ޕެރޫގެ ކުރީގެ ރައީސް އަލެޖާންޑްރޯ ޓޮލެޑޯ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
23 Oct 2024 | 10:04
ކޮރަޕްޝަންގެ ކުށް ސާބިތުވެ، ޕެރޫގެ ކުރީގެ ރައީސަށް 20 އަހަރުގެ ޖަލު ހުކުމެއް

ކޮރަޕްޝަންގެ ކުށް ސާބިތުވެ، ޕެރޫގެ ކުރީގެ ރައީސް އަލެޖާންޑްރޯ ޓޮލެޑޯއަށް 20 އަހަރަށްވުރެ ގިނަ ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.

ޓޮލެޑޯއަށް މި ޙުކުމް އިއްވާފައިވަނީ ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ފަރާތުން ހައިވޭ އެޅުމުގެ މަސައްކަތް ހަވާލުކުރުމަށް 35 މިލިއަން ޑޮލަރުގެ ރިޝްވަތު ނެގުމުގެ ކުށުގައެވެ. އޭނާގެ މައްޗަށް ވަނީ 20 އަހަރާއި 6 މަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

އުމުރުފުޅުން 78 އަހަރުގެ ޓޮލެޑޯ 2001 އިން 2006 އަށް ޕެރޫގެ ރައީސްކަން ކުރެއްވިއިރު، އޭނާގެ މައްޗަށް އިއްވި މި ހުކުމަކީ އޮޑެބްރެޗްޓްގެ ފަރާތުން ސިޔާސީ ފަރާތްތަކަށް ރިޝްވަތު ދިނުމުގެ ކެމްޕޭނާ ގުޅިގެން މިހާތަނަށް އިއްވާފައިވާ އެންމެ ހަރުކަށި އެއް ހުކުމެވެ.

އެއް އަހަރު ދުވަހަށް ދެމިގެންދިޔަ މި ޝަރީޢަތުގައި، އެގައުމުގެ ޕްރޮސިކިއުޓަރުން އޭނާގެ މައްޗަށް ކުރި މަނީ ލޯންޑަރިންގ އަދި ގުޅިގެން މަކަރު ހެދުމުގެ ދަޢުވާތައް ޓޮލެޑޯ ދިޔައީ އަބަދުވެސް ދެކޮޅު ހަދަމުންނެވެ.

މި މައްސަލައާއި ގުޅިގެން އޭނާ ފުރަތަމަ ހައްޔަރުކުރެވުނީ 2019 ގައި އެމެރިކާގައެވެ. އެއީ ޕެރޫއިން އޭނާ އެކްސްޓްރަޑައިޓް ކުރުމަށް އެދުމުންނެވެ. އަދި އެތައް އަހަރެއްގެ ޤާނޫނީ ބަހުސްތަކަކަށްފަހު 2022 ގައި އޭނާ ޕެރޫއަށް ފޮނުވާލެވުނެވެ.

ޓޮލެޑޯ އޭނާގެ ޙުކުމް ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ ޕެރޫގެ ވެރިރަށް ލިމާގެ ބޭރު ސަރަޙައްދެއްގައި، ކުރީގެ ރައީސުން ބޭތިއްބުމަށް ޚާއްޞަކޮށް އިމާރާތްކުރެވިފައިވާ ޖަލެއްގައެވެ.

ޓޮލެޑޯގެ އިތުރުންވެސް، އެގައުމުގެ އިތުރު ދެ ކުރީގެ ރައީސުން ކަމުގައިވާ ޕެޑްރޯ ޕާބްލޯ ކުޗިންސްކީ އަދި އޮލަންޓާ ހުމާލާ ވެސް އޮޑެބްރެޗްޓާ ގުޅުންހުރި މިފަދަ މައްސަލަތަކަކާއި ގުޅިގެން ތަހުގީގުކުރަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.