ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ގެ ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
26 Oct 2024 | 12:19
ކުރީ ސަރުކާރުން ދީބަޖާއަށް ހައްގުނޫން ބަދަލެއް ދީފައިވޭ، ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާ: އޮޑިޓް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން އުވާލުމުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދޭން ޖެހޭ ވަރަށް ވުރެ އިތުރަށް ނިމިދިޔަ ސަރުކާރުން ދީފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއެކު ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ދިނުމަށް ކަނޑައަޅާފައިވާ މާލީ ބަދަލާއިމެދު އޮޑިޓް ރިޕޯޓެއް ހެދުމަށް އެޓާނީ ޖެނެރަލްގެ ފަރާތުން އެދިފައިވަނީ މިދިޔަ އޮގަސްޓްމަހުގެ 26 ގައެވެ.

އުތުރު ޕްރޮވިންސްގައި (ނ، ރ، ބ، އަދި ޅ އަތޮޅު ހިމެނޭ ސަރަހައްދުގައި) ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށް ހިންގުމަށް އެ ކުންފުންޏާއެކު، ސަރުކާރުން ސޮއިކުރީ 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، މި އެއްބަސްވުން ސަރުކާރުން ބާތިލްކުރުމާއި ގުޅިގެން އެއީ ގާނޫނާއި ހިލާފަށް ކުރި ކަމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެ މައްސަލަ ކުންފުނީގެ ފަރާތުން ކޯޓަށް ހުށަހެޅިއެވެ.

އެއާއިއެކު، އެ މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ފަށާފައިވަނިކޮށް ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމުގެ ގޮތުން ދީބާޖާ އިންވެސްޓްމަންޓާއިއެކު ސަރުކާރުން ވަނީ 2023 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 13 ވަނަ ދުވަހު ސެޓްލްމަންޓް އެއްބަސްވުމެއް ހަދާފައެވެ.

މި އެއްބަސްވުމުގައި ވާގޮތުން، ސަރުކާރުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 64 މިލިއަން ރުފިޔާ ދޭންޖެހެއެވެ. އެ ކުންފުންޏަށް 64 މިލިއަން ނިންމާފައިވަނީ ކުރީ ސަރުކާރުގައި ރައީސް އޮފީހުން އުފައްދާފައިވާ "މައްސަލަ ހައްލުކުރުމަށް ލަފާދޭ ކޮމިީޓީން" އެގޮތަށް ނިންމާ އިކޮނޮމިކް ކައުންސިލުން އެގޮތަށް ފާސްކުރުމުންނެވެ.

އެފައިސާގެ ތެރެއިން 12.8 މިލިއަން ރުފިޔާ 19 ސެޕްޓެންބަރު 2023 ގައި ދީބާޖާއަށް ވަނީ ދައްކާފައެވެ. އަދި ބާކީ 51.2 މިލިއަން ރުފިޔާ އެއްބަސްވުމުގައި ސޮއި ކުރާތާ 30 ދުވަހުގެ ތެރޭގައި ދީބާޖާއަށް ދައްކައި ހަލާސްކުރަންވާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.

މިކަމާއި ގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓްގައި ބުނީ، 64 މިލިއަން ރުފިޔާގެ ބަދަލެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެއްބަސްވުން ދެމިއޮތް މުއްދަތުގެ ތެރޭގައި އެ ކުންފުނިން ކުރި (އެކްޗުއަލް) ހަރަދުތަކާއި އެ ކުންފުނީގެ ވިޔަފާރީގެ މާލީ ހިސާބުތަކަށާއި، ދަތުރުފަތުރު ގެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ލިބުނު އެހެނިހެން މަންފާތަކުގެ އަގަށް ރިއާޔަތްނުކޮށް ކަމަށެވެ.

އެގޮތުން، ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި 14.7 މިލިއަން ނަގައިދިނުމަށް ކަނޑައެޅިއިރު އޭގެތެރެއިން 11.9 މިލިއަން ރުފިޔާއަކީ ދީބާޖާއާއި އަމިއްލަ އެހެން ކުންފުންޏަކާ ދެމެދު ފެރީ އުޅަނދުތައް ބަނުމަށް ހަދާފައިވާ އެއްބަސްވުމެއްގެ ޖުމުލަ އަގެވެ.

ކެޕިޓަލް އިންވެސްޓްމެންޓްގެ އަގުގެ ގޮތުގައި ރާއްޖެއިން ބޭރުން ގެނެސްފައިވާ ތަކެތީގެ އަގަށް 2.7 މިލިއަން ރުފިޔާ ނަގައިދިނުމަށް ކަނޑައެޅިއިރު، އެތަކެއްޗާއި މެދު ކުންފުނިން އަމަލު ކުރި ގޮތާއި، އެތަކެތިން ނުވަތަ އެތަކެތި ވިއްކައިގެން ދީބާޖާ އިންވެސްޓްމަންޓް އިން އެއްވެސް މާލީ މަންފާއެއް ހޯދާފައިވޭތޯ ބަލައި، އެ ކަންކަމަށް ކޮމިޓީން ރިއާޔަތްކޮށްފައިނުވާކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ދަތުރުފަތުރުގެ އެއްބަސްވުން ދެމިއޮތް 3 އަހަރުގެ މުއްދަތުގެ ތެރޭގައި 49.5 މިލިއަން ރުފިޔާ ދޭން ކަނޑައަޅާފައިވަނީ އެ މުއްދަތުގައި ހިނގާނެ ކަމަށް އަންދާޒާ ކޮށްފައިވާ އަަދަދުތަކަކަށް ބިނާކޮށް ކަމަށާއި އެ އަދަދު ކަނޑައެޅުމުގައި ހިނގާފައިވާ އަސްލު ހަރަދަށް ބިނާކޮށް އެ ކުންފުންޏަށް ލިބުނު މާލީ ގެއްލުމުގެ އަަދަދަށް ރިއާޔަތްކޮށްފައި ނުވާކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެއެވެ.

އޮޑިޓް ރިޕޯޓްގައި އިތުރަށް ބުނީ، ދީބާޖާއަށް އެންމެ ގިނަވެގެންވެސް ލިބޭނެ ގެއްލުމުގެ އަގަކީ ގާތްގަނޑަކަށް 48 މިލިއަން ރުފިޔާގެ ގެއްލުން ކަމަށްވާއިރު، އެ އަގަކީ، ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން ދަތުރުފަތުރުގެ ހިދުމަތަށް ސަބްސިޑައިޒް ކުރުމުގެ ގޮތުން، ދީބާޖާއަށް ދޫކުރި ރ. ކުޑަކުރަތު، ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ސަބްލީސް އެގްރިމެންޓްގެ ދަށުން 65.5 މިލިއަން ރުފިޔާއަށް ދީބާޖާއިން ވިއްކާލުމުން ލިބުނު މާލީ މަންފާއާއި އަޅާބަލާއިރު ކުޑަ ގެއްލުމެއް ކަމަށާއި އެ ކުންފުންޏަށް ލިބުނު ގެއްލުމަށްވުރެ އިތުރު މަންފާއެއް އެ ރަށް ވިއްކާލުމުން ލިބިފައިވާކަމަށެވެ.

އެހެންކަމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 64 މިލިއަން ރުފިޔާގެ މާލީ ބަދަލެއް ދިނުމަށް ކަނޑައެޅުމަކީ އިތުރު މާލީ މަންފާތަކެއް އެ ކުންފުންޏަށް ހޯދައިދިނުން ހިމެނޭ، ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިގެންދާ ކަމެއްކަމަށާއި، އެއްބަސްވުން އުވާލުމާއި ގުޅިގެން އެ ކުންފުންޏަށް ލިބިފައިވާ ގެއްލުމަށްވުރެ ބޮޑު މާލީ މަންފާއެއް ރ. ކުޑަކުރަތުގެ ލީސް ރައިޓްސް ވިއްކާލުމުން ކުންފުންޏަށް ލިބިފައިވާތީ ދައުލަތުން އިތުރު މާލީ ބަދަލެއް އެ ކުންފުންޏަށް ނަގައިދޭންޖެހޭނެ ކަމަށް ނުދެކޭ ކަމަށްވެސް އެ ރިޕޯޓްގައިވެއެވެ.

އެއާއިއެކު، މި ރިޕޯޓްގައި ވަނީ ދީބާޖާއަށް ދީފައިވާ ފައިސާ އަނބުރާ ހޯދުމަށާއި އެ ކުންފުންޏަށް ދޭންނުޖެހޭ ފައިސާ ދިނުމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި ތަހުގީގު ކުރަންޖެހޭ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.