މަޓީގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޓީ
ހަބަރު
02 Oct 2024 | 16:53
ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ނިންމި ނިންމުމާ މަޓީ ދެކޮޅު

ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރެވޭ ގޮތަށް އިސްލާހް ގެންނަން ގެންނަން މަރުކަޒީ ބޭންކު، އެމްއެމްއޭއިން ނިންމި ނިންމުމަށް ރިސޯޓް އޯނަރުންގެ ޖަމިއްޔާ، މަޓީ އިން ދެކޮޅު ހަދައިފިއެވެ. 

އެމްއެމްއޭ އިން އިއްޔެ ވަނީ ބޭރު ފައިސާއާ ބެހޭ ގަވާއިދު އާއި މަނީ ޗޭންޖާ ކަމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގަވާއިދެއް ހަދައި އާއްމުކޮށްފަ އެވެ. 

އެކަމާއި ގުޅިގެން މަޓީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގަވައިދު ނެރުމުގައި ކަމާބެހޭ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރި ކަމަށް ބުނި ނަމަވެސް އެކަން ހިނގާފައިވަނީ އެމްއެމްއޭއިން ބުނި ގޮތަށް ނޫން ކަމަށް ހިތާމައާއެކު ފާހަގަ ކުރާ ކަމަށެވެ. 

މަޓީ އިން ބުނެފައިވާ ގޮތުން އެ ޖަމިއްޔާއާއެކު ބޭއްވި ބައްދަލުވުމުގައި ބޭރު ފައިސާއާ ބެހޭ ގަވައިދުގައި ހިމަނަން އެމްއެމްއޭއިން ހުށަހަޅާފައިވާ ހުށަހެޅުން ތަކަކީ އެ ޖަމިއްޔާ އަށް އެއްބަސްވެވޭނެ ކަންތައްތަކެއް ނޫންކަމަށް ބުނެފައިވާނެ އެވެ. 

"ގަވާއިދު ގެޒެޓް ކުރިއިރު އެ ޖަމިއްޔާ [މަޓީ] އިން ހުށަހެޅި އެއްވެސް ކަމަކަށް އިޖާބަދެއްވާފައި ނުވާކަން ފާހަގަ ކުރަމެވެ،" މަޓީގެ ބަޔާނުގައިވެ އެވެ. 

މިއާއެކު މަޓީން ވަނީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި އެހީތެރިވާން އެ ޖަމިއްޔާއިން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ދީފައެވެ. 

މަނީޗޭންޖިން ވިޔަފާރިއާ ބެހޭ ޤަވައިދުގެ ދަށުން އެމްއެމްއޭއިން ވަނީ ރާއްޖޭގައި ޓޫރިޒަމް ވިޔަފާރިކުރާ ތަންތަނަށް، އެތަންތަނަށް ވަންނަ ޑޮލަރު އާމްދަނީން ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރުމަށް ލާޒިމްކޮށްފައެވެ. އެގޮތުން ކެޓަގަރީ އޭގައި ހިމެނޭ، ޓޫރިސްޓް ރިޒޯޓުތަކާއި، ހޮޓާތަކާއި، އުޅަނދުތަކާއި އެނޫންވެސް އެފަދަ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކެޓަގަރީ ބީގައި ހިމެނޭ ތަންތަނުން މާރުކުރަންޖެހޭކަމަށް ކަނޑައަޅާފައިވަނީ ޓޫރިސްޓަކަށް 25 ޑޮލަރެވެ. ކެޓަގަރީ ބީގެ ގޮތުގައި ކަނޑައަޅާފައިވަނީ 50 ކޮޓަރި، ނުވަތަ އެއަށްވުރެ މަދުން ކޮޓަރި ހުންނަ ތަންތަނެވެ.

އެމްއެމްއޭއިން ބުނީ، ވަކި ހާލަތްތަކެއްގައި މިއަށް ވުރެ މަދުން މާރުކުރުމުގެ ހުއްދައަށް އޮތޯރިޓީގައި އެދެވިދާނޭ ކަމަށެވެ. އެއީ ބޭރުފައިސާ އިން ޓެކްސް ދެއްކުން، މާލީ އިދާރާއަކަށް ބޭރުފައިސާއިން ދަރަނި ދެއްކުން، ކޯޓު ހުކުމަކުން ކަނޑައަޅާފައިވާ ބޭރުފައިސާގެ އިލްތިޒާމްތަކާއި އަޮތޯރިޓީން ހުއްދަދޭ އެހެން ވެސް ބޭރު ފައިސާގެ އިލްތިޒާމްތައް އޮތުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.