މަސްވެރިން--
ހަބަރު
19 Oct 2024 | 10:44
ލޮނުފެނުން މަސް ފިނިކުރާ ނިޒާމު މަސްދޯނިފަހަރުގައި ގާއިމުކުރުމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ފަށައިފި

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު މަސްދޯނިފަހަރުގައި ގާއިމުކުރުމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ފަށައިފިއެވެ.

މިގޮތުން މި ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މަސްދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން މަސްވެރިންނާއި ކައުންސިލްތަކަށް މަޢުލޫމާތު ދިނުމަށާއި ފެސިލިޓީއަށް ހުށަހެޅުމަށް ބޭނުންވާ އޮޑިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްޑީއެފްސީ ބޭންކާއި އެ ވުޒާރާގެ ޓީމުތައް މި ހަފްތާގައި ރަށްރަށުގައި ހަރަކާތްތެރިވާނެ ކަމަށެވެ.

މިގޮތުން މި ޓީމުތަކުން ހަރަކާތްތެރިވާ ރަށްތަކަކީ:

1) ތ. ހިރިލަންދޫ

2) ތ. ވޭމަންޑޫ

3) ޅ. ނައިފަރު

4)  ށ. ކޮމަންޑޫ

5)  ހއ. އިހަވަންދޫ

މިކަމާއި ގުޅޭ ގޮތުން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ، މަސްވެރިންނަށް ބޭނުންވާވަރަށް އައިސް ނުލިބުމަކީ ވަކިން ޚާއްސަކޮށް ކަނޑުމަހުގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށެވެ.

މަސް ހޯދަން ގިނަ ވަގުތު ހޭދަކޮށް، ބާނާ މަސް ތާޒާކަންމަތީގައި މަސް ގަންނަ ސައިޓްތަކަށް ގެނައުމަށް އެކަށީގެންވާ ވަރަށް އައިސް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، މަސް ރަނގަޅަށް ފިނިކޮށް މަހުގެ ކޮލިޓީ ދެމެހެއްޓުން މުހިންމުކަން ފާހަގަކުރަމުން އެ ވުޒާރާއިން ބުނީ، މި ވަގުތު ރާއްޖޭގެ ދެކުނުގައި އެކަނިވެސް ކަނޑުމަހުގެ މަސްވެރިކަމަށް ހާއްސަ 100 އެއްހާ ދޯނި އޮތްއިރު، އޭގެ ތެރެއިން 70 ވަރަކަށް ދޯނީގައި އައިސްޕްލާންޓް އަޅާފައިވާކަމަށެވެ. 

އެހެންނަމަވެސް 30 ވަރަކަށް ދޯނީގައި އައިސްޕްލާންޓް އަޅާފައިނުވާކަމަށާއި، ދެކުނުގެ މި 4 އަތޮޅުގައި ދުވާލަކު 250 ޓަނުގެ އައިސްޕްލާންޓް އުފެއްދޭ 12 އައިސްޕްލާންޓް ހުރި ނަމަވެސް، ދެކުނުގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު، ދޯނިތަކަށް އެކަށީގެންވާވަރަށް އައިސް ފޯރުކޮށް ނުދެވޭކަމަށް އެ ވުޒާރާއިން ބުންޏެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި މިކަމުގެ ސަބަބުން، ރަނގަޅު މަސްވެރިކަމެއްގައި މަސްވެރިން އައިސް ހޯދަން ދުއްވަން ޖެހޭ ދުއްވުން ހުއްޓިގެންދާނެކަމަށާއި، އައިސްޕްލާންޓް އަޅާފައި ހުންނަ ދޯނިތަކަށް ވަގުތު ސަލާމަތްވެ، ގިނަ ވަގުތު މަސްވެރިކަމުގައި ހޭދަ ކުރެވިގެންދާނެއެވެ.

އެ ވުޒާރާއިން ބުނީ، ދޯނިތަކުގައި އައިސްޕްލާންޓް އެޅުމުން މަސް ފިނިކޮށް ގިނަ ވަގުތު ގެންގުޅެވޭނެ ކަމަށާއި، މަހުން އުފައްދާ އެކި ބާވަތްތަކުގެ ކޮލިޓީ އިތުރުވާނެ ކަމަށެވެ. ހަމައެއާއިއެކު، ރާއްޖެ އަކީ ބާނާ މަހުގެ ބޮޑުބައި އެކްސްޕޯޓްކުރާ ގައުމަކަށް ވާއިރު، މަހުގެ ކޮލިޓީ ރަނގަޅުވުމުން ބޭރުގެ ބާޒާރުތަކުން މަހަށް ރަނގަޅު އަގު ލިބުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް އެވުޒާރާއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.