އިލްމުވެރިންގެ ގުޅުމުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން... ފޮޓޯ: އިލްމުވެރިންގެ ގުޅުން
ހަބަރު
05 Aug 2026 | 18:14
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ

ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމުގެ ގޮތުން ސަރުކާރުން ހިންގުމަށް ނިންމާފައިވާ މުހިންމު ޕްރޮގްރާމެއް ކަމަށްވާ "ޕާލް ރެސިޑެންސް" އާ ގުޅިގެން ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ސޯޝަލް މީޑިއާގައި އެ ޖަމާއަތުން ކުރި ޕޯސްޓެއްގައެވެ. އިލްމްވެރިންގެ ގުޅުމުގެ ފަރާތުން ކުރި އެ ޕޯސްޓްގައި ވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދު ވަރުގަދަކުރުމުގެ މަޤްޞަދު 'ޕާލް ރެސިޑެންސް' ގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ ރެސިޑެންސީ ޕްރޮގްރާމުގެ ސަބަބުން، ދިވެހިރާއްޖޭގެ އިސްލާމީ ވަޙްދަތަށާއި ސިޔާދަތަށް އެކަމުގެ ނުރައްކާ އެބައޮތް ކަމަށެވެ.

އެގޮތުން މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ނިންމީ އިޖުތިމާޢީ ގޮތުންނާއި ދިވެހީންގެ ޘަޤާފަތާއި އިޤްތިޞާދީ މިނިވަންކަމަށް ޢިޔާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބި، އިންތިހާއަށް ނުރައްކާ ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން ދީނީ ޢިލްމުވެރިންގެ މެދުގައި އުފެދިފައިވާތީ ކަމަށް އިލްމުވެރިންގެ ގުޅުމުން ބުންޏެވެ.

ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން ކަންބޮޑުވުން ފާޅުކުރިއިރު އިދިކޮޅު އެމްޑީޕީންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެފައިވަނީ މިހާރުވެސް ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް އެ އޮންނަ އުސޫލުގެ މަތިން ރެސިޑެންސް ވިސާ ދެމުން އަންނަ ކަމަށާއި މިއީ އަލަށް ކުރާ ކަމެއް ނޫންކަމަށެވެ. 

މިދިޔަ އަހަރުގެ ޖުލައިމަހު ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައި ވަނީ ރައްޖޭގައި އިންވެސްޓްކުރުމުން ރާއްޖޭގައި ވަޒަންވެރިވެގެން އުޅުމުގެ ފުރުސަތު ލިބޭ ޕްރޮގްރާމެއް އިފްތިތާހްކޮށްފައެވެ. އެގޮތުން ދިވެހި ސަރުކާރާއި ހެންލީ އެންޑް ޕާޓްނާސް އާއި ދެމެދު ރެޒިޑެންސީ ބައި އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް