ސްޓެލްކޯއާއި ޗައިނާއާއެކު އެއްބަސްވުމުގައި ސޮއިކުރުން: ފޮޓޯ/ ސްޓެލްކޯ
ހަބަރު
16 Oct 2024 | 11:15
ހަކަތައިގެ ސިނާއަތުގައި ހިންގޭ އެންމެ ބިޔަ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ސްޓެލްކޯއިން ޗައިނާއާއެކީ އެއްބަސްވުމަކަށް

ހަކަތައިގެ ސިނާއަތުގައި ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބިޔަ އަދި ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމަށް ސްޓެލްކޯއާއި، ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑާ އެކު ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.

މިއަދު ބޭއްވުނު ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ ހުސެއިން ފަހުމީ އެވެ. ޓީބީއީއޭ ގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ވައިސް ޕްރެސިޑެންޓް ސަންގް ހޮންގް ޒޮންގް މި އެވެ. 

ސްޓެލްކޯއިން ބުނީ، މި ފަހުމުނާމާގެ ދަށުން 150 މެގަވޮޓްގެ ޑުއަލް ފިއުލް އިންޖީނުގެއަކާއިއެކު މާލެ، ވިލިމާލެ، ގުޅިފަޅު، އަދި ތިލަފުށި ގުޅުވައިދޭ ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް ގާއިމް ކުރެވިގެންދާނެ ކަމަށެވެ. 

މި ފަހުމާނާއި ގުޅޭގޮތުން، ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ، މި އެއްބަސްވުމާއެކު އަންނަ އަހަރުގެ ކުރީކޮޅު މަޝްރޫޢުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

300 މިލިއަން ޑޮލަރުގެ މި މަޝްރޫޢަކީ މި ސަރަހައްދުގެ ހަކަތަ އުފެއްދުމުގެ އިންފްރާސްޓްރަކްޗަރގައި މުހިންމު ބޮޑު މަސައްކަތަކަށް ވާނެ ކަމަށް ވެސް ވިދާޅުވުއެވެ.

ސްޓެލްކޯއިން މައުލޫމާތުދޭ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ހަދާ އިންޖީނުގެ ހުންނާނީ ތިލަފުށީގައެވެ. މިއީ ތެލާއި ގޭސް އަދި ބަޔޯ ފިއުލުން ވެސް ހިންގޭނެ ޑުއަލް ފިއުލް އިންޖީނުގެއެކެވެ.

މީގެ އިތުރުން، ޕާޓްނަޝިޕްގެ ދަށުން މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ ހައި-ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް ޤާއިމުކުރެވޭނެ ކަމަށާ، 150 މެގަވޮޓުގެ ޑުއަލް ފިއުލް ޕަވަރ ޕްލާންޓެއް ޤާއިމުކޮށް، ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރެވޭނެ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ލޯޑާ އެއްވަރަށް ކެޕޭސިޓީ އުފެއްދިގެންދާނެ ކަމަށްވެސް ބުންޏެވެ. 

ފަހުމީ ވިދާޅުވިގޮތުގައި، ޑުއަލް ފިޔުލް އިންޖީނުގޭގެ ބޭނުމަކީ ދުނިޔޭގެ ބާޒާރުގައި އަގަށް އަންނަ ބަދަލާއެކު އެންމެ އަގުހެޔޮކޮށް ކަރަންޓު ދެވޭ ގޮތަށް ބަލައިގެން އިންޖީނު ހެދުމެވެ.

ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑަކީ ކުރިން ޓެބިއަން އިލެކްޓްރިކް އެޕަރޭޓަސްގެ ނަމުން މަޝްހޫރު، ޗައިނާގެ ކަރަންޓު ޓްރާންސްފޯމަރާއި އެހެނިހެން އިލެކްޓްރިކަލް އިކުއިޕްމަންޓު އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ. 1938 ވަނަ އަހަރު އުފެދުނު މި ކުންފުންޏަކީ ޗައިނާގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ބިޔަ ކުންފުންޏެކެވެ. އަދި ކަރަންޓުގެ ޚިދުމަތުގައި ޗައިނާގެ އެންމެ ވަރުގަދަ 10 ކުންފުނީގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް