ރޭ އެކްސިޑެންޓްވި ސެނޯރާ ލޯންޗު--- ފޮޓޯ/ ވޮއިސް
ހަބަރު
26 Oct 2024 | 10:10
ލޯންޗް އެކްސިޑެންޓް: ފަރުވާދިނުމަށްފަހު 2 މީހުން ފިޔަވާ އެންމެން ދޫކޮށްލައިފި

ރޭގައި ހިނގާދިޔަ ނުރައްކާތެރި ލޯންޗް އެކްސިޑެންޓްގައި އަނިޔާވި 12 މީހުންގެ ތެރެއިން 2 މީހުން ފިޔަވާ އެންމެން ފަރުވާއަށް ފަހު ދޫކޮށްލައިފިއެވެ.

ގުޅީފަޅު ކައިރިން ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވަނީ ރޭގެ 19:34 ހާއިރުއެވެ. މި އެކްސިޑެންޓްގައި އަނިޔާވި 12 މީހަކު އައިޖީއެމްއެޗް އަށް ގެންދިޔަކަމަށާއި، އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާކަމަށް ފުލުހުން ވަނީ ރޭގައި ހާމަކޮށްފައެވެ.

މިހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން 2 މީހަކަށް އެމަޖެންސީގައި ފަރުވާދެމުންދާކަމަށް އައިޖީއެމްއެޗުން ބުނި ނަމަވެސް، އެމީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ކޮއްދިއްޕަރު ލޯންޗުން ދަތުރުކުރި މީހަކު ބުނީ، ސެނޯރާ ލޯންޗު އައިސް އެ ލޯންޗުގައި ޖެހުމާއެކު ގޮނޑިތަކުގައި ތިބި މީހުން އެކި ތަންތަނަށް ވިއްސައިގެން ދިޔަ ކަމަށެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ނުލިބުނު ނަމަވެސް ބައެއް މީހުންގެ ލޮލަށް ވިންޑް ސްކްރީން ތަޅައިގެން ދިއުމުގެ ސަބަބުން އެތިކޮޅުތައް ހެރިފައިވާކަމަށް އޭނާ ބުންޏެވެ. އަދި ބައެއް މީހުންގެ ނޭފަތާއި އަނގަމަތި ފަޅައިގެން ގޮސްފައިވާކަމަށްވެސް އޭނާ ބުންޏެވެ. 

"ވަގުތުގެ ގޮތުން ގިނަ މީހުން ތިބީ ނިދިޖެހިފައި. އެހެން ތިއްބައި ލޯންޗު އައިސް ޖެހުނީ. ގިނަ މީހުންނަށް އަނިޔާވީ ނޭނގި ތިއްބައި ޖެހުމުން" ކޮއްދިއްޕަރު ރިސޯޓް ލޯންޗުގައި އިން ރިސޯޓްގެ ސްޓާފަކު ވޮއިސް އާ ވާހަކަދައްކަމުން ބުންޏެވެ.

ރޭގައި އެކްސިޑެންޓުވި އެއް ލޯންޗަކީ ކޮއްދިއްޕަރު ޕީކޭޑީ-10 ނަމަކަށް ކިޔާ ލޯންޗެކެވެ. އަނެއް ލޯންޗަކީ ސެނޯރާ ނަމަކަށް ކިޔާ ލޯންޗެކެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jun 2026
ހަންޏާމީދޫގައި ހިތާމަވެރި ހާދިސާއެއް؛ ބަގީއަކާއެކު މޫދަށް ވެއްޓުނު ކުއްޖަކު ނިޔާވެއްޖެ
މި ހާދިސާގައި ނިޔާވީ އުމުރުން 13 އަަހަރުގެ ކުއްޖެކެވެ. އެއީ އެރަށު ޑެއިޒީވިލާ ޢަލީ އަނަސް ބިން މުޙައްމަދު އަރީޝް އެވެ.
26 Jun 2026
ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބެލެހެއްޓުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ޑިޖިޓަލައިޒް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ހާބަރ ޕޯޓަލް" ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފައިވެއެވެ.
26 Jun 2026
ފުވައްމުލަކު ސިޓީ ޤުރުއާނާއި ބެހޭ މަރުކަޒު މިއަދު ހުޅުވައިފި
ފުވައްމުލައް ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީންގ ރޫމެއް ހިމެނެއެވެ.
26 Jun 2026
މިއަދުގެ ރީތި ތާރީޚް؛ 50 ކައިވެނި، ކޮންބައެއް ކައިވެނިކުރީ
ރީތި ތާރީހުތަކުގައި ކައިވެނި ކުރުން އިތުރަސް ރާއްޖޭގައި ވަރި ގިނަވުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
26 Jun 2026
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސީޝެލްސް އަށް
މި ދަތުރުފުޅަކީ ސީޝެލްސްގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް
26 Jun 2026
”ލޭގެ ޞަދާޤާތް“ ލަވަ ރިލީސް ކޮށްފި
މި ލަވަ ރިލީސްކޮށްފައިވަނީ މިއަދު ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ. މިއީ މިއީ ލޭ އެޕް އިން އިސްނަގައިގެން އެހީ ޖަމިއްޔާއާއި ގުޅިގެން ނެރޭ"އިސްލާމިކް ރިދަމް"ގެ އުފެއްދުމެކެވެ. މި ލަވައިގެ މީޑިއާ ޕާޓްނަރަކީ 'ވޮއިސް' އެވެ.
26 Jun 2026
ތިން ދުވަހުން ޓީޖެޓީ ސަރަހައްދު 46 ޓަނުގެ ކުނި، ކުނިއަޅާ މީހުންގެ ފޮޓޯ ފޮނުވައިދޭން އެދިއްޖެ
މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދިނުމަށް ކައުންސިލުން އެދެއެވެ.
26 Jun 2026
ފޮތްކިޔުމުގެ އާދަ މުހިއްމުވަނީ ކީއްވެ؟
ފޮތްކިޔުމަކީ ކޮންމެ އިންސާނެއްގެ ގައިގައިވެސް އަށަގަންނަވަން ޖެހޭ ވަރަށް މުހިންމު އާދައެކެވެ. މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް، ކުޑަކުދިންނާއި، ބޮޑެތި މީހުން އަދި ސްކޫލް ނުވަތަ ޔުނިވާސިޓީ ދަރިވަރުންނަށްވެސް ފޮތް ކިޔުމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ގަވަޢިދުން ފޮތްކިޔާ މީހަކަށް އާ މަޢުލޫމާތު ލިބުމުގެ އިތުރުން، ބަހުގެ ހުނަރުތައް ކުރިއަރައި، ވިސްނުން ތޫނުވެ، ދުނިޔެއަށް ލޯހުޅުވިގެންދެއެވެ. މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކު ފޯނާއި، ޓީވީ އަދި ސޯޝަލް މީޑިއާގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އެހެން ކަމުން ކުރިޔަށްވުރެ ބޮޑަށް ފޮތް ކިޔުމުގެ އާދައަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ވަރަށް ބޮޑަށް އިތުރު ކުރަން ޖެހިފައެވެ.