ހިންނަވަރު އަތުޖެހި
ހަބަރު
09 Oct 2024 | 16:09
ހިންނަވަރު އަތުޖެހި ވިއްކުމުގެ ހުއްދައެއް ނުދެން: އެމްއެފްޑީއޭ

"ބްރައިޓް ވިއު" ނަމުގައި ހިންނަވަރު އަތުޖެހި އެއްވެސް އަމިއްލަ އުފެއްދުމެއް ވިއްކުމުގެ ހުއްދަ ދީފައި ނުވާނޭކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.

ވިޔަފާރީގެ ގޮތުގައި ކެއިން ބުއިމުގެ އެއްވެސް އެއްޗެއް މިހާރު ވިއްކޭނީ އެކަމަށް އެދި އެމްއެފްޑީއޭއަށް ހުށަހަޅައި، އެއޮތޯރިޓީގެ ހުއްދަ ލިބިގެންނެވެ. އެމްއެފްޑީއޭއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، "ބްރައިޓް ވިއު" ނަމުގައި ކާބޯތަކެތި ވިއްކާ ފަރާތަކީ އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުކުރުމުގެ އުސޫލުގެ ދަށުން ދަފްތަރުކޮށްފައިވާ ފަރާތެއް ނޫންކަމަށެވެ.

އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރު، ދިރިތި ޕޯޓަލުންނާއި، ހެލްތް މިނިސްޓްރީގެ އިތުރުން އެމްއެފްޑީއޭގެ ވެބްސައިޓުން ފެންނަން ހުންނާނޭކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

އެމްއެފްޑީއޭއިން ވަނީ އެ އޮތޯރިޓީގެ އުސޫލާ ހިލާފަށް ކާބޯތަކެތި ވިއްކަމުންދާނަމަ، އެކަން ރިޕޯޓްކުރުމަށް އެދިފައެވެ.

އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ އުސޫލެއް އެމްއެފްޑީއޭއިންވަނީ އެކުލަވާލާފައެވެ.

އުސޫލްތަކުގެ ތެރޭގައި:

- ކާބޯތަކެތި ތައްޔާރުކުރާ ފަރާތަކީ 'ބޭސިކް ފުޑް ސޭފްޓީ ކޯސް' ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވުން ނުވަތަ އެމްއެފްޑީއޭއިން ހިންގާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.

- ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު މުވައްޒަފުންނާއި މަސައްކަތު މީހުން ބޭނުން ނުކުރުން.ކާބޯތަކެތި ތައްޔާރުކުރާ ވަގުތުތަކުގައި ކަމާއި ނުގުޅޭ މީހުން ބަދިގެއަށް ނުވެއްދުން.

- ކާބޯތަކެތި ތައްޔާރުކުރާ ވަގުތުތަކުގައި ކަމާއި ނުގުޅޭ މީހުން ބަދިގެއަށް ނުވެއްދުން.

- ވަހާއ،ި ދުމާއ،ި ކުނި އަދި ގަދަ އަޑުގެ ސަބަބުން އާންމުންގެ ސިއްހަތަށް ނުރައްކާ ވެދާނެ ފަދަ މަސައްކަތަކަށް ނުވުން.

- ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އުފައްދަން ގެންގުޅޭ ފަދަ ބޮޑެތި އާލާތްތައް ބޭނުން ނުކުރުނ.ް (މިސާލު: އިންޑަސްޓްރިއަލް އަވަން)

- ހެދިކާ ވިއްކަން ބަހައްޓާއިރު އެތަކެތި އަޅާފައިވާ ކޮންޓެއިނަރުގައި އުފެއްދި ތަނުގެ ނަމާއި ކާބޯތަކެތި ތައްޔާރުކުރުމަށް ހުއްދަ ދޭ ފަރާތުން ތަނަށް ދޫކޮށްފައިވާ ރަޖިސްޓްރީ ނަންބަރު ލޭބަލް ކުރުން.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Aug 2026
ރާޔާ އެއާވޭސް އިން ވީއައިއޭއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހާމަކޮށްފައިވާ ގޮތުގައި، މިއީ މެލޭޝިއާގެ ޕެނޭންގް އާއި މާލެއާ ދެމެދު ސީދާ ގުޅުމެއް ގާއިމުކުރުމަށް ފެށި ދަތުރުތަކެކެވެ.
14 Aug 2026
ތިނަދޫ އެއާޕޯޓް މަޝްރޫއުއަކީ އެންމެ މުހިންމު ވައުދު، ވަރަށް އަވަހަށް ފެށޭނެ: ރައީސް
"ތިނަދޫގައި އެއާޕޯޓުގެ މަޝްރޫއަކީ އަޅުގަނޑުގެ އެންމެ މުހިއްމު ވައުދު އިރާދަކުރެއްވިއްޔާ އެ މަޝްރޫއުވެސް ވަރަށް އަވަހަށް ފެށިގެންދާނެ," ރައީސް ވިދާޅުވި އެވެ.
14 Aug 2026
ބޮޑުތަކުރުފާނު މަގުގައި ހަރުކުރި ޕަމްޕް ސްޓޭޝަންތައް ބޭނުންކުރަންފަށައިފި
މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އެ ސަރަޙައްދުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގާއިމުކުރި ޕަމްޕް ސްޓޭޝަންތައް ބޭނުންކުރަން ފަށައިފިއެވެ.
14 Aug 2026
އަންނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވާނެ
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި އެޕިސޯޑް ޚާއްޞަކުރެވިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށެވެ.
14 Aug 2026
ޑީއެންއޭ ޓެސްޓަކުން، ދެ އެކުވެރިންނަކީ އެއްބަނޑު އެއްބަފާ ދެބެއިންކަން ހާމަވެއްޖެ
މީނާ ގެލްޓިންކް (43 އަހަރު) އަދި މިނާލް ޓިޖްސަން (44 އަހަރު) އަކީ ތުއްތުއިރު އިންޑިއާގެ ޔަތީމުޚާނާއަކަށް ދޫކޮށްލާފައި ތިއްބާ، ނެދަލޭންޑްސްގެ ދެ އާއިލާއަކުން ބަލައިގަނެގެން އެ ގައުމުގައި ބޮޑުވި ދެމީހުންނެވެ. އެމީހުން ބޮޑުވަމުން އައީ އެކަކު އަނެކަކާ މާ ދުރު ނޫން ސަރަހައްދުތަކެއްގައެވެ.
14 Aug 2026
ޖުލައި މަހު އެމްއެމްއޭއިން ޑޮލަރު ވިއްކި އަދަދު ބޮޑުތަނުން އިތުރުވެއްޖެ
އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަހަކީ އެމްއެމްއޭއަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަށްވުރެ، އެ އޮތޯރިޓީން ބޭރުފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވި މަހެކެވެ. މީގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ފާއިތުވި ޖުލައި މަހަކީ ފަތުރުވެރިކަމުގެ އޯފް-ސީޒަން ކަމަށް ވުމާއެކު، އެމްއެމްއޭއަށް ލިބުނު ބޭރުފައިސާގެ އަދަދު ދަށްވުމެވެ.
14 Aug 2026
ޑރ. ހައްމާދު އައިޖީއެމްއެޗާ ގުޅިވަޑައިގެންފި
އައިޖީއެމްއެޗުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ދާއިރާއިން ރާއްޖޭގައި ހުރި ފުރަތަމަ ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް ޑރ. ހައްމާދު އާދަމް އަލުން އެ ހޮސްޕިޓަލުގެ ޓީމާ ގުޅިފައިވާ ކަމަށެވެ.
14 Aug 2026
ސުންނަތަކީ ނުކުރިއަސް ވަރިހަމަ ކަންކަން ކަމަށް ހީކުރުމަކީ ބޮޑު އޮޅުމެއް
އިންސާނުން ދުނިޔޭގައި އުޅުމަށް މާތް الله ޚިޔާރުކުރައްވާފައިވާ ދީނަކީ އިސްލާމްދީންކަން ފާހަގަކޮށް، ޚުތުބާގައި ބުނީ އިސްލާމީ ޝަރީޢަތުގެ އަސާސަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތް ކަމަށެވެ. މި ދެ މަޞްދަރުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއެއް ނުލިބޭނެއެވެ.