އެމްްޑީޕީ "ލާމަރުކަޒީ ގުޅުން" ކޮންފަރަންސްގަައި ރަައީސް ސޯލިހް ވާހަކަދައްކަވަނީ.. ފޮޓޯ/ އެމްޑީޕީ
ހަބަރު
12 Oct 2024 | 13:33
އިދިކޮޅުގަައި ޕާޓީ އޮންްނަަަައިރު، އެއްްްްްްޗެއްް ދިއްްްްްްކޮށްްްްްލާނެ މީހަކުވެސް ނުވޭ:ރައީސް ސާލިހް

ވެރިކަމުގައި ޕާޓީ އޮންނައިރު، މާލީގޮތުން އެހީ ލިބުނު ނަމަވެސް އިދިކޮޅުގައި އޮންނައިރު ޕާޓީއަށް އެއްޗެއް ދިއްކޮށްލާނެ މީހަކުވެސް ނުވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުޅުދުއްފުށީގައި ކުރިއަށްގެންދާ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި ވާހަކަދައްކަވަމުން ވިދާޅުވީ، މާލީ ބާރުވެރިކަން ހޯދުމަކީ ކިހާ މުހިއްމު ކަމެއްކަން އެމްޑީޕީއަށް ކިތަންމެ ރަނގަޅަކަށްވެސް އެނގިފައިވާކަމަށެވެ.

ރައީސް ވިދާޅުވީ ޕާޓީ ވެރިކަމުގައި އޮންނައިރު ވަރަށް ފަސޭހައިން މީހުންގެ އެހީތެރިކަން ލިބޭނޭކަމަށާއި، އަމިއްލައަށް އެދިގެން އެހީވުމަށް އަންނަ މީހުން ގިނަކަމަށެވެ. ނަމަވެސް އިދިކޮޅުގައި ޕާޓީ މިއަދު އޮތްއިރު، އެކަން މުޅިން ބަދަލުވެފައިވާކަމަށެވެ. އެގޮތުން އިދިކޮޅުގައި ޕާޓީ އޮންނައިރު ފައިސާ ފޮއްޗެއް ދިއްކޮށްލާނެ މީހަކުވެސް ނުވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެކަން އެހެންވުމުގައި ސަރުކާރުގެ ނުފޫޒު އޮންނަކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ ޑީއާރުޕީ ޒަމާނުއްސުރެ އެމްޑީޕީއަށް އެކަން ތަހައްމަލުކުރަން ޖެހިފައިވާކަމަށެވެ. ވިޔަފާރިވެރިންނަށްވެސް އެ ބިރުވެރިކަން މިއަދުވެސް އެބައޮތްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އިދިކޮޅުގައި އޮންނަ ޕާޓީއަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުން މިއަދު ވެފައިވަނީ ބިރުވެރިކަމަކަށް. އޭގެ ސަބަބުން އިދިކޮޅުގައި އިންނައިރު އިންތިހާބުތަކަށް ކުރިމަތިލާއިރު، ކުރަންޖެހޭ ހަރަދުތަކާއި ޕާޓީ ހިންގުމަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށް މިއޮންނަނީ ދަތި އުނދަގުލަކަށް ވެފައި

ކުރީގެ ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، މާލީގޮތުން ޕާޓީ ބާރުވެރިރުވުމަށް ޕާޓީގެ ތެރެއިން ފަށާފައިވާ މަސައްކަތަކީ ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކަމަށާއި، މިއީ ޕާޓީގެ ތެރޭގައި ނިންމިގެންދިޔަ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ. ޕާޓީއަށް އާންމުދަނީ ހޯދުމަށް މިއަދު ފެށި މަސައްކަތުގެ ހެޔޮ ބަދަލުތައް އަންނާނޭކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، މިކަމުގެ ސަބަބުން މުޅި ޕާޓީގެ ހުރިހާ ގުނަވަންތަކަކަށްވެސް އެކަމުގެ ހެޔޮ ބަދަލުތައް އަންނާނޭ ކަމަށެވެ.

މިހާތަނަށް އާއިރު ޕާޓީއަކީ ވަކި މީހެއްގެ ފަހަތުގައި އޮންނަ ޕާޓީއަކަށް ނަންކުރެވޭ ކުރެވުނުއިރު، އެމީހާ ވެފައިވަނީ ޕާޓީ ހިންގުމަށް ފައިސާ ހޯދާ މީހާއަށްކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން އެމީހާ ބުނާ ގޮތް ނޫން އެހެންގޮތް ހެދެން ނޯންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޕާޓީތެރެއިން މާލީ ބާރުވެރިކަން ލިބުމުން ޕާޓީގެ މިނިވަންކަން ބޮޑުވެ، ކުރާ މަސައްކަތްތައް އިހުނަށްވުރެ ޑިމޮކްރަޓިކް އުސޫލްތަކުގެ މަތިން ކުރެވިގެން ދާނޭކަމަށެވެ.

އެމްޑީޕީގެ ފަރާތުން ކުރިއަށްގެންދާ "ލާމަރުކަޒީ ގުޅުން" އަންނަ އަންގާރަދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، މި ކޮންފަރެންސްގައި އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.