ބައްސާމް
ހަބަރު
06 Oct 2024 | 22:37
އެޕާޓްމަންޓްތައް ހަވާލުކުރުމަށް ބައްސާމަށް މުއްދަތު އިތުރުކޮށްދީފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއިން ބައްސާމް ގަނެ މިލްކުކޮށްފައިވާކަމަށް ތުހުމަތުކުރާ އެޕާޓްމަންޓްތައް ފުލުހުންނާ ހަވާލުކުރަން ދިން މުއްދަތު އިތުރުކޮށްދީފިއެވެ.

އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް (ގ. ފަހިވާގެ / މާލެ) ގެ މިލްކިއްޔާތުގައިވާ ހުޅުމާލޭ އަމީން އެވެނިއުގެ 2 އެޕާޓްމަންޓް ފުލުހުންނާ މިއަދު ހަވާލުކުރަން ފުލުހުން ވަނީ ބައްސާމަށް ނޯޓިސް ދީފައެވެ. އަދި އެތަން މިއަދު ހަވާލުނުކޮށްފިނަމަ ފުލުހުން އެ އެޕާޓްމަންޓްތައް ނަގާނޭކަމަށްވެސް ނޯޓިހުގައި ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އެ އެޕާޓްމަންޓްތައް ހަވާލުކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް، ބައްސާމްގެ ވަކީލުން މިއަދު އެދިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، ބައްސާމުގެ ފަރާތުން ފޮނުވި ސިޓީގެ ހާލަތަށް ރިޔާއަތް ކުރުމަށްފަހު މިމަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފައިވާކަމަށެވެ. އަދި އެކަން ލިޔުމުން ބައްސާމަށް މިހާރު ވަނީ އަންގާފައެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން، ކޮވިޑްގެ ހާލަތުގައި ފީފާ މެދުވެރިކޮށް އެފްއޭއެމުން ނެގި ލޯނުގެ ފައިސާއިން އޭރު އެފްއޭއެމްގެ ރައީސް ކަމުގައި ހުރި ބައްސާމް, ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އިން 2 އެޕާޓްމަންޓް ވަނީ ގަނެފައެވެ.

އެގޮތުން އެކަމަށް އެފްއޭއެމްގެ 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި ފައިސާ އަކީ އެފްއޭއެމުން ޑޮލަރު މާރުކުރުމުގެ ނަމުގައި އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ޑޮލަރަށް، ލިބުނު ދިވެހި ރުފިޔާ ކަމަށްވެސް އެނގިފައިވާ ކަމަށް ބުންޏެވެ.

މީގެ އިތުރުން އެފްއޭއެމުން އަމީން ކޮންސްޓްރަކްޝަންސްއަށް އޭޕްރީލް 14، 2021 ގައި އެއް މިލިއަން ޑޮލަރު ޖަމާކުރިކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މިއީ ކޮވިޑު ރިލީފް ލޯނެއްގެ ގޮތުގައި ފީފާ އިން އެފްއޭއެމް އަށް ދޫކޮށްފައިވާ 1.9 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ކަމަށްވެސް ބުނެފައިވެއެވެ. 

މީގެ އިތުރުން މި ޑޮލަރަށްވާ ފައިސާ އެފްއޭއެމްއަށް ލިބިފައި ނުވާ ކަމަށާއި, މި ފައިސާ އެފްއޭއެމްްއަށް ލިބުނުކަން ދެއްކުމަށް ލިޔެކިޔުމެއްވެސް ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.