ޤައުމީ ޔުނިވަރސިޓީ
ހަބަރު
26 Oct 2024 | 15:58
އެފްއެޗްއެސް ކެންޓީނު ކުރިން ހިންގި ކުންފުންޏަކުން ކުލީގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް: އޮޑިޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސުގެ ކެންޓީނު ކުރިން ހިންގި ކުންފުންޏަކުން، ކުލީގެ ގޮތުގައި 1.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދީ އެބައޮތްކަމަށް ދައުލަތުގެ އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ނިޔާޒީ ސޮއިކުރައްވައި، ނެރެފައިވާ ޤައުމީ ޔުނިވަރސިޓީގެ 2021 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، އެފްއެޗްއެސްގައި ޤާއިމްކޮށްފައިވާ ކެންޓީނު ކުއްޔަށް ދިނުމަށް ޔުނިވަރސިޓީ އާއި ކުންފުންޏާއެކު، 2015 ވަނަ އަހަރުގެ އޭޕްރލްމަހުގެ 26 ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާކަމަށެވެ. މި އެއްބަސްވުމުގެ މުއްދަތެއްގެ ގޮތުގައި ދީފައިވަނީ، 2020 ވަނަ އަހަރުގެ މެއިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވެ، ދެ މަސްދުވަސް ވެފައިވަނިކޮށް ކޮވިޑް 19 އާ ގުޅިގެން ތިން މަހެއްގެ ކުލި މައާފްކޮށްދީފައިވާއިރު، އިތުރު ތިން މަހެއްގެ ކުލިން 16،200 ރުފިޔާގެ ޑިސްކައުންޓެއް ދީފައެވެ. ކުލި މާފްކޮށްދީފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 16 ވަނަ ދުވަހު ފޮނުވި ސިޓީއަކުންނެވެ. އަދި ކުއްޔަށް ޑިސްކައުންޓްވެސް ދީފައިވަނީ ހަމަ އެ ތާރީހުގައެވެ

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކެންޓީނު ހިންގުމަށް ދީފައިވާ މުއްދަތު 2020 ވަނަ އަހަރުގެ މެއިމަހުގެ 15 ވަނަ ދުވަހަށް ހަމަވިއިރު، އެއްބަސްވުން އިތުރުކޮށް ނުވަތަ އައުކޮށްދިން ކަމަކަށް އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތްކަމަށެވެ.

އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ޔުނިވަރސިޓީން ކެންޓީނު އަނބުރާ ހޯދަން މަސައްކަތްކޮށްފައި ނުވާއިރު، ކެންޓީނު ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހުކަމަށް ޔުނިވަރސިޓީން ބުނެފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ. އެހެންކަމުން 2020 ވަނަ އަހަރުގެ މެއިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 2022 ވަނަ އަހަރުގެ ޖުލައިމަހުގެ 1 ވަނަ ދުވަހާ ހަމަޔަށް ކެންޓީނު ހިންގާފައިވަނީ ދެފަރާތުގެ މެދުގައި އެއްވެސް އެއްބަސްވުމެއް ނުހަދައެވެ. 

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، އެ މުއްދަތުގެ ތެރޭގައި އެއް މަހުގެ ކުލި ފިޔަވައި އިތުރު އެއްވެސް މަހެއްގެ ކުލި ލިބިފައި ނުވާކަމަށާއި، އެ މުއްދަތުގެ ތެރޭގައި ކެންޓީން ކުލީގެ ގޮތުގައި 81،000 ރުފިޔާގެ ރޭޓުން 1.8 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.