާރު ދިން ކަމަށް ބުނެފައިވެއެވެ.

”މިއަށް ވުރެ ވަކި ސީރިއަސް ކްރައިމެއް ކޮބައިހެއްޔޭ؟ މިއީ، ގްރޭޑް 9ގައި އުޅޭ ކުއްޖަކު އިސްވެ ހުރެ ގްރޫޕަކުން ހިންގި އަމަލެއް. ދެން ވެސް އޮންނަނީ އަނިޔާ ކުރި ގްރޭޑް 9ގެ ކުއްޖާގެ ހައްގު. ދަރިފުޅަށް އިންސާފު ހޯދާނީ ކިހިނެއް“ އެ ޕޯސްޓުގައި ކުއްޖާގެ މަންމަ ލިޔެފައިވެ އެވެ. 

މިކަން ދިމާވެފައިވަނީ ކޮން އުމުރެއްގެ އަދި ކޮން ޖިންސެއްގެ ކޮން  ކުއްޖަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

މި މައްސަލާގައި ފުލުހުން މިއަދު ބުނީ، މި މައްސަލަ ސަމާލުކަމަށް އައިސް، ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.