ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން އަދި ލުބުނާނުގެ ބޮޑުވަޒީރު ނަޖީބް މިކާތީ-- ފޮޓޯ؛ އޭޕީ
ދުނިޔެ
26 Oct 2024 | 16:45
ލުބުނާނަށް އެހީވުމަށް ގިނަ ގައުމުތަކަކުން، އެއް ބިލިޔަން ޑޮލަރު ހަދިޔާ ކުރަނީ

ލުބުނާނަށް އެހީވުމަށް ފްރާންސްގެ ވެރިރަށް، ޕެރިހުގައި ބޭއްވުނު ބައިނަލްއަޤްވާމީ ޖަލްސާއެއްގައި އިންސާނީއެހީ އާއި އަސްކަރީ އެހީގެ ގޮތުގައި ލުބުނާނަށް 1 ބިލިއަން ޑޮލަރު ހަދިޔާކުރުމަށް 70 އަށްވުރެ ގިނަ ގައުމުގެ އިތުރުން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން އެއްބަސްވެއްޖެއެވެ.

މިއީ، ލުބުނާނުގައި އިސްރާއީލުން ހިންގަމުން އަންނަ ލާއިންސާނީ އުދުވާނާއި ގުޅިގެން، 1 މިލިއަން މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެ، 2،500 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުމުގެ އިތުރުން އެގައުމުގެ އިޤްތިޞާދީ ޙާލަތު އިތުރަށް ދަށްވުމާއިގުޅިގެން ނިންމި ނިންމުމެއްކަމަށް މި ޖަލްސާ އިންތިޒާމް ކުރި ފްރާންސުން ބުންޏެވެ. 

މި ޖަލްސާ ނިންމާލަމުން ފަރަންސޭސި ޚާރިޖީ ވަޒީރު ޖީން-ނޮއެލް ބަރޯ ވިދާޅުވީ އިންސާނީ އެހީގެ ގޮތުގައި 800 މިލިއަން ޑޮލަރު އަދި އަސްކަރީ އެހީގެ ގޮތުގައި، 200 މިލިއަން ޑޮލަރާއިއެކު، ލުބުނާނަށް އެހީވުމަށް ޖުމްލަ 1 ބިލިއަން ޑޮލަރު ހޯދިފައިވާކަމަށެވެ.

ފްރާންސުން އެކަނިވެސް 100 މިލިއަން ޑޮލަރުގެ އެހީއެއް ލުބުނާނަށް ދިނުމަށް ނިންމާފައިވާއިރު، މި ޖަލްސާގައި ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވަނީ ވީހާވެސް ބޮޑު އަދަދަކުން ލުބުނާނަށް އެހީވުމަށް ގޮވާލައްވާފައެވެ.

މިއާއިއެކު އެމެރިކާއިން ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ އެހީއާއި، ލުބުނާނުގެ އިތުރުން، އަވައްޓެރި ސީރިއާއަށް ޖުމްލަ 96 މިލިއަން ޔޫރޯގެ އިންސާނީ އެހީ ދިނުމަށް ވަނީ ނިންމާފައެވެ. 

މީގެ އިތުރުން، އިޓަލީއިން ވެސް ވަނީ ލުބުނާނަށް 10.8 މިލިއަން ޑޮލަރު އެހީ ދޭން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.

ލުބުނާނަށް އިންސާނީ އެހީގެ ގޮތުގައި 426 މިލިއަން ޑޮލަރު ބޭނުންވާނެކަމަށް މީގެ ކުރިން އދ. އިން ވަނީ ހާމަކޮށްފައެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ލުބުނާނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ގާތްގަނޑަކަށް 800،000 މީހުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ. މީގެ ތެރެއިން ގިނަ ބަޔަކު މިހާރު ތޮއްޖެހިފައިވާ ހިޔާވަހިކަމުގެ މަރުކަޒުތަކުގައި ތިބިއިރު، އަނެއްބައި މީހުން ވަނީ ސީރިއާގެ ބޯޑަރު ހުރަސްކޮށްފައެވެ.

މިއާއެކު ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ މީހުންގެ އަދަދު 1.4 މިލިއަނަށް ވުރެ ގިނައިރު، މީގެ ތެރޭގައި 500،000 ކުޑަކުދިން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.