ބިއުޓީކެއާ ފިހާރަ
ވިޔަފާރި
05 Oct 2024 | 09:28
ބިއުޓީކެއާއިން ޓީޗަރުންގެ ދުވަހާ ގުޅުވައިގެން، ޓީޗަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ޓީޗަރުންނަކީ ޤައުމެއް ނުވަތަ މުޖުތަމައުއެއް ބިނާކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ މީހުންނެވެ. މުޖުތަމައުއެއްގެ ހަމަޖެހުމާއި ކުރިއެރުން ބިނާވެގެންވަނީ އެތަނެއްގައި ދިރިއުޅެމުންދާ އިލްމީ މީހުންގެ މައްޗަށެވެ. މި ދެންނެވި މީހުން ބިނާކުރާ ބަޔަކީ ޓީޗަރުންކަމަށްވާއިރު، މީގެ އެތައް ސަބަބުތަކަށްޓަކައި ޓީޗަރުންނަކީ މުޖުތަމައުގައި ޤަދަރާއި ޝަރަފް ލިބިގެންވާ ބައެކެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރުމަހުގެ 5 ވަނަ ދުވަހަކީ ޓީޗަރުންގެ ދުވަސްކަމަށްވާއިރު، މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި "ބިއުޓީކެއާ" ގެ ފަރާތުން މިވަނީ، މިދުވަހުގެ މުނާސަބަތުގައި ހާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ.

ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، އޮކްޓޯބަރުމަހުގެ 5 ވަނަ ދުވަހުން ފެށިގެން، 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބިއުޓީކެއާ

މި ޕްރޮމޯޝަނުގައި ކުރާ ކޮންމެ 500 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް %15 ޑިސްކައުންޓް ލިބޭނެއެވެ. ޕްރޮމޯޝަން ހާއްސަކޮށްފައިވަނީ ޓީޗަރުންނަށް އެކަންޏެވެ. ޓީޗަރެއްކަން އަންގައިދޭ ކާޑް ދައްކާލުމުން ޑިސްކައުންޓް ލިބޭނެއެވެ.

ބިއުޓީކެއާ ގައި ވިއްކަންހުރި އުފެއްދުންތަކެއް..

މާފަންނު ގަޑިބުރު ކައިރީ ފަރީދީމަގު ބްލެޑް އޮރެންޖު ކައިރީ ހުންނަ، ބިއުޓީ ކެއާ ފިހާރައަކީ، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އޮރިޖިނަލް ސެންޓާއި އަތަރާއި، ދިވެހިންގެ މަޤްބޫލުކަން ލިބިފައިވާ ކޮރެއާގެ ބިއުޓީ ތަފާތުއެކި އުފެއްދުންތައް ވިއްކުމަށް ހާއްސަ ފިހާރައެކެވެ. މި ފިހާރައިން ރީތިވުމަށް ބޭނުންވާ ސާމާނު ނަން ހުސްކޮށް ލިބެންހުރެއެވެ. މީގެ ތެރޭގައި ދެ ޖިންސްގެ މީހުންރީތިވުމަށް ބޭނުންކުރާ ސާމާނު ހިމެނެއެވެ.

ބިއުޓީކެއާ. މި ފިހާރައިން ރީތިވުމަށް ބޭނުންވާ ވަރަށްގިނަ އުފެއްދުންތައް ލިބެންހުރޭ.. 

ރީތިވުމަށް ބޭނުންވާ ސާމާނު އެއްތަނަކުން ލިބޭގޮތަށް ހުރުމަކީ ކަސްޓަމަރުންނަށްވެސް ވަރަށްބޮޑު ފަސޭހައެކެވެ. މާލެ ކަހަލަ ޓްރެފިކްބޮޑު ތަނެއްގައި ރީތިވުމަށް ބޭނުންވާ ސާމާނު ހޯދުމަށް އެކި ތަންތަނަށް ދާންޖެހުމަކީ ވަގުތުގެ ގޮތުން ކުރަން ވަރަށް އުނދަގޫކަމެކެވެ. އެގޮތުން ބިއުޓީކެއާއިން ވަނީ އެތަނަށް ނުގޮސްވެސް، ފިހާރައިން ވިއްކާ މުދާ ގޭގައި ހުރެގެން ލިބޭނޭމަގު ތަނަވަސްކޮށްދީފައެވެ

ބިއުޓީ ކެއާގެ ސެންޓް ހަރުގަނޑު. 

ބިއުޓީކެއާ ފިހާރައިގައި ހުންނަ ޕްރޮޑަކްޓްތަކާއި އަލަށް އަންނަ ޕްރޮޑަކްޓްތަކާއި އެނޫންވެސް މައުލޫމާތު ފިހާރައިގެ ވައިބާ ގްރޫޕުން ލިބެން ހުންނާނެެވެ. މީގެ އިތުރުން ފިހާރައިގެ ނަމްބަރު، 9444557 ގުޅާލުމުން މާލޭގެ އިތުރުން ބޯޓްފަހަރުތަކަށް ޑެލިވަރީކޮށްދިނުމުގެ ހިދުމަތްވެސް ލިބޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.