އެމްޑީޕީން މިއަދު ބޭއްވި ޕްރެސް
ހަބަރު
05 Aug 2026 | 18:46
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް

 އެމްޑީޕީން މިމަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާގެ މައިގަނޑު އެއް ބޭނުމަކީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ގޯސް ހާލަތު ބަދަލުކުރަންކަމަށް އެޕާޓީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މުޒާހަރާ އާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަމުން ޝިފާޒް ވިދާޅުވީ، މި މުޒާހަރާ ކުރުމުގެ އެއް ބޭނުމަކީ މިހާރު ކުރިމަތިވެފައިވާ ހާލަތު ބަދަލުކުރުމަށް ސަރުކާރަށް ޕްރެޝަރ ކުރުންކަމަށެވެ. 

ޝިފާޒް ވިދާޅުވީ މުޒާހަރާގައި ސަރުކާރުގެ ކަންކަން ހުރިގޮތް ރައްޔިތުންނާ ހިއްސާކުރާނޭކަމަށެވެ. މިގޮތުން ތަކެތީގެ އަގުތައް ބޮޑުވުމާއި ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުބަރަދު ބޮޑުވެފައިވާތީ އެންމެ އިސްކަމެއްދީގެން މުޒާހަރާގައި އެކަމާ ދެކޮޅަށް އިހުތިޖާޖްތައް ކުރިއަށްދާނޭކަން ޝިފާޒް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ބައެއް ސިޔާސީ ޕާޓީތަކުން މިކަމުގައި އެމްޑީޕީގެ ދައުރު ފުލާކުރަންޖެހޭކަން ފާހަގަކުރަމުންދާ ކަމަށާއި، އެއްވެސް ޕާޓީއަކުން މިކަމުގައި މުޒާހަރާކޮށް ނުހެދިނަމަވެސް އެމްޑީޕީން އެކަން ކުރާނޭކަމަށެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ މަޖިލިސް މެމްބަރު އަބްދުالله ވަހީދު ވިދާޅުވީ މިއަދު ފެނިގެން މިދަނީ ޑިމިކްރެޓިކް ހަމަތަކުން ނެއްޓި ވެރިކަން ކުރަމުންދާ މަންޒަރު ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ދައްކަމުންދާ މަންޒަރަކީ ޤާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ޤާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަމުންދާކަން ކަމަށެވެ. ރާއްޖޭގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވެގެން ދާއިރު، މި ސަރުކާރުގައި ހަރުދަނާ އެއްވެސް ޕޮލިސީއެއް ނެތްކަން ވައްޑޭ ފާހަގަކުރެއްވިއެވެ. އެގޮތުން ހާރިޖީ ސިޔާސަތުތައްވެސް ކުރިއަށްގެންދަނީ ރައްޔިތުންނަށް މުޅިން އޮޅުވާލައިގެންކަން އޭނާގެ ވާހަކައިގައި ވިދާޅުވިއެވެ. 

އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.