ވަޒީރު ޢަލީ އިހްސާން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ފޮޓޯ/ މަޖިލިސް
ހަބަރު
28 Oct 2024 | 11:19
އެކްސްޕެޓް ސިސްޓަމް ހެދި ކުންފުންޏަށް ބަދަލުދޭން ލަފާދިނީ ކުރީ ސަރުކާރުގެ ބަންޑާރަނައިބު: އިޙްސާން

ރާއްޖެއަށް ބިދޭސީން ގެނައުމުގެ ޚިދުމަތްފޯރުކޮށްދޭ އެކްސްޕެޓް ސިސްޓަމް ހެދި މޭލޭޝިއާގެ ބެސްޓިނެޓް ކުންފުންޏަށް ބަދަލުދޭން ލަފާ ދެއްވީ ކުރީ ސަރުކާރުގެ ބަންޑާރަނައިބު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުނިން އެއްވެސް ވަރަކަށް ދައުވާ ނުކުރާކަމެއްގައި މިސަރުކާރުން ދިގު މުއްދަތެއްގައި 6.9 މިލިޔަން ރުފިޔާގެ ބަދަލެއް ދޭގޮތަށް އެކްސްޕެޓް ސިސްޓަމް ހެދުމަށް ހަވާލުކުރެވުނީ ކިހިނެއްތޯ ވަނީ ސުވާލުކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން އިހްސާން ވިދާޅުވީ، އައު ސަރުކާރާ ހަވާލުވިއިރު މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާއެކު ގާތްގަނޑަކަށް 8 ސިޓީ ބަދަލުކުރެވިފައި އޮތް ކަމަށެވެ. އަދި އެކުންފުނީގެ ލޯފާމުތަކުން ދިވެހި ދައުލަތަށް މާލީ ބަދަލު ހޯދުމަށް ދަޢުވާކުރާނެކަމަށް ހަތަރު ފަހަރު ފޮނުވާފައިވާކަމަށާއި، ކުރީ ސަރުކާރުގެ ބަންޑާރަނައިބު، އެ ކުންފުންޏަށް ބަދަލު ދިނުމުގެ މަރުހަލާ ފެއްޓެވުމަށް ލަފާ ދެއްވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެބޭފުޅުންގެ ލޯފާމް ތަކުން އެބައޮތް ދިވެހި ދައުލަތަށް 4 ފަހަރު ކްލެއިމް ކޮށްފައި ފޮނުވާފައި. އަޅުގަނޑުމެން ހަވާލުވެ ބެލި ބެލުމުން އެނގުނީ އޭރުގެ އެޓާނީ ޖެނެރަލްގެ ލަފައެއް މިކަމަށް ބަދަލުދިނުމުގެ މަރުހަލާ ފެއްޓުމަށް ކަނޑައަޅުައްވާފައިއޮތް. ހަމައެއާއެކު އޭރުގެ ރައީސުލްޖުމްޙުރިއްޔާގެ އޮފީހުގެ ސިޓީފުޅެއް އެބައޮތް މިކަމާމެދު ބަދަލު ދިނުމުގެ މަރުހަލާއަކަށް ދާންޖެހިދާނެ ކަމަށް. އަދި އެގޮތަށް އަމަލު ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާއި އިކޮނަމިކް މިނިސްޓްރީގެ މައްޗަށް ފޮނުވާފައި

ވަޒީރު ޢަލީ އިޙްސާން

މިއާއެކު ވަޒީރު ވިދާޅުވީ މި މައްސަލާގައި ކަން ހިނގާފައި އޮތް ގޮތް އޮތީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައި ކަމަށާ، ”މިއީ އެއްވެސް ހާލެއްގައި ހަމަތާކު ކުންފުންޏެއް އޮއްވައި އެ ކުންފުނި ހޯދައިގެން“ ކުރި ކަމެއް ނޫން ކަމަށެވެ.  

ދައުލަތުގެ މައްޗަށް އަޅުގަނޑުމެންނަށް އޮބިނޯންނާނަވަރުގެ، އެމީހުން އިމީޑިއޭޓްލީ ކްލެއިމްކޮށްފައި މިވަނީ 15 މިލިޔަން ޑޮލަރަށް. އަދި އެއަށްފަހުގައި އޭރުގެ އެ ކޮންޓްރެޓުގެ މުއްދަތުގެ ބާކީއަށް އޮތް އެމީހުންނަށް ގެއްލުންވާ އަދަދަށް ކްލެއިމް ކުރާނެކަމަށް ލީގަލް ޑޮކިއުމަންޓޭޝަން އޮވެފައި އޭރުގެ އެޓަރނީ ޖެނެރަލްގެ ލަފާފުޅެއްވެސް އޮވެގެން އަޅުގަނޑުމެން އަމަލުކުރި ގޮތެއް،

ވަޒީރު ޢަލީ އިހްސާން

އޭރު އެފަދައިން އޮތް ނަމަވެސް، މި ސަރުކާރުން މެލޭޝިއާގެ ބެސްޓިނެޓާއެކު ހަދާފައިވާ އައު އެއްބަސްވުމުގެ ދަށުން ދައުލަތަށް 900 މިލިޔަން ރުފިޔާ ވަންނާނެ ކަމަށާ މީގެ ކުރިން އޮތް ގޮތުން ވަންނަމުންދިޔައީ 600 މިލިޔަން ރުފިޔާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެހެންވީމާ އަޅުގަނޑު ވަރަށް ބޮޑަށް އެދެން ޚައްސަކޮށް ނެޝަނަލް ސެކިޔުރިޓީއާއި ގުޅުންހުރި މިފަދަ ކަންކަމުގައި ހަގީގަތާއި އެއްގޮތަށް، މައުލޫމާތު އެނގުވަޑައިނުގަންނަވާނަމަ، މައުލޫމާތު އަޅުގަނޑުމެން ކައިރިން އެދުނީމާ ފޯރުކޮށްދޭނަން. މިފަދަ ކަންކަމުގައި ރައްޔިތުންނަށް އޮޅޭގޮތަށް މައުލޫމާތު ދިނުމަކީ އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއްނޫން. މިފަދަ ނެޝަނަލް ސެކިޔުރިޓީއާއި ގުޅުންހުރި ކަންކަމުގައި ތެދު މައުލޫމާތު ހަމަ އައްސަވާއިރަށް އަޅުގަނޑުމެން ފޯރުކޮށްދޭނަން. 

ވަޒީރު ޢަލީ އިހްސާން

ބެސްޓިނެޓުން ބަލަހައްޓަމުންދިޔަ "އެކްސްޕެޓް އޮންލައިން ސިސްޓަމަކީ" ބަންގްލަދޭޝުން ރާއްޖެ އަންނަ މަސައްކަތްތެރިންގެ މެޑިކަލް އަދި އެނޫންވެސް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތާގުޅޭ ނިޒާމެކެވެ. ނަމަވެސް 2019 ވަނަ އަހަރު، ބަންގްލަދޭޝުން ބިދޭސީން ރާއްޖެއަށް ގެނައުން ނިމިދިޔަ ސަރުކާރުން މެދުކަނޑާލީ އެ ޚިދުމަތްދެމުން ދިޔަ ކުންފުންޏާއި ވާހަކަދެކެވިގެން ނޫންކަން އިޙްސާން މީގެ ކުރިން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް 2022 ވަނަ އަހަރުގެ ތެރޭގައި އެކުންފުނިން ސަރުކާރަށް އަންގާފައިވާކަމަށްވެސް އޭރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.