ބަންޑާރަ ނައިބު އަހުމަދު އުޝާމް-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
19 Oct 2024 | 16:37
މާލީ ވުޒާރާގެ ސިސްޓަމްގައި އެކައުންޓް ނުކޮށް އޮތް 2 ބިލިއަން ރުފިޔާގެ މައްސަލަ ބަލަނީ

މާލީ ވުޒާރާގެ ސިސްޓަމްގައި އެކައުންޓް ނުކޮށް އޮތް 2 ބިލިއަން ރުފިޔާގެ މައްސަލަ އޮޑިޓަރ ޖެނެރަލް އަށް ހުށަހަޅާފައިވާކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އުޝާމް ވިދާޅުވީ، ގާނޫނު އަސާސީގައި ބުނާގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ފަހު ނޫނީ ދައުލަތުގެ ބަޖެޓުން ހަރަދު ނުކުރެވޭނެކަމަށާއި، ހަރަދު ކުރުމަށްފަހު ބަޖެޓް ސަޕްލިމެންޓް ކުރުމަށްޓަކައި ހުށަހެޅުމަކީ ގާނޫނު އަސާސީ އާއި ހިލާފުކަމެއް ކަމަށެވެ.

2020 އިން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް ބަޖެޓް ހުށަހެޅިއިރު، ކަންތައްތައް ކޮށްފައި އޮތީ މިފަދައިން ކަމަށާއި، އެކަމާއި ގުޅިގެން އޭރުގެ މަޖިލީހުގެ ރިޔާސަތުންވެސް ވަރަށް ގިނަ ފަހަރަށް މި މައްސަލައާއި ގުޅޭ ގޮތުން ވާހަކަދެއްކެވިކަމަށް އުޝާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންވެސް ބަޖެޓް ބަހުސްގައި ކޮންމެ އަހަރަކުވެސް ހުށަހަޅަމުންދިޔަ އެއް ޝަކުވާ އަކީ، ގާނޫނު އަސާސީއާއި ޚިލާފަށް ސަރުކާރުން ހަރަދު ކުރުމަށްފަހު ބަޖެޓް ސަޕްލިމެންޓް ކުރަމުން ގެންދިޔަ ކަމުގެ ޝަކުވާ،"

އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، ތަކުރާރުކޮށް ވޭތުވެދިޔަ ދެތިން ހަތަރު އަހަރުގެ ތެރޭގައި އެކަން ކުރަމުން އައިސް، މިއަހަރާއި ހަމައަށް އައިރު، ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ މާލީ ވުޒާރާގް ސިސްޓަމްގެ ތެރެއިން އެކައުންޓް ނުކުރެވި އޮތް ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ސީދާ އަދަދެއް ނޭނގެ، ގާތްގަނޑަކަށް ދެ ބިލިއަނެއްހާ ރުފިޔާ އަޅުގަނޑުމެންނަށް އެބަ އޮތް ސިސްޓަމްގެ ތެރެއިން އެކައުންޓް ނުކުރެވި،"

އުޝާމް ވިދާޅުވިއެވެ.

މިއާއިއެކު، މި މައްސަލަ އޮޑިޓަރ ޖެނެރަލް އަށް ހުށަހަޅާފައިވާކަމަށާއި، މިކަމާއި ގުޅޭ ރިޕޯޓެއް ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ފޯރުކޮށްދޭނެ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

މި މައްސަލައިގައި އިތުރަށް ކުރިއަށްދާނެ ގޮތް ނިންމާނީ އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓް ލިބުމުންކަން ފާހަގަކުރައްވަމުން އުޝާމް ވިދާޅުވީ، ގާނޫނާއި ހިލާފަށް ކަންތައްތަކެއް ކޮށްފައި ހުރި ކަމަށާއި، މި ފަރާތްތަކުގެ މައްސަލަތައް ބަލައި، ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

މިފަދަ ކަންކަން ތަކުރާރު ނުވުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެންނާނެކަމުގެ ޔަގީންކަން އުޝާމް ވަނީ ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.