ކްރިމިނަލް ކޯޓު---
ހަބަރު
24 Oct 2024 | 12:43
ދިރުވާލައިގެން 108 ކޮކެއިން ބުލެޓް އެތެރެކުރި މީހަކަށް 12 އަހަރުގެ ޖަލު ހުކުމެއް

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އެކުލެވޭ 108 ބުލެޓް އެތެރެކުރި މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި މައްސަލައިގައި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގެ ކުށުގެ ދައުވާކޮށް، ކްރިމިނަލް ކޯޓުން ޖަލު ހުކުމް އިއްވާފައިވަނީ އައްޕިއަހް ޖޭމްސް ނަމަކަށް ކިޔާ ގާނާއަށް ނިސްބަތްވާ މީހެއްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިވާ ގޮތުން، މީނާ ގަތަރު އެއާވޭސްގެ ފްލައިޓަކުން ޖޫން 12 ގައި ރާއްޖެ އައުމުން އޭނާ ހައްޔަރުކުރީ ކަސްޓަމު އޮފިސަރުންނަށް ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަ ކުރެވި، ސްކޭން ކުރިއިރު ދިރުވާލައިގެން މަސްތުވާތަކެތި އެތެރެ ކޮށްފައިވާ ކަމަށް ޝައްކު ކުރެވިގެން، އައިޖީއެމްއެޗްއަށް ގޮސް ހެދި އިތުރު ސްކޭންތަކަށްފަހު އެވެ.

އެއަށްފަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު، އެކި ފަހަރުމަތިން ބޮޑުކަމުދިޔަ ތަކެތިން  108 ބުލެޓުގެ ބަރުދަނުގައި  1461.9389 ގްރާމް ގެ ކޮކެއިން ހުރި ކަމަށް ތަހުލީލު ރިޕޯޓްތަކުން ދެއްކިކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެއެވެ.

ދައުލަތުގެ ފަރާތުން އޭނާގެ މައްޗަށް ކުރި ދައުވާއަށް އޭނާ އިއުތިރާފުވުމުން، ދައުލަތާ އެކު އޭނާ ވަނީ އިއުތިރާފްގެ އެއްބަސްވުމެއް ހަދައިފަ އެވެ.

އިއުތިރާފް އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އަދަބެއްގެ ގޮތުގައި 12 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމަކާއި އެކު ޖޫރިމަނާގެ ގޮތުގައި 100،000ރ. އިން ދެއްކުމަށް ވަނީ ކަނޑައަޅާފައެވެ.

އެއާއިއެކު، ކްރިމިނަލް ކޯޓުން ވަނީ، އޭނާ ތަހުގީގުގެ މުއްދަތަށް ބަންދުގައި ހުރި ހަތަރު މަހާއި 10 ދުވަސް އުނި ކުރުމަށްފަހު އޭނާގެ މައްޗަށް އިއްވީ 12 އަހަރާއި އެއް މަހާއި 20 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ހަމައެއާއިއެކު، ޖޫރިމަނާގެ ފައިސާ 1 އަހަރުގެ ތެރޭގައި ދެއްކުމަށް ވެސް އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.