އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ
26 Oct 2024 | 06:32
ލައިވް ކަވަރޭޖް: ޢިސްރާއީލުން އީރާނަށް ހަމަލާ ދީފި
26 Oct - 09:00

އިސްރާއީލުން އީރާނަށް ދިން ހަމަލާއާ ގުޅޭގޮތުން އީރާންގެ އަސްކަރިއްޔާއިން ދާދިދެންމެއަކު ކުރުބަޔާނެއް ނެރެފި. މިބަޔާންގައި ބުނެފައިވަނީ މިހަމަލާ އަމާޒުވީ އަސްކަރީ ތިން މަރުކަޒަކަށް ކަމަށް. އެއީ އެއީ އިލާމްއާއި ޚުޒެސްތާނާއި ތެހެރާންގައި ހުރި ތިންތަނަކަށް. އިޜާންގެ ދިފާއު ވަރުގަދަކަމުން މިތަންތަނަށް ލިބުނީ ލިމިޓެޑް ގެއްލުންތަކެއްކަމަށް ވެސް ބުނި. އެހެން މިގެއްލުންތަކުގެ އެއްވެސް މަންޒަރެއް އީރާން ޓީވީއަކުން ނުދައްކާ.

އެމެރިކާއިންވަނީ މިހިސާބުން މަސްރަހް އިތުރަށް ހޫނުވާނެފަދަ އިތުރު ކަމެއް ނުކުރުމަށް އިސްރާއީލައި އީރާނަށް ގޮވާލައިފައި. އިސްރާއީލުން ދިން ހަލާއާއި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް އެމެރިކާ ސަރުކާރުން ބުނޭ

26 Oct - 08:59
26 Oct - 08:57

މިހަމަލާ އާ ގުޅޭގޮތުން އީނުން އަދި ވަކި ބަޔާނެއް ނުނެރެ

26 Oct - 08:39

އިސްރާއީލުން ދިން ހަމަލާއަށް ބަދަލުހިފަން އިރާނުން އާ ހަމަލާއެއް ނުދިނުމަށް އިސްރާއީލުން އިންޒާރުކޮށްފި އިސްރާއީލުން ބުނަނީ އެހެންވެއްޖެނަމަ ދެން އިސްރާއުން ދޭ ހަމަލާ މާވަރުގދަ ވާނެކަމަށް

26 Oct - 08:35

އެމެރިކާގެ މީޑިއާތަކުން ބުނަނީ އިސްރާއީލުން ފުރަތަމަ ހަމަލާ ދިނީ އީރާންގެ އެއަރޑިފެންސް ޔުނިޓްތަކަށް. އެއަށްފަހު އަސްކަރީ މިސައިލް އުފައްދާ ތަންތަނަށް.

އިސްރާއީލުން ބުނަނީ އެމީހުން ދިން ހަމަލާތަކުގައި އީރާނަށް ލިބުނު ގެއްލުން މިހާރުދަނީ ވަޒަންކުރެވެނުން. އިތުރު ހަމަލާތަކެއް ދޭންޖެހޭކަން ނުވަތަ ނޫންކަން އގޭނީ މިވަޒަންކުރުންތައް ނިމުނުން ކަމަށް ވެސް ބުނޭ

26 Oct - 08:29

އީރާނު މީޑިއާއިން ބުނަނީ އިސްރާއީލުގެ ހަމަލާ އެމީހުންނަށް ކާމިޔާބު ނުކުރެވުނުކަމަށް. އީރާނުގެ ދިފާއީ ބާރުތަކުން އެތައް މިސައިލަކާއި ޑްރޯނެއް ވައްޓާލި ކަމަށް ވެސް ބުނޭ.

26 Oct - 08:26

ޚަބަރުތައް ބުނާގޮތުގައި އިސްރާއީލުން ދެބުރެއްގެ މަތިން އިރާނަށް މިސައިލާއި ޑްރޯނުން ހަމަލާ ދީފައިވޭ. ބޮންަޅާ ބޯޓްތައް އީރާނަށް ވަންކަން ނުވަތަ ނޫންކަން ސާފެއްނުވޭ.

26 Oct - 08:15

އިސްރާއީލުން އީރާނަށް ދިން ހަމަލާ ނިމިއްޖެކަމަށް ދާދި ދެންމެއަކު އިސްރާއީލުން ބުނެފި. މިހަމަލާއަށް އިސްރާއީލުގެ މަތިންދާ ބޯޓުތައް ގެއްލުމެއް ނުލިބި އެނބުރި އައިސްފައިވާކަމަށް ވެސް ބުނި

26 Oct - 08:10

އެމެރިކާއާއި އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިސްރަޢިލުން އީރާނަށް ދިން ހަމަލާ އެތައް ގަޑިއިރަކަށް ދެމިގެންދިޔަ.  ވޮޝިންޓަންޕޯސްޓް ބުނާގޮތުގައި ހަމަލާ އަމާޒުކުރީ އީރާނުން މިސައިލް އުފައްދާ ފެކްޓްރީތަކަށާއި އޭރިއަލް ޑިފެންސް ސައިޓްތަކަށް

26 Oct - 07:34

އިސްރާއީލުގެ ހަމަލާގައި މިސައިލާއި ޑްރޯން ބޭނުންކޮށްފައިވޭ. މުހައްލިލުން ބުނާގޮތުގައި އިސްރާއީލުން އަދިވެސް ހަމަލާތައް ކުރިއަށް ގެންދާނެ

26 Oct - 07:29

އީރާންގެ ދައުލަތުގެ މީޑިއާ އިރުނާއިން ބުނީ އެގައުމުގެ ދިފާއީން އިސްރާއީލުގެ އެތައް މިސައިލެއް ކާމިޔާބު ކަމާއެކު ވައްޓާލައިފައިވާކަމަށް. މީގެ ބައެއް ޥީޑިއޯތައް ދައުރުކުރަމުން ގެންދޭ

https://x.com/MayadeenEnglish/status/1849988454827909214

26 Oct - 07:22

ސީއެންއެން ބުނާގޮތުގައި ރޭ އީރާނަށް އިސްރާއީލުން ދެ ބުރަކަށް ހަމަލާދިދިން. އިސްރާއީލުން އީރާންގެ ނިއުކްލިއަރ މަރުކަޒުތަކަށް އަދި އިންފްރާންސްޓްރަކްޗަރއަށް ހަމަލާނުދީ އަމާޒުފަތްގަނޑުތަކަކަށް ހެދީ އަސްކަރީ ތަންތަން ކަމަށް ވެސް ސީއެންއެންއިން ބުނޭ

26 Oct - 07:17

އަލްޖަޒީރާއާއި ވާހަކަ ދެއްކި ތެހެރާން ޔުނިވަރސިޓިގެ ޕްރޮފެސަރަކު ވިދާޅުވިގޮތުގައި ވެރިރަށް ތެހެރާން އޮތީ ހަމަހިމޭންކޮށް. ކަމެއް ހިނގައިގެން އުޅޭކަމުގެ ނިޝާނެއް އެސިޓީއަކަށް ނުވެއެވެ. އެހެންނަމަވެސް އިޜާންގެ ތަސްނީމް ނިއުސްއެޖެންސީން ބުނީ ތެހެރާނުން މަތިންދާބޯޓާއި ދެކޮޅަށް ބޭނުންކުރާ ބަޑީގެ އަޑުއިވިގެން ގޮސްފައިވޭ

26 Oct - 07:11

ބައިނަލް އަގުވާމީ މީޑިއާތަކުން އިންތިޒާރު ކުރަމުންދަނީ މިހަމަލާއާބެހޭގޮތުން އިސްރާއީލުން ހާމަކުރާނެ މައުލޫމާތުތަކަށް. ހަމަލާދިނުމުގައި ބޭނުންކުރީ ކޮން ހަތިޔާރެއްކަން، އަމާޒުކުރީ ކޮންތަންތަނަކަށްކަން އަދި އިތުރު ހަމަލާތަކެއް ދޭނެކަން ނުވަތަ ނޫންކަން އަދި ސާފެއްނުވޭ.

26 Oct - 07:04

ރިޕޯޓްތައް ބުނާގޮތުގައި ތެހެރާންގެ ވަށައިގެން ގޮވުންތަކެއްގެ އަޑުއިވިގެންގޮސްފައިވޭ. އެހެންނަމަވެސް އީރާންގެ ނިއުކްލިއަރތަންތަނަށާއި އިންފްރާންސްޓްރަކްޗަރއަށް ހަމަލާދީފައި ނުޥާކަމަށް ޚަބަރުތައް ބުނޭ. އިސްރާއީލުގެ ހަމަލާއާއެކު އިރާންގެ އެންޓި އެއަރކްރާފްޓް ބަޑިތަކުގެ އަޑުވެސް އެކި ސަރަހައްދުތަކުގައި ގުގުމާފައި ހުރިކަމަށް ޚަބަރުތައް ބުނޭ

26 Oct - 06:55

އިސްރާއީލުން ބުނީ އެގައުމުން ހަމަލާދިނީ އިޜާންގެ އަސްކަރީ އަމާޒުތަކަކަށް ކަމަށް. މިހަމަލާއާއި ބެހޭގޮތުން އީރާނުން އަދި ވަކިއެއްޗެއް ނުބުނޭ

26 Oct - 06:55

އިސްރާއީލުގެ ހަމަލާއާއި ގުޅިގެން އީރާނާއި އިރާގުން އެދެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި. އިސްރާއީލުން ވެސް އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

26 Oct - 06:48

އިސްރާއީލުން ހަމަލާތައް ފެށުމުގެ ކުރިން މެދުއިރުމަތީގައި ހުންނެވި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ކުއްލިއަކަށް ދަތުރުފުޅު ކުރުކުރައްވައި ފުރާވަޑައިގެންނެވިއެވެ. އެހާ ހިސާބުން ކަމެއް ގޯސްވާން އުޅެނީކަން ދުނިޔޭގެ މީޑިއާތަކުން ސިފަކުރިއެވެ.

ޢިސްރާއީލުން އިރާނަށް ބާރުގަދަ ހަމަލާތަކެއް ދީފިކަމަށް އެގައުމުން ބުނެފިއެވެ. އީރާނުގެ މީޑިއާތަކުން ވެސް ވަނީ އިސްރާއީލުން ހަމަލާދީފިކަން ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.