އުމުރުން ދުވަސްވީ މީހުން ތަކެއް: ފޮޓޯ/ ދަ ޕްރެސް
ހަބަރު
02 Oct 2024 | 14:00
ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީގެ %36 މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން

ދިވެހިރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީގެ %36 އަކީ ކޮންމެވެސް ނުކުޅެދުންތެރިކަމެއް ހުންނަ ބައެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރުގެ އިސްރަށްވެހިންގެ ދުވަހާ ގުޅިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ޢާންމުކުރި 2022 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އާބާދީގެ %5 (20،553) އަކީ އުމުރުން ދުވަސްވީ މީހުންނެވެ. އޭގެ ތެރެއިން ގިނައީ 65-74 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ އުމުރުން ދުވަސްވީ މީހުންގެ %63 އެވެ. އުމުރުން 85 އަހަރުން މަތީގެ މީހުންގެ ނިސްބަތަކީ %9 އެވެ.

އުމުރުން ދުވަސްވީ މީހުންގެ އާބާދީ ބެހިފައިވާ ގޮތް

ހއ. އަތޮޅު - 963

ހދ. އަތޮޅު - 1،303

ށ. އަތޮޅު - 799

ނ. އަތޮޅު - 703

ރ. އަތޮޅު - 1,018

ބ. އަތޮޅު - 615

ޅ. އަތޮޅު - 481

ކ. އަތޮޅު (މާލެ ނުހިމަނައި) - 588

މާލެ - 6,699

އއ. އަތޮޅު - 337

އދ. އަތޮޅު - 513

ވ. އަތޮޅު - 111 

މ. އަތޮޅު - 353

ފ. އަތޮޅު - 224

ދ. އަތޮޅު - 302

ތ. އަތޮޅު - 594

ލ. އަތޮޅު - 807

ގއ. އަތޮޅު - 658

ގދ. އަތޮޅު - 985

ޏ. އަތޮޅު - 698

އައްޑޫ ސިޓީ - 1،802

އުމުރުފުރާތަކަށް ބަލާއިރު، 65-74 އަހަރާ ދެމެދުގެ މީހުންގެ ޖުމްލަ އަދަދަކީ 13،003 އެވެ. މީގެ ތެރެއިން 6،668 އަކީ ފިރިހެނުންނެވެ. އަންހެނުންގެ އަދަދަކީ 6،335 އެވެ. 75-84 އަހަރާ ދެމެދުގެ މީހުންގެ ޖުމްލަ އަދަދު 5،774 އަށް އަރާއިރު، އޭގެ ތެރެއިން 2،839 އަކީ ފިރިހެނުންނެވެ. އަންހެނުންގެ އަދަދަކީ 2،935 އެވެ. 85 އަހަރުން މަތީގެ މީހުންގެ އަދަދު 1،776 އަށް އަރައެވެ. މީގެ ތެރެއިން 1،023 އަކީ ފިރިހެނުންނެވެ. އަންހެނުންގެ އަދަދަކީ 753 އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، އިސްރަށްވެހިންގެ ތެރެއިން 36 އިންސައްތަ، ނުވަތަ 7،402 މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 4،024 އަންހެނުންނާއި 3،378 ފިރިހެނުންނެވެ. 

އުމުރުން ދުވަސްވީ މީހުންގެ މެދުގައި ނުކުޅެދުންތެރިކަން ގިނައިން ފެންނަނީ ހިނގުމުގައި، ފެނުމުގައި އަދި ކަންކަން ހަނދާންކުރުމުގައެވެ. 

ކައިވެނީގެ ނިސްބަތަށް ބަލާއިރު، އިސްރަށްވެހިންގެ ތެރެއިން 60 އިންސައްތަ މީހުން ކައިވެނިކޮށްގެން އުޅޭއިރު، 29 އިންސައްތަ މީހުންނަކީ އިނދެ ވަރިވެފައި ތިބި މީހުންނެވެ. އަދި ދުވަހަކުވެސް ކައިވެނި ނުކުރާ މީހުންގެ އިންސައްތަ އަކީ 1 އެވެ.

ތަޢުލީމީ ފެންވަރަށް ބަލާއިރު، އިސްރަށްވެހިންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ ޕްރައިމަރީ ފެންވަރުގެ ތަޢުލީމު ހާސިލުކޮށްފައިވާ މީހުންނެވެ. ނަމަވެސް، ކޮންމެ 5 މީހަކުން އެކަކު ދުވަހަކުވެސް ސްކޫލަށް ގޮސްފައި ނުވާކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން މަސައްކަތުގެ ދާއިރާއަށް ބަލާއިރު، އިސްރަށްވެހިންގެ 67 އިންސައްތަ މީހުންނަކީ އުފެއްދުންތެރިކަމުގެ މަސައްކަތްތަކާއި، ދަނޑުވެރިކަމާއި، ފޮރެސްޓްރީ އަދި މަސްވެރިކަމުގައި ދާއިރާގައި މަސައްކަތް ކޮށް އާމްދަނީ ހޯދާ މީހުންނެވެ.

އަދި %16 މީހުން ވަޒީފާގައި އުޅޭއިރު ވަޒީފާ ނެތް މީހުންގެ އިންސައްތައަކީ 6 އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.