ވޯލްޑްބޭންކް އަދި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރު ވާހަކަދައްކަވަނީ..
ހަބަރު
25 Oct 2024 | 21:22
ދަރަނިބޮޑު ގައުމުތަކަށް އެހީތެރިކަން ދިނުމަށް މާލީ އިދާރާތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ: ގަވަރުނަރު

ދަރަނިބޮޑު ގައުމުތަކަށް އެހީތެރިކަން ދިނުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ވޮޝިންޓަންގައި މިހާރު ކުރިއަށްދާ ވޯލްޑްބޭންކް އަދި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު މުނައްވަރު ވިދާޅުވީ، ތަރައްގީ ވަމުން އަންނަ އިގްތިސާދުތަކުގެ ތެރެއިން ތިން ބައިކުޅަ ދެ ބަޔަކީ ބޮޑު ދަރަނިތަކެއް ތަހައްމަލްކުރަމުންދާ ގައުމުތަކެއް ކަމަށެވެ.

އެހެންކަމުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާގައުމުތަކުގެ ބޭނުންތަކާއި ގައުމުތަކުގެ ހާލަތަށް މިހާރަށްވުރެ ބޮޑަށް ވިސްނަންޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އަދި ބޮޑަށް ދަރަނިވެރިވެފައިވާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް ވޯލްޑް ބޭންކާއި އައިއެމްއެފުން އަދި މަލްޓިލޭޓަރަލް ބޭންކްތަކުން އަޅަންޖެހޭ ކަމަށް ވެސް ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ. އަދި ކްލައިމެޓް އެޑަޕްޓޭޝަނަށް އިންވެސްޓްކުރާ ގައުމުތަކުގެ ދަރަނި ލުއިކޮށްދެވޭނެގޮތެއް ރާވަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުން ތަރައްގީވަމުން އަންނަ އިގްތިސާދުތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށާއި ހަމަހަމަ ފުރުސަތުތަކެއް ދިނުމަށާއި އިގްތިސާދު ސިންދަފާތުކުރުމަށް ވިސްނަންޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވޯލްޑްބޭންކް އަދި އައިއެމްއެފް ފަދަ ތަންތަނުން ކުރިމަގުގެ ޕްލޭންތަކާއި ހަރަކާތްތައް ރޭވިގެންދާއިރު، ކޮންމެ މެމްބަރު ގައުމެއްގެ ބޭނުންތަކާއި ކެޕޭސީޓިއަށް ފެތޭގޮތަށް އެ ކަންކަން ޚާއްސަކުރެވިގެން ދިއުމަކީ މުހިއްމުކަމެއްކަމަށް ވެސް މުނައްވަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިކަންކަން މިމަގުން ނުކުރެވިއްޖެނަމަ އެނުއަލް މީޓިންގްސްގެ ފުރަތަމަ ޗެއާ ޖޯން ސްނައިޑާ ފާހަގަކުރައްވާފައިވާ ގޮތަށް  ރައްޔިތުންގެ އުންމީދު ތަމްސީލުކުރުމަށް އަޅުގަނޑުމެން ފެއިލްވީކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ރިޔާސަތު މިއަހަރު ބަލަހައްޓަނީ ޗެއާ އޮފް ދަ ބޯޑް އޮފް ގަވާނާސް އޮފްދަ ވޯލްޑް ބޭންކް އެންޑް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ހައިސިއްޔަތުން ދިވެހިރާއްޖެއެވެ.

ގަވަރުނަރު މުނައްވަރުގެ ތަގުރީރުގައި ދޭދޭ ގައުމުތަކުން އިގްތިސާދީ މަސައްކަތްތަކުގައި އެކުގައި މަސައްކަތްކުރުމުގެ މުހިންމު ކަމަށް އަލިއަޅުވާލައްވާފައިވެއެވެ.

އަދި މީގެ 80 އަހަރުކުރިން ބޭއްވުނު ބޯޑު އޮފް ގަވަރުނަރުންގެ އެންމެ ފުރަތަމަ ބައްދަލުވުމުގައި ޔޫއެސް ޓްރެޝަރީ ސެކެރެޓަރީ ޖޯން ޑަބުލިއު ސްނައިޑާ ވިދާޅުވި ވާހަކަ ތަކުރާރުކުރައްވައި ވިދާޅުވީ އައިއެމްއެފް އަދި ވޯލްޑް ބޭންކާ ގައުމުތަކުން ގުޅިފައިވަނީ، ހަމައެކަނި އެ އިދާރާތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ނޫންކަމަށެވެ.

ގަވަރުނަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް ކުރަނީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކަމަށެވެ. އެއާއެކު ރާއްޖެއިން އިއާދަކުރުވަނިވި ހަކަތަ އުފެއްދުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރެއްވިއެވެ.

2028 ވަނަ އަހަރު ދިވެހިރާއްޖޭގައި 33 އިންސައްތަ ކަރަންޓް އިއާދަކުރުވަނިވި ހަކަތައިން އުފެއްދުމަށް ވަނީ އަޒުމް ކަނޑައަޅާފަ. މި މަޝްރޫއުއަށް ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރު ބޭނުންވާއިރު، އަދި މިހާތަނަށް ހިލޭއެހީގެ ގޮތުގައި ލިބިފައިވަނީ އެންމެ 13 އިންސައްތަ

ގަވަރުނަރު ވިދާޅުވިއެވެ.

 " ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.

އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރުމުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމަށް ހޭނުމުގެ އިތުރުން މާލީ ގޮތުން ވެސް ފައިދާތަކެއް ވެގެން ދެއެވެ. އެގޮތުން ތެލަށް ކުރަންޖެހޭ ޚަރަދު ކުޑަވުމަކީ ރާއްޖެ ފަދަ ގައުމަކުން ބޭރުފައިސާ ޚަރަދުކުރަންޖެހޭ މިންވަރު މަދުވެގެންދާ ކަމެއްކަން ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ.

ގަވަރުނަރުގެ ދަތުރުފުޅާ ގުޅޭގޮތުން މަރުކަޒީ ބޭންކުން ވިދާޅުވީ، ވޮޝިންޓަންގައި މިހާރު ކުރިއަށްދާ ވޯލްޑް ބޭންކް އަދި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ޗެއާއަކީ ރާއްޖެކަމަށް ވުމާއެކު ގަވަރުނަރުގެ ދަތުރުގެ ޚަރަދުތައް ކުރަނީ އައިއެމްއެފުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jun 2026
ހަންޏާމީދޫގައި ހިތާމަވެރި ހާދިސާއެއް؛ ބަގީއަކާއެކު މޫދަށް ވެއްޓުނު ކުއްޖަކު ނިޔާވެއްޖެ
މި ހާދިސާގައި ނިޔާވީ އުމުރުން 13 އަަހަރުގެ ކުއްޖެކެވެ. އެއީ އެރަށު ޑެއިޒީވިލާ ޢަލީ އަނަސް ބިން މުޙައްމަދު އަރީޝް އެވެ.
26 Jun 2026
ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބެލެހެއްޓުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ޑިޖިޓަލައިޒް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ހާބަރ ޕޯޓަލް" ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފައިވެއެވެ.
26 Jun 2026
ފުވައްމުލަކު ސިޓީ ޤުރުއާނާއި ބެހޭ މަރުކަޒު މިއަދު ހުޅުވައިފި
ފުވައްމުލައް ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީންގ ރޫމެއް ހިމެނެއެވެ.
26 Jun 2026
މިއަދުގެ ރީތި ތާރީޚް؛ 50 ކައިވެނި، ކޮންބައެއް ކައިވެނިކުރީ
ރީތި ތާރީހުތަކުގައި ކައިވެނި ކުރުން އިތުރަސް ރާއްޖޭގައި ވަރި ގިނަވުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
26 Jun 2026
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސީޝެލްސް އަށް
މި ދަތުރުފުޅަކީ ސީޝެލްސްގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް
26 Jun 2026
”ލޭގެ ޞަދާޤާތް“ ލަވަ ރިލީސް ކޮށްފި
މި ލަވަ ރިލީސްކޮށްފައިވަނީ މިއަދު ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ. މިއީ މިއީ ލޭ އެޕް އިން އިސްނަގައިގެން އެހީ ޖަމިއްޔާއާއި ގުޅިގެން ނެރޭ"އިސްލާމިކް ރިދަމް"ގެ އުފެއްދުމެކެވެ. މި ލަވައިގެ މީޑިއާ ޕާޓްނަރަކީ 'ވޮއިސް' އެވެ.
26 Jun 2026
ތިން ދުވަހުން ޓީޖެޓީ ސަރަހައްދު 46 ޓަނުގެ ކުނި، ކުނިއަޅާ މީހުންގެ ފޮޓޯ ފޮނުވައިދޭން އެދިއްޖެ
މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދިނުމަށް ކައުންސިލުން އެދެއެވެ.
26 Jun 2026
ފޮތްކިޔުމުގެ އާދަ މުހިއްމުވަނީ ކީއްވެ؟
ފޮތްކިޔުމަކީ ކޮންމެ އިންސާނެއްގެ ގައިގައިވެސް އަށަގަންނަވަން ޖެހޭ ވަރަށް މުހިންމު އާދައެކެވެ. މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް، ކުޑަކުދިންނާއި، ބޮޑެތި މީހުން އަދި ސްކޫލް ނުވަތަ ޔުނިވާސިޓީ ދަރިވަރުންނަށްވެސް ފޮތް ކިޔުމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ގަވަޢިދުން ފޮތްކިޔާ މީހަކަށް އާ މަޢުލޫމާތު ލިބުމުގެ އިތުރުން، ބަހުގެ ހުނަރުތައް ކުރިއަރައި، ވިސްނުން ތޫނުވެ، ދުނިޔެއަށް ލޯހުޅުވިގެންދެއެވެ. މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކު ފޯނާއި، ޓީވީ އަދި ސޯޝަލް މީޑިއާގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އެހެން ކަމުން ކުރިޔަށްވުރެ ބޮޑަށް ފޮތް ކިޔުމުގެ އާދައަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ވަރަށް ބޮޑަށް އިތުރު ކުރަން ޖެހިފައެވެ.