ޓައިވާން
ދުނިޔެ
15 Oct 2024 | 17:03
ޖަޕާނުގެ ގިނަ މީހުން ދެކެނީ ޓައިވާނަކީ މިނިވަން ގައުމެއްކަމަށް

ޖަޕާނުގެ އާބާދީގެ 71 އިންސައްތަ މީހުން، ޓައިވާނަކީ މިނިވަން ގައުމެއްގެ ގޮތުގައި ދެކޭކަމަށް ސަރވޭއަކުން ދައްކައިފިއެވެ.

ޓައިވާނުގެ އިންޑޯޕެސިފިކް ސްޓްރެޓީޖިކް ތިންކްޓޭންކާއި، ޖަޕާނުގެ ސަރވޭ ކުންފުންޏެއްކަމަށްވާ ސަންކެއި ޝިންބުން ގުޅިގެން ކުރި ސަރވޭއަކުން ދައްކާ ގޮތުގައި ޖަޕާނުގެ 71.1 އިންސައްތަ މީހުން ދެކޭ ގޮތުގައި ޓައިވާނާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރަން ޖެހެއެވެ. އަދި 71.2 މީހުން ދެކޭ ގޮތުގައި ޓައިވާނަކީ މިނިވަން މުސްތަގިއްލު ގައުމެކެވެ. މީގެ އިތުރުން އާބާދީގެ 55 އިންސައްތަ ދެކޭ ގޮތުގައި އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޖަޕާނާއި އެންމެ ބޮޑަށް ގުޅިފައިވާ ގައުމަކީވެސް ޓައިވާނެވެ.

ޓައިވާނަކީ ޗައިނާއިން ދައުވާކުރާ ގޮތަށް އެގައުމުގެ ބައެއް ކަމަށް ދެކެނީ ޖަޕާނުގެ އެންމެ 8.2 އިންސައްތަ މީހުންނެވެ. ބާކީ ވިއްސަކަށް އިންސައްތަ މީހުން މިމައްސަލައިގައި އަމިއްލައަށް ވަކި ވިސްނުމެއް ނުގެންގުޅެއެވެ.

3000 މީހުން ބައިވެރިކޮށްގެން ޖަޕާނުގެ 8 ސިޓީއެއްގައި ކުރިއަށްގެންދިޔަ މި ސަރވޭގެ ބައިވެރިންގެ ތެރެއިން 40 އިންސައްތަ މީހުން ދެކޭ ގޮތުގައި ޖަޕާނާއި ޓައިވާނާ ދެމެދު ވިޔަފާރިއާއި އިގްތިސާދީ ގުޅުން ބަދަހިކުރަން ޖެހެއެވެ. އަދި 26.7 އިންސައްތަ މީހުން ދެކޭ ގޮތުގައި އަސްކަރީ ގުޅުން ބަދަހިކުރަން ޖެހެއެވެ.

ޓައިވާނުން އަމިއްލަ ވެރިކަމެއް ކުރަމުން އައިނަމަވެސް، ޗައިނާއިން ގަބޫލުކުރާ ގޮތުގައި ޓައިވާނަކީ ވަކިވެގަނެގެން އުޅޭ ޗައިނާގެ ޕްރޮވިންސެކެވެ. އަދި ޓައިވާން، ޗައިނާގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމަކީ ޗައިނާގެ އަމާޒެކެވެ. ފަހަކަށް އައިސް ދެގައުމުގެ މެދުގައި ނުތަނަވަސްކަން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ޗައިނާއިން ވަރަށް އަވަހަށް ޓައިވާނަށް އެރުމުގެ ބިރު އެބައޮތްކަމަށް މުހައްލިލުން ދެކެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިޢުފާ ދެއްވައިފި
ޝަހާބުއްދީން އިސްތިއުފާދެއްވީ ސިއްހީ ހާލަތުހުރިގޮތުން މަގާމުގެ ޒިންމާ އަދާނުކުރެވޭތީކަމަށް އެމަނިކްފާނު ވަނީ ވިދާޅުވެފައި
24 Jul 2026
ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމައިލެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
24 Jul 2026
ނީޓް ދަރިވަރުންގެ ޢާއިލާތަކަށް ބަދަލުދޭން އިންޑިއާ ސަރުކާރުން އެއްބަސްވެއްޖެ
ނީޓް އިމްތިޙާނާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކަށް ޙައްލެއް ހޯދުމަށް ސަރުކާރާއި އިދިކޮޅު ސީޖޭޕީ ޕާޓީއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބި، ދަރިވަރުންގެ ބައެއް މައިގަނޑު ޑިމާންޑްތަކަށް ސަރުކާރުން އެއްބަސްވެއްޖެއެވެ.
24 Jul 2026
ޓްރާންސްޕޭރެންސީން ވަކިކުރީ މުވައްޒަފަކަށް 3.5 ލައްކަ ރުފިޔާދޭން އަންގައިފި
ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) ގައި މަސައްކަތްކުރި ސީނިއާ މުވައްޒަފެއް ކަމަށްވާ ޢަލީ ޝަރީފް، ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމި ނިންމުމާ އެއްގޮތަށް، އޭނާއަށް ލިބެންޖެހޭ 356,932 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އަމުރުކުރުމުން އެ ފައިސާ ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
24 Jul 2026
އިންޑިއާގެ "ކޮކްރޯޗް" ޕާޓީގެ ވެރީން ސަރުކާރާ މަޝްވަރާކޮށްފި
އެ މަޝްވަރާތައް ބޭއްވީ މުޒާހަރާތަކަށް ތާއީދުކޮށް 26 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ހުންނެވި އެކްޓިވިސްޓް ސޯނަމް ވާންގްޗުކް ހަޅުތާލު ހުއްޓައިލިތާ ގަޑިތަކެއް ފަހުގައެވެ. ނަމަވެސް ސީޖޭޕީން ބުނީ މަޝްވަރާތައް ކުރިއަށް ގެންދާ ކަމުގައި ވިޔަސް މުޅި ޤައުމުގައި ކުރަމުންދާ އިޙުތިޖާޖުތައް ހުއްޓައިނުލާނެ ކަމަށެވެ. ބައްދަލުވުމަށް ފަހު ސީޖޭޕީގެ ލީޑަރުން ބުނީ ސަރުކާރުން ހޮނިހިރު ދުވަހުގެ މެންދުރުފަހާ ހަމައަށް ޖަވާބު ދެއްވަން ވަގުތު ބޭނުންވާ ކަމަށް އެންގި ކަމަށެވެ.
24 Jul 2026
ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަތުން
ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ބުރަބޮޑުވެ، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އިތުރުވާ ވަގުތުތަކުގައި، ބައެއް ފަހަރު ވިސްނުން ފުސްވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ހާލަތަކަށް ދެވޭގޮތްވެއެވެ. މިއީ "ބްރެއިން ފޮގް“ އެވެ. މިއީ ވަކި ބައްޔެއް ނޫން ނަމަވެސް، ސަމާލުކަން ދިނުމާއި، ހަނދާން ބެހެއްޓުމާއި، ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން ހިމެނޭ ޞިއްޙީ ހާލަތެކެވެ.
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.