ވިލާކޮލެޖްގެ ޗެއާމަން ގާސިމް އިބްރާހިމް، ގްރެޖުއޭޝަން ހަފްލާއެއްގައި...
ހަބަރު
17 Oct 2024 | 22:43
ވިލާކޮލެޖް އަބަދުވެސް ދެމިއޮންނާނީ ފެންވަރު ރަނގަޅު މަތީތަޢުލީމު ފޯރުކޮށްދިނުމަށް: ގާސިމް

ވިލާކޮލެޖް އަބަދުވެސް ދެމިއޮންނާނީ ދަރިވަރުންނަށް ފެންވަރު ރަނގަޅު މަތީތައުލީމު ފޯރުކޮށްދިނުންމަތީގައިކަމަށް އެ ކޮލެޖްގެ ޗެއާމަން ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ވިލާކޮލެޖަށް އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަށް މިއަދު 17 އަހަރު ފުރުން ފާހަގަކުރާ މުނާސަބާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ގާސިމް ވިދާޅުވީ، އިއްޔެއާއި މިއަދުވެސް ވިލާކޮލެޖުން އަހްމިއްޔަތުކަންދީފައިވާނީ ދަރިވަރުންނަށް ފެންވަރުރަނގަޅު މަތީތަޢުލީމުގެ ނަމޫނާ ފުރުޞަތުތައް ފޯރުކޮށް ދިނުމަށް ކަމަށެވެ. ހަމަ އެހެންމެ، މާދަމާވެސް ވިލާކޮލެޖް ދެމި އޮންނާނީ އެގޮތުގައިކަމަށް ގާސިމް ވިދާޅުވިއެވެ.

ވިލާކޮލެޖް ވުޖޫދަށް ގެނައުމުގެ މައިގަނޑު މަގްސަދަކީ ދިވެހިދަރިވަރުންނަށް، ދިވެހިރާއްޖޭގައި މަތީ ތަޢުލީމުގެ ޒަމާނީ ފެންވަރުގެ ފުރިހަމަ ފުރުޞަތު ފޯރުކޮށްދިނުމެވެ. ގާސިމް ވަނީ ވިލާކޮލެޖަށް އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަށް މިއަދު 17 އަހަރު ފުރުމާ ގުޅިގެން ދުވަހުގެ ތަހްނިޔާ އާއި ހެޔޮ އެދުންތައް ވިލާކޮލެޖާއި ވިލާ އިންޓަރނޭޝަނަލް ހައިސްކޫލުގެ ގެ މެނޭޖްމަންޓާއި، އޭރާއި މިހާރުގެ އެންމެހާ ދަރިވަރުންނަށް އަރިސްކޮށްފައެވެ.

ވިލާކޮލެޖްގެ ބާނީ، އަދި ޗެއާމަން ގާސިމް އިބްރާހީމް

ވޭތުވި 17 އަހަރުގައި ވިލާކޮލެޖުން ވަނީ މަތީތަޢުލީމުގެ، ފެންވަރުރަނގަޅު އެތަކެއް ފުރުޞަތުތަކެއް ދިވެހިދަރިވަރުންނަށް ފޯރުކޮށްދީފައެވެ. ދުނިޔޭގެ ނަން ހިނގާ ޔުނިވަރސިޓީތައް ޤަބޫލު ކުރާ އެންމެ މަތީ މިންވަރަށް އަދި ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލު ކުރާ އެންމެ މަތީ މިންގަނޑުތަކަށް ފެތިފައިވާ އޭލެވަލް އާއި، ސެޓްފިކޭޓްލެވަލް ޕްރޮގްރާމްތަކާއި، ޑިޕޮލޮމާއާއި، ބެޗްލާސް ޑިގްރީގެ އިތުރުން މާސްޓާސް ޑިގްރީގެ އެތަކެއް ހާސް ދަރިވަރުންވަނީ ވިލާކޮލެޖުން ދަސްވެނިވިފައެވެ.

ވިލާކޮލެޖުން އެންމެ ފަހުން ބޭއްވި ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން..

އެކްސްގެ މި ޕޯސްޓްގައި ގާސިމް ވަނީ ވިލާ ކޮލެޖު ހިންގެވުމުގައި ފުރަތަމަ ދުވަހުން ފެށިގެން ރެކްޓަރ ޑރ އަޙްމަދު އަންވަރު ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށާއި އަދި ކޮލެޖުގެ ވައިސްރެކްޓަރުން، ފެކަލްޓީތަކުގެ ޑީނުންނާއި، ކޮލެޖުގެ އިދާރީ އެންމެހާ މުއައްޒަފުންނާއި، ލެކްޗަރަރއިންގެ އިތުރުން ވިލާ އިންޓަރނޭޝަނަލް ހައިސްކޫލު ހިންގަވަމުން ގެންދަވާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ވިލާ ކޮލެޖަކީ 2007 ވަނަ އަހަރު ވުޖޫދަށް އައި ކޮލެޖެކެވެ. އެންމެ 4 ކްލާސްރޫމާއި، 54 ދަރިވަރުންނާއެކު ކިޔަވައިދޭން ފެށި ވިލާ ކޮލެޖަކީ މިއަދު ރާއްޖޭގައި ހުރި އެންމެ ބޮޑު އަމިއްލަ ކޮލެޖެވެ. ވިލާ ކޮލެޖުން 150 ހަށްވުރެ ގިނަ ޕްރޮގްރާމް ހިންގަމުން އަންނައިރު، މީގެ ތެރޭގައި މެލޭޝިއާ އަަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުގެ ޕްރޮގްރާމްތައް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މިހާތަނަށް ވިލާކޮލެޖުން 21،000 ހާހަށްވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވިފައިވާކަމަށް އެ ކޮލެޖުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ