ހަބަރު
02 Oct 2024 | 16:01
ވޭޕް އާއި އީ-ސިނގިރޭޓް ރާއްޖެ އެތެރެކޮށް ވިއްކުން މަނާ ކުރުމަށް 20 އަށްވުރެ ގިނަ ކުޅިވަރު ޖަމިއްޔާއިން ގޮވާލައިފި

ވޭޕް އަދި އީ-ސިނގިރޭޓް ދިވެހިރާއްޖެއަށް އެތެރެ ކުރުމާއި، ވިޔަފާރި ކުރުމާއި އަދި އެ ތަކެތި ގެންގުޅުން މަނާކުރުމަށް ގޮވާލާ 21 ޤައުމީ ކުޅިވަރު ޖަމިއްޔާއިން ގޮވާލައިފިއެވެ.

21 ކުޅިވަރު އެސޯސިއޭޝަނެއް ގުޅިގެން ނެރެފައިވާ ބަޔާނުގައި ގޮތުގައި، ވޭޕް އަދި އީ-ސިނގިރޭޓްގެ ސަބަބުން ސިއްޙަތަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކާއި، އޭގެ ބިރުވެރިކަމާއި، އޭގެ ނުރައްކާތެރިކަމުގެ ވާހަކަ އަކީ މެޑިކަލް ޑޮކްޓަރުންނާއި، ތަޢުލީމީ ދާއިރާގެ ފަންނީ އަދި މި ނޫންވެސް އެހެން ފަރާތްތަކުން މެދުކެނޑުމެއްނެތި ދިވެހިންނަށް ފޯރުކޮށްދެއްވަމުންގެންދާ އިރުޝާދުތަކެކެވެ.

ނަމަވެސް، ދުވަހެއް ދުވަހަކަށް މި ތަކެތީގެ ބޭނުންކުރުން އިތުރުވެ، މީގެ ނޭދެވޭ އަސަރު ކުރިއަށް އޮތް ޖީލުތަކަށް ކޮށްފާނެކަމުގެ ބިރު ވަނީ އިންތިހާއަށް އުފެދިފައެވެ.

ޖަމިއްޔާތަކުން ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހި ކުޅުންތެރިންނާއި، ތަމްރީނު ފަރާތްތަކުގެ މެދުގައި ވޭޕް އަދި އީ-ސިނގިރޭޓް ބޭނުންކުރުން އަންނަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންނެވެ. މިކަމުގެ ސަބަބުން ކުޅުންތެރިންގެ ފުުއްޕާމެއަށް ދިމާވާ ސިއްޙީ އެކިއެކި މައްސަލަތަކާއި، ނޭދެވޭ އަސަރުތަކުގެ ސަބަބުން ކުޅުންތެރިންގެ ޕަރފޯމަންސް ދަށްވެ، ކުރިއެރުމަށް ހުރަސްއެޅި، ދުޅަހެޔޮކަން ގެއްލި، ކުޅިވަރު ކުޅުމާ ދުރަށްދާކަން ފާހަގަކުރެވެން ވަނީ ފަށާފައެވެ.

ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިއީ ދިވެހިރާއްޖޭގެ ކުޅިވަރާއި، ދުޅަހެޔޮކަން ކުރިއެރުވުމަށް ސަރުކާރުންނާއި އެހެނިހެން ފަރާތްތަކުން ކުރާ މަސައްކަތަށް ހުރި ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މިއީ ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖެއިން ހޯދަން ބޭނުންވާ ރަން ވަނަތައް ހާސިލުކުރުމަށް އެޅިފައިވާ ހުރަހެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޖަމިއްޔާތަކުން ގޮވާލާފައިވަނީ، ކުރިއަށް އޮތް ޖީލު މި ވަބާއިން ސަލާމަތް ކުރުމަށްޓަކައި ވޭޕް އަދި އީ-ސިނގިރޭޓް ދިވެހިރާއްޖެއަށް އެތެރެ ކުރުމާއި، ވިޔަފާރި ކުރުމާއި އަދި އެތަކެތި ގެންގުޅުން މަނާކުރުމަށެވެ. އަދި ދުނިޔޭގެ ބައެއް ޤއް ޤައުމުތަކާއި އަދި ޚާއްޞަކޮށް ރާއްޖޭގެ އަވައްޓެރި ބައެއް ޤައުމުތަކުގައި ވެސް ވޭޕް އަދި އީ-ސިނގިރޭޓް މަނާކޮށްފައިވާކަން ޖަމިއްޔާތަކުން ފާހަގަކޮށްފައިވެއެވެ.

މި ނޫސްބަޔާން ނެރުމުގައި ބައިވެރިވި 21 ޤައުމީ ކުޅިވަރު ޖަމިއްޔާތަކުގެ ތެރޭގައި ފުޓްބޯޅަ، ވޮލީބޯޅަ، ބާސްކެޓްބޯޅަ، ޓެނިސް، ބެޑްމިންޓަން، އަދި ހޭންޑްބޯލް ފަދަ އެކި ކުޅިވަރުތަކުގެ ޤައުމީ ޖަމިއްޔާތައް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.