ތެލެސީމިއާ މާސްޓަރ ޕްލޭން އިފުތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ/ ރައީސް އޮފީސް
ހަބަރު
15 Oct 2024 | 22:27
ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ މާސްޓަރ ޕްލޭން އިފްތިތާހްކޮށް، ތެލަސީމިއާ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ތެލަސީމިއާ ބަލިން ރައްކާތެރިވުމާއި ކޮންޓްރޯލް ކުރުމަށް ކުރިއަށް އޮތް 10 އަހަރުދުވަހުގެ މާސްޓާ ޕްލޭން އިފްތިތާހްކޮށް، ތެލަސީމިއާ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

މިކަމަށްޓަކައި ކްރޮސްރޯޑްގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ތެލަސީމިއާ ހައްސަ ހޮސްޕިޓަލް އިމާރާތްކޮށް ހިންގާ ފަރާތްތަކާއެކު ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމެވެ.

އެއްބަސްވުމުގެ ދަށުން ތެލަސީމިއާ ހޮސްޕިޓަލް މެނޭޖްކުރާނީ މެޑޯ އޭޝިއާ އަދި ޗިންހިން ގްރޫޕް ބަހާދެވެ. ބައިނަލްއަޤްވާމީ މިންގަނޑަށް ހޮސްޕިޓަލް ތަރައްޤީކުރުމުގެ އިތުރުން ފަންޑްކުރާނީ ސައިނޯމާ އިންޖިނިއަރިން ކުންފުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަަ ދައްކަވަމުން ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވީ، މިއަދު މި ސޮއިކުރެވުނީ ވަކި ބައްޔަކަށް ހާއްސަކުރެވިގެން ރާއްޖޭގައި ގާއިމްކުރެވޭ ފުރަތަމަ ހާއްސަ ހޮސްޕިޓަލް ގާއިމްކުރުމުގެ މަސައްކަތް ކަމަށެވެ. 

މިއަދު އިފްތިތާހް ކުރެވުނު ދެ މަޝްރޫޢުއަކީ ރާއްޖޭގެ ސިއްހީނިޒާމް މުޅިން އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި މި ސަރުކާރުން ރާވާފައިވާ  މަސައްކަތްތަކުގެ ތެރެއިން ވަރށް މުހިއްމު ދެ މަޝްރޫޢު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބަލިމަޑުކަމަކުން ސަލާމަވްވެ ތިބުން ބިނާވަނީ ގުޅިލާމެހިފައިވާ ނިޒާމެއްގެ ތެރެއިން ކުރެވޭ ގިނަގުނަ އެތައް މަސައްކަތް ތަކަކުންކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިއަދު ތަންފީޒްކުރަންފެށޭ ތަލަސީމިއާ މާސްޓަރޕެލޭނަކީ މުޅި ނިޒާމަށް ރިޔާއަތްކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ފަދަ ނިޒާމެއް ކަމަށެވެ. 

ތެލަސީމިއާ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު... ފޮޓޯ/ރައީސް އޮފީސް

ތެލަސީމިއާ ބަލީގެ ހާލަތު ރަނގަޅުކުރުމަށް ވޭތުވެދިޔަ ދިހަ މަސްދުވަހުގެ ތެރޭގައި ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައެވެ. މިނިސްޓަރު ވިދާޅުވީ، ހީނަރުވެފައިވާ ތެލަސީމިއާކުދިން ސްކްރީންކުރުމުގެ މަސައްކަތް އިތުރު ގިޔަރެއްގައި ކުރިއަށްގެންދެވި މި ބައްޔަށް ހައްސަކޮށް ސްކޫލްކުދިން ހޭލުންތެރިކުރުވުވުން އިތުރަށް ފުޅާކޮށް ވަނީ ކުރިއަށް ގެންދެވިފައިވާކަަ

ބްލަޑް ބޭންކިން އިތުރުކުރުމުގެ ގޮތުން އިތުރު 4 ސަރަހައްދުގައި ވަނީ ބްލަޑް ބޭންކް ގާއިމްކުރެވިފަ. މެދުކެނޑުން އައިސްފައިވާ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ މަސައްކަތް އަލުން މިއަހަރުފެށި 14 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ވަނީ ފޮނުވިފަ. ރާއްޖެއިން ބޭރަށްގޮސްގެން ނޫނީ ކުރިން ނުހެދޭ ބޯންމެރޯޓްރާންސްޕްލާންޓް ގެ ކުރިން ހަދަންޖެހޭ އެޗްއެލްއޭ ޓައިޕިން ޓެސްޓް ރާއްޖޭގައި ތިބެގެން ހެދޭނެމަގު ވަނީ ތަނަވަސްކުރެވިފަ.

ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މީގެ އިތުރުންވެސް ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ބެސްޓް ޕްރެކްޓިސް ދެނެގަތުމަށްޓަކައި މިކަން އެންމެ ރަނގަޅަށްކުރާ ދެ ގައުމުކަކަށްވާ އިޓަލީ އާއި ސައިޕްރަސް އާއެކު މަޝްވަރާކުރެވި ފަންނީ އެހީތެރިކަން ހޯދުމަށްޓަކައި ވަނީ އެމްއޯޔޫގައި ސޮއިކުރުމަށް ވަނީ ތައްޔާކުރެވިފަ ކަމަށެވެ.

މީގެ އިތުރުން އަންނަ އަހަރު ބޯންމެރޯ ހެދުމަށް ފޮނުވާނޭ ކުދިން ސްކްރީންކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށާއި ތެލެސީމިއާ ބަލި ކަށަވަރުކުރުމަށްޓަކައި ބައެއް ހާލަތްތަކުގައި ކޮންމެހެންވެސް ހަދަންޖެހޭ ޑީއެންއޭ ޓެސްޓް ސަރުކާގެ ހޮސްޕިޓަލުގައި ހެދޭނޭ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.