ބައްސާމް
ހަބަރު
07 Oct 2024 | 20:15
މާދަމާރޭގެ ނިޔަލަށް އެޕާޓްމަންޓްތައް ހަވާލުކުރަން ބައްސާމަށް އަންގައިފި

މާދަމާ ރޭގެ 12 ޖެހުމުގެ ކުރިން އެޕާޓްމަންޓްތައް ހަވާލުކުރުމަށް ފުލުހުން ބައްސާމަށް އަންގައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޚިޔާނާތުގެ މައްސަލައިގާ ތުހުމަތު ކުރެވޭ ކ. މާލެ، ގ. ފަހިވާގޭ ބައްސާމް އަދީލް ޖަލީލްގެ މިލްކިއްޔާތުގައިވާ، ހުޅުމާލެ އަމީން އެވެނިއު ގެ ދެ އެޕާޓްމަންޓް އިއްޔެގެ ކުރިން ފުލުހުންނާ ހަވާލުކުރުމަށް ސެޕްޓެމްބަރު 18ގައި ކޯޓުން އަމުރުކުރި ކަމަށް ބުރާސްފަތި ދުވަހު ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެޕާޓްމަންޓްތައް ހަވާލުކުރުން ފަސްކޮށްދިނުމަށް ބައްސާމް އެދުމުން ފުލުހުން ފަހުން ވަނީ އެ މުއްދަތު މިހިނގާ އޮކްޓޯބަރުމަހުގެ ނިޔަލަށް ފަސްކޮށްދީފައިކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައްސާމު ހޯދާފައިވާ އެޕާޓްމަންޓުތައް ހަވާލުކުރުމަށް އެންމެފުރަތަމަ އެކަން ބައްސާމުއަށް އަންގާފައިވަނީ، ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުން ސެޕްޓެމްބަރުމަހުގެ 28 ވަނަ ދުވަހު ނެރުނު އަމުރަކާ ގުޅިގެންނެވެ. އެ އަމުރުގައި ބުނެފައިވަނީ، އެދުވަހުގެ 10:58 ކުން ފެށިގެން 136 ގަޑިއިރުގެ ތެރޭގައި އެޕާޓްމަންޓްތައް ހުސްކޮށް ފުލުހުންނާ ހަވާލުކުރުމަށެވެ.

އެ އެންގުމާ ގުޅިގެން ބައްސާމް ވަނީ އިތުރު މުއްދަތެއް ހޯދުމަށް ސެޕްޓެމްބަރުމަހުގެ 29 ވަނަ ދުވަހު އެދިފައެވެ. ބައްސާމްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ބެލުމަށްފަހު ފުލުހުން ވަނީ މުއްދަތު އޮކްޓޯބަރުމަހުގެ 6 ވަނަ ދުވަހުގެ ރޭ 12 ޖެހުމާ ހަމަޔަށް އިތުރުކޮށްދީފައެވެ.

އެ މުއްދަތުވެސް އިތުރުކުރުމަށް ބައްސާމްގެ ފަރާތުން ވަނީ އޮކްޓޯބަރުމަހުގެ 4 ވަނަ ދުވަހު އެދިފައެވެ. ނަމަވެސް މުއްދަތު އިތުރުކޮށްދެވެން ނެތްކަމަށް ފުލުހުން ވަނީ ނިންމާފައެވެ.

ފުލުހުން ބުނީ އެޕާޓްމަންޓްތައް ހުސްކޮށް ހަވާލުވުމުގެ ކަންކަން ކުރިއަށްގެންދާަކަމަށެވެ. އަދި އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ރޭ 12 ޖެހުމާ ހަމަޔަށް އެޕާޓްމަންޓް ހަވާލުނުކޮށްފިނަމަ، ގާނޫނީ އިމުގެ ތެރެއިން އެމާޓްމަންޓްތައް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.