ކުރީގެ ރައީސް ނަޝީދު
ހަބަރު
04 Oct 2024 | 14:55
ފޯޅަވަހި މޮރިޝަސްއަށް ދެވިގެން ނުވާނެ: ރައީސް ނަޝީދު

ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޯސް އައިލެންޑްސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޗާގޯސްގެ މިނިވަންކަން މޮރިޝަސްއަށް ދިނުމަށް އެގައުމުން ނިންމުމާއި ގުޅިގެން ނަޝީދު އެކސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖެއަށް ފޯޅަވަހި އަތޮޅުގެ މައްޗަށް ސާފު ޙައްޤެއް އޮތް ކަމަށް ރާއްޖެއިން ވަކާލާތު ކުރަމުން ދާއިރު، އިނގިރޭސިވިލާތުން އެތަން މޮރިޝަސްއަށް ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އަދި އެއީ ރަނގަޅު ސިޔާސަތެއް ނަޫން ކަމަށް ވިފާޅުވިއެޗެ.

އިނގިރޭސި ހާރިޖީވަޒީރު ޑޭވިޑް ލެމީ ދެއްވި ސްޓޭޓްމެންޓެއްގައި ވިދާޅުވެފައިވަނީ، އިނގިރޭސި ސަރުކާރުން އެކުލަވާލި އައު އެއްބަސްވުމުގައިވާގޮތުގެ މަތިން ޗާގޯސްގެ މިނިވަންކަން މޮރިސަސްއަށް ދިނުމަށް ނިންމާފައިވާކަމަށެވެ. 

މިގޮތަށް ނިންމި ނަމަވެސް ޑިއޭގޯ ގާސިއާގައި އެމެރިކާ އަދި އިނގިރޭސިން ހިންގަމުން އަންނަ އަސްކަރީ މަރުކަޒުތައް އަދިވެސް ހިންގަމުންދާނީ އެ ދެ ޤައުމުންކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ. އޭނާ ވިދާޅުވީ މިއީ އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ. 

މި އެއްބަސްވުމުގެ ސަބަބުން އެ ސަރަހައްދުގެ ރަށްތައް ދޫކޮށް އެހެން ތަންތަނަށް ހިޖުރަކުރި މީހުންނަށް އެ ރައްތަކަށް އައުމުގެ މަގުފަހިވެގެންދާނޭކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި މޮރިޝަސްގެ ރަށްވެހީންނަށްވެސް ޗާގޯސްގެ ރަށްތަކުގައި ވަޒަންވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

އިނގިރޭސިން އަންނަނީ 1814 ވަނަ އަހަރުން ފެށިގެން ފޯޅަވަހި ސަރަހައްދު ކޮންޓްރޯލްކުރަމުންނެވެ. އެއަށްފަހު އިނގިރޭސިން ވަނީ މޮރިޝަސްގެ ކިބައިން 1965 އަހަރު ޗާގޯސްގެ ރަށްތަށް ނިގުޅައިގަނެފައެވެ. މިކަމުގެ ތެރެއިން ޗާގޯސްގެ ރަށްތަކުގައި ދިރިއުޅެމުން އައި 2000 ހަށްވުރެ ގިނަ ރައްޔިތުން ވަނީ މޮރިޝަސް އާއި އެނޫންވެސް ބައެއް ތަންތަނަށް ފޮނުވާލާފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.