ބައްސާމް އަދީލް ޖަލީލް
ހަބަރު
07 Oct 2024 | 11:32
އެޕާޓްމަންޓް ހަވާލުކުރަން ބައްސާމަށް އިތުރު ވަގުތުދިނީ އިންސާނީ ކަރާމަތަށް ވިސްނައިފައި: ފުލުހުން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެޕާޓްމަންޓްތައް އަތުލުން ފަސްކޮށްލީ އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށް ކަމުގައި ފުލުހުން ބުނެފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޚިޔާނާތުގެ މައްސަލައިގާ ތުހުމަތު ކުރެވޭ ކ. މާލެ، ގ. ފަހިވާގޭ ބައްސާމް އަދީލް ޖަލީލްގެ މިލްކިއްޔާތުގައިވާ، ހުޅުމާލެ އަމީން އެވެނިއު ގެ ދެ އެޕާޓްމަންޓް އާދީއްތަ ދުވަހުގެ ކުރިން ފުލުހުންނާ ހަވާލުކުރުމަށް ސެޕްޓެމްބަރު 18ގައި ކޯޓުން އަމުރުކުރި ކަމަށް ބުރާސްފަތި ދުވަހު ފުލުހުން ވަނީ ބުނެފައެވެ.

އެއަށްފަހު އިއްޔެ ފުލުހުން ބުނީ އެޕާޓްމަންޓްތައް ހަވާލުކުރުމަށް އޮކްޓޯބަރު 31 ވަނަ ދުވަހާ ހަމައަށް މުއްދަތު ދިނުމަށް ބައްސާމްގެ ވަކީލުގެ ފަރާތުން ސިޓީއަކުން އެދިފައިވާކަމަށާއި ހާލަތަށް ރިއާޔަތްކޮށް އެ މުއްދަތުގެ ފުރުސަތު ދީފައިވާނެކަމަށެވެ.

ބައްސާމަށް އެ ފުރުސަތު ދިނީ ކޮން ހާލަތަކަށް ރިޢާޔަތް ކުރުމަށް ފަހުގައިތޯ ނޫސއވެރިއަކު މިއަދު ސުވާލު ކުރުމުން ފުލުހުން ބުނެފައިވަނީ ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވ އަމުރުގައި، އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށް އަމުރުކޮށްފައިވާކަމަށެވެ.

އަދި އެޕާޓްމަންޓްތަކަކީ ބޮޑެތި މީހުންނާއި އަދި ކުޑަކުދިންވެސް ދިރިއުޅެމުންދާ އެޕާޓްމަންޓްތަކަކަށްވާތީ ހާލަތަށް ރިއާޔަތްކުރުމުގައި އެކަންކަމަށް ބަލާފައިވާނެކަމަށެވެ.

ކޮމެންޓް
އައިސަން
އިންސާނީ ކަރާމާތަކީ ވެސް ފައިސާވެރިންގެ އެކަނި އެއްޗެއް
07 Oct 2024
ގުޅޭ ލިޔުންތައް
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.