ގުޅިފަޅުން ހިއްކަން ކަނޑައެޅި ސަރަހައްދު އެއްކޮށް ހިއްކާ ނިންމާފައި.-- ފޮޓޯ: މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓަކްޗާ
ހަބަރު
26 Oct 2024 | 09:52
ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބާއްވާ ގުރުއަތުލުން އަންނަ އަންގާރަ ދުވަހު

ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ލިބޭ ޕްލޮޓް ކަނޑައަޅުމަށް ބާއްވާ ގުރުއަތުލުން އަންނަ އަންގާރަ ދުވަހު އޮންނާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ބިން ލިބޭ ޕްލޮޓް ކަނޑައަޅުމަށް ބާއްވާ ގުރުއަތުލުން، އަންގާރަ ދުވަހު ހެނދުނު 9:00އިން ފެށިގެން ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކުރިއަށްދިޔުމަށް ހަމަޖެހިފައިވާއިރު، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، ގުރުއަތުލުމުގެ ކަންކަން ބަލަން ވަނުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.

ހަމައެއާއިއެކު، ގުރުއަތުލުން ކުރިއަށްދާ ވަގުތު، ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ލައިވް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ 3520 ގޯތި ގުޅީފަޅުން ދޫކުރާއިރު، ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ އެތަނުން ގޯތި ލިބޭ މީހުންގެ ހުރިހާ ކެޓަގަރީތަކުގެ ލިސްޓްވެސް، ގުރުއަތާއި ގުޅިގެން ގެޒެޓުކޮށްފައިވާ ލިސްޓްގައި ހިމަނާފައެވެ.

ގުޅިފަޅުން ދޫކުރާ ގޯތިތަކަކީ:

1) 1250 އަކަފޫޓުގެ 669 ގޯތި

2) 1650 އަކަފޫޓުގެ 1234 ގޯތި

3)  2050 އަކަފޫޓުގެ 916 ގޯތި

4) 2450 އަކަފޫޓުގެ 473 ގޯތި

5) 2850 އަކަފޫޓުގެ 158 ގޯތި

6) 3250 އަކަފޫޓުގެ 49 ގޯތި

7) 3650 އަކަފޫޓުގެ 21 ގޯތި

ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ، ގުޅީފަޅުގެ ބިން ލިބޭ ފަރާތްތަކުގެ ގުރުއަތުނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އެ ވުޒާރާއިން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުންކަމަށާއި، ބިން ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާން ބޭނުންނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއްނެތް ކަމުގެ ލިޔުމަކާއި އައިޑީކާޑްގެ ކޮޕީ ގެންނަންޖެހޭނެ ކަމަށެވެ.

ގޯތިލިބޭ ފަރާތްތަކުގެ ގުރުއަތުނަގާ ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީއާއި، ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުންތަކާއިގުޅޭ މަޢުލޫމާތު ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންއިން ފަހުން ޙިއްސާކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.