ހަބަރު
22 Oct 2024 | 10:45
އަންނަ އަހަރު ކުރީ ކޮޅު ޓެކްސްއަށް އިތުރު ބަދަލުތަކެއް ގެންނާނެކަމަށް ގަބޫލުކުރެވޭ: އަމީރު

މި ސަރުކާރުން އަންނަ އަހަރު ކުރީ ކޮޅު ޓެކްސްއަށް އިތުރު ބަދަލުތަކެއް ގެންނާނެކަމަށް ގަބޫލުކުރެވޭކަމަށް ނިމިދިޔަ ސަރުކާރުގެ މާލީ ވަޒީރު، އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިފަދައިން ވިދާޅުވީ، އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން އަމީރު ވިދާޅުވީ، ސަރުކާރުގެ އާމްދަނީގެ ސިޔާސަތާއި މެދު އެންމެންގެ އިތުބާރު ގެއްލިފައިވާކަމަށާއި، 2024 ވަނަ އަހަރުގެ އޭޕްރިލް މަހު މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީއެއް ސަރުކާރުން އިއުލާނު ކުރި ކަމަށެވެ.

މިއީ ކުރިއަށް އޮތް 5 އަހަރު ދައުލަތުގެ އާމްދަނީ އަށް ގެންނާނެ ބަދަލުތައް މުއާސަލާތުކޮށްދޭ ވަސީލަތެއް ކަމަށާއި، މީގައި އިންވެސްޓަރުންނާއި ބޭރުގެ މާކެޓްތަކާއި އެނޫންވެސް އެހެން ފަރާތްތަކަށް ޓެކްސް ޕޮލިސީ އަށް ގެންނާނެ ބަދަލުތައް ހިމަނާފައިވާކަމަށް އަމީރު ވިދާޅުވިއެވެ.

އެހެންނަމަވެސް، ދެ މަސްފަހުން ފެނުނީ އެ ސްޓްރެޓެޖީ "ބޮލާލައި ޖަހައި"، އާމްދަނީގެ އައު ފިޔަވަޅުތަކެއް ހާމަކުރިތަން ފެނިގެންދިޔަކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ، އޭގެ ތެރޭގައި ޑްރެޖިން ފީ އިއުލާނުކުރުމާއި، ޓީޖީއެސްޓީ ރޭޓް ބޮޑުކުރުމަށް ހުށަހެޅުން ހިމެނޭކަމަށެވެ.

ހަމައެއާއިއެކު، އަމީރު ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް، ބަޖެޓް ގެ ކުރިން އާމްދަނީގެ އިތުރުކަމެއް ސަރުކާރުން ނިންމައިފިނަމަ، އެކަންވެސް މިދައުރުގައި ހުށަހަޅުއްވާނެކަމަށް ވިދާޅުވިކަމަށެވެ.

މިއާއިއެކު، އަމީރު ވަނީ ބަޖެޓް ހުށަހަޅަން 10 ދުވަހަށް ވީއިރުވެސް، އާމްދަނީގެ ސިޔާސަތު ކަނޑައަޅާ ނުނިމެނީތޯ އަމީރު ވަނީ ސުވާލު އުފައްދާފައެވެ.

"މި ރޭޓުން ދަންޏާ މި އަންނަ އަހަރު ކުރީކޮޅު، ބަދަލުތަކެއް ޓެކްސް އަށް ގެންނާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ."

އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އަމީރު ވަނީ ވިޔަފާރިވެރިިންނާއި އިންވެސްޓަރުން ސަރުކާރަށް ކުރި އިތުރބާރު ގެއްލިފައިވާކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.